ޚަބަރު / ކްރިމިނަލް ކޯޓް

ރިލްވާންގެ މަރުގެ ތުހުމަތުވާ އިސޫ ވެސް ބަންދުން ދޫކޮށްލައިފި

ރިލްވާންގެ މަރުގެ ތުހުމަތުވާ އިސޫ: އޭނާ ވަނީ ބަންދުން ދޫކޮށްލާފައި

ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) ބަންދުން ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އޭނާ ބަންދުން ދޫކޮށްލީ ޓެގް އަޅުވައި، ޕާސްޕޯޓް ހިފަހައްޓައި އަދި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުމެވޭ ގޮތަށް ޝަރުތުކޮށްފައި ކަމަށް އެނގިފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިސޫ ބަންދުން ދޫކޮށްލަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.

މީގެ ކުރިން ވަނީ މި މައްސަލާގައި ތުހުމަތުވާ އަހްމަދު އިސްމާއިލް (އަހަނދު) ވެސް ބަންދުން ދޫކޮށްލައިފަ އެވެ. އޭނާގެ ފައިގައި މޮނިކޮމް ޓެގް އަޅުވައި މިހާރު ގެންދަނީ މޮނީޓާކުރަމުންނެވެ.

އިސޫގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލައިފަ އެވެ. އެ ދެ ދައުވާގެ ވެސް ޝަރީއަތް ވެސް ސިއްރުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެ އެވެ. އޭނާގެ މައްޗަށް އުފުލި ފުރަތަމަ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާން ރަހީނުކޮށް މަރާލުމަށް 2014 ގައި އޭނާއަށް ފާރަލައި ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ އެވެ.

މީގެ އިތުރުން ޔާމީން ރަޝީދުގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ގައި ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.

އިސޫއަކީ މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލީ މީހެކެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެވެ.

ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015 ގައި ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން އިސޫ ހައްޔަރުކުރުމަށް ފަހު ޑީޕޯޓްކޮށްލީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ކަމަށް ބުނެ ދައުވާ ބާތިލްކުރީ އެވެ.

16 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިސޫތި

13 July 2023

އަމާން ރާއްޖެ! މިމީހުން ކިބައިން ސަލާމަތް ވާން އޮތީ މި މާލެވެސް ޓުއަރިސޓު ސިޓީއަކަށް ހަދާ ރަށްރަށް އަދި ރިސޯޓުތަކަށް މީހުން ގެންނަހެން ޓުއަރިސްޓުން ގެންނަންވީ. ދިވެހިންގެ ލޮލާ ސިކުނޑި ހުޅުވާލަންވީ.

The name is already taken The name is available. Register?

ކަނބޭލީ

13 July 2023

ޒަމާނެއްގަ ސީރިޔާއަށްވެސް ދާން އުޅުއްވި

The name is already taken The name is available. Register?

ހަބީބް

12 July 2023

މަށަށްފެންނަނީ ޖަލުތައް ހުސްކޮއްލަން އޭރުން ސަރުކާރައް އެމާރިގަނޑުވެސް ބަނޑު އަޅަން އޮންނާނެ އެއްނު

The name is already taken The name is available. Register?

ތުއްރަވާސް

13 July 2023

ގިނަ ވޯޓު ލިބުނީ ޖަލުންނޭ ނުބުނެވާނެގޮތެއްވޭތޯ

The name is already taken The name is available. Register?

އައިމިނާ

12 July 2023

މީހުން މެރުން މި ސަރުކާރުން އެއްވެސް ކަންބޮޑުވުމެއް އޮތްކަމެއް ނޫން.

The name is already taken The name is available. Register?

7878

12 July 2023

މިހާރު ސާފުވާނެ ތިކަންކަމުގެ ފަހަތުގަ ތިބީ ކޮން ބައެއްކަން

The name is already taken The name is available. Register?

ހާނިމް ދީދީ

12 July 2023

ޓެރެރިސްޓޭކޭ ކިޔައިގެން ހައްޔަރުކޮށްފައިވާ އަމީން ވެސް ދޫކޮށްލަން ޖެހޭނެ. އެއްވެސް ހެއްކެއް މިހާތަނަށް އައިއިރު ދައުލަތަށް ނުދެއްކި ސަރުކާރުން އެމެރިކާގެ މަދަދު ހޯދަން ހައްޔަރުކޮށްގެން އުޅެނީ ... ހަމަ ދޫކޮށްލަން ޖެހޭނީ ، އަހަރުމެން ކެންޕޭންވެސް ކުރާނަން. އަލީ ވަހީދު މީހުންނާ ބެހިފައި ފިލާއިގެން ގޮސް މިހާރު ހުދުކާފޫރުކޮޅަކަށް ، އަމީން ވީމާ އޮންނަން ޖެހެނީ ޖަލުގައި ތޯ

The name is already taken The name is available. Register?

އިބުރާހީމްބެ

12 July 2023

އަލީ ވަހީދު މީޑިއާއަށް ދެއްކި ވާހަކަ ތަކަށް ބަލާފަ ހަމަ ހިނި އަންނަނީ. އަމީން އަކީ ރަނގަޅު މީހެއް. ދޫކޮއްލަން ޖެހޭނެ.

The name is already taken The name is available. Register?

އޮޅިއްޖެ

12 July 2023

މިފަދަ "ހަމްދަރުދީ" ވުމެއް "އޯގާތެރިވުމެއް" ނުލިބޭ މީހަކީ ޔާމީން ދޯ؟ އިންސާނެއްގެ ފުރާނަ ދުއްވާލުމަށް ވުރެވެސް ޔާމީންގެ ކުށް މާ ބޮޑު ދޯ؟ އެކަމަކު މީހުން ބުނެއުޅޭ އިންސާނެއްގެ ފުރާނަ ފައިސާއަކުން އަގެއް ނުކުރެވޭނޭ. އެއަށްްވުރެ މާ އަގުބޮޑު އެއްޗެކޭ. އޮޅިއްޖެ މިހާރު.

The name is already taken The name is available. Register?

އަހައްމަދޫ

12 July 2023

ކޮންއިސޫވިސޫ އެއްތަ.ތިއެންމެން ހިފާހައްޔަރުކޮަށްހައްގުއަދަބުދީބަލަ.ކިހާބޮޑުމުސީބާތެއްތަ

The name is already taken The name is available. Register?

ޖަންބޯ

12 July 2023

އިޝޫވެސް ދޫކޮށްލީ؟ ބޯހަލާކު.

The name is already taken The name is available. Register?

ސިކުނޑި

12 July 2023

މަރުތަކަށް އިންސާފު ލިބުނީ!؟ އަނެކާ ވެސް ކެމްޕެއިންގައި ހަމަ އެ ވައުދު ވާނެ! ދޮގު ހެދުމާއި ކީރިތި ކުރެއްވުމުގެ ސަގާފަތް ދިވެހީންނަށް ދަސްވާހާ ދުވަސްވެއްޖެ!

The name is already taken The name is available. Register?

ހިތް

12 July 2023

ނުވާނެ ދަހެއް. އަހަރުމެންނަކީ ހުސް ބުޅީގައިގައި އަޅައިގަންނަ ކަނޑު މަސް ކައިގެން ބޮޑުވެފަ ތިބި ބައެއް. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް، ތެދު ދޮގު ނުބަލާ ގަބޫލު ކުރާނެ ބައެއް. ރައީސް ކީރިތި ކުރެއްވުން، އިޓްސް ސޯ އިމޯޝަނަލް ބުރޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454