ފައްޔާޒު އިސްމާއިލް: ރަނިންމޭޓް ކަމަށް ޝައުގެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު
18 ޖުލައި 2023 - 12:42
ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ނުކުންވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ރަނިންމޭޓްކަމަށް އޭނާ ވާދަކުރައްވާ ކަމުގެ ވާހަކަ ފަތުރަނީ ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސްގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިިކޮށް އުޅުއްވާ މޫސާ މަނިކު (ރީކޯ) އެވެ.
"އެއީ ވަރަށް ދެރަ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.
ނަމަވެސް، އެ ތުހުމަތު ފައްޔާޒު، މޫސާ މަނިކަށް އަމާޒުކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ސާފެއް ނުވެ އެެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައަޅުއްވާފައި ނުވާއިރު، އިއްޔެ އެ މަނިކުފާނު ވިދާޅުވީ އެއީ "އުނދަގޫ" ނިންމުމަކަށް ވެފައިވާ ކަމަށެވެ.
"އަޅުގަނޑު ސިކުނޑީގައި މިވަގުތު އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން،" ރިޔާސީ ކެމްޕެއިނަށް ވ. ފުލިދު އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ."
މި ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅިގެން މަސައްކަތް ފަށާފައިވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމާ އެކު ނުކުންނަވައިގެންނެވެ. އެކަމަކު، މި އިންތިހާބުގައި ރައީސާ އެކު، ކޯލިޝަން ނުހަދައި، ޖޭޕީން ނިންމާފައިވަނީ ވަކިން ވާދަކުރުމަށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިސާ.
19 July 2023
މޫސަބޭރުކުރޭ/...
ކަންވާރު އިބްރާހީމް
18 July 2023
ފައްޔާޒު އެއްވެސް ކަމަކަށް ޝައުގެއްނެތެވެ. ހަމަ ތިޔަގޮތަށް އަދީބުވެސް ބްރޯ ހެެދިގެން އެއްކަމަކަށްވެސް ޝައުގެއް ނެތި އުޅުނުތަން ދިވެހިން ދެކުނެވެ. އެކަމަކު އަދީބު އުޅުނުހެން، ބްރޯ އުޅުން ކޮޕީކޮށް ޚިޔާނާތް ހިންގަމުން ފައްޔާޒު އެބަ އުޅެއެވެ. ތިޔަހެން ޝައުގެއް ނެތޭ ކިޔައިގެން ބްރޯ އުޅެފައި އެއްމެފަހުން ކަންނިމުނު އިރު ޔާމީނުގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. މިވެސްް އަނެއްކާ އެކަހަލަ ކަމެއްގެ ކޮޅުމަތިބާވައެވެ؟
ލިޔާހު
18 July 2023
ޕާޓީތެރެ ވަރައް ހަމަނުޖެހުން ބޮޑު އެއްބަޔަކައް ބޮޑޭތިބިންތައް ބަހާތީ ފާޓީގަ ތިބޭ ހޮޔޮވިސްނޭ މީހުން ހިއްހަމެއެއް ނުޖެހޭ
ހިތަދޫ ހުސެން
18 July 2023
މިހާރުގެ މަގާމުން ގިނަ ފައިސާ ހަދާލެވޭ ދެން ކީއްކުރަން ރިބަން ކަނޑާ މަގާމެއް ބޭނުން ވާނީ!؟
އައި ޑޯންޓު ސީ އައިސީ
18 July 2023
އެންޑީޕީ ނައިބެއް ނެގީމަ ގިނަ ވޯޓު ލިބޭނޯ
ކަންއިތުރ
18 July 2023
ކޮބާ ތަ މަމެންގެ އދ ގެ ރައީސް. ކޮބާތަ މަމެންގެ ޣާބިލް ފޮރިން މިނިސްޓަރ ކޮބާތަ ރައްޖޭއަށް ރަން މުސައްލަ ދިނުމުން އަމިއްލަ ގޭގަ އެޅި މިނިސްޓަރު. ކޮބާތަ ކޮބާތަ ރަނިން މޭޓް
ގައުމީދޫ:)
18 July 2023
އިކޮނޮމިކް މިނިސްޓްރީއަކީ ރައްޔިތުންގެ ޚިދުމަތުގައި އޮތްތަނެއް ނޫން. ޚިދުމަތް ހޯދަން ދާ ރައްޔިތުންނާއި މުވައްޒަފަކާ ބައްދަލެއް ނުކުރެވޭ. ކޯލް ސެންޓަރަށް ގުޅަންޖެހެނީ ، ކަމާ ބެހޭ ފަރާތަކަށް ފޯނު ޕާސްކޮށެއް ނުދެވޭ! މެސެޖެއް ދިނަސް ނުއެއް ގުޅޭ. ރައްޔިތުންނާއި ދުރު ޚިދުަމަތާއި ބީރައްޓެހި ތަނަކަށް ފައްޔާޒު އެތަން ހަދައިފި
ބަކުރުބެގެ ޚިޔާލު
18 July 2023
ރަނިންމޭޓަކަށް ރަނގަޅީ އިބޫ ! އާރުއެސްއެސް އިން ކަނޑައަޅާ ޔޯގީއަކަށް ރިޔާސީ ޓިކެޓްދީ. އޭރުން ދިވެހިންނަށް ވޯޓުދޭން އަދި މާ ފަސޭހަވާނެ!
ރާއްޖެ
18 July 2023
ހިންދުސްތާނުން ސެލެކްޓް ކޮއްފަ ބުނަން ދެން މަޑުކޮއްބަލަ. ކިހިނެއް ވެގެންތަ ތިއުޅެނީ؟
އަލީ އަހުމަދުދީ
18 July 2023
ނައިބު ރައީސް ކަމަކަށްވެސް ނޫން ތި ފައްޔާޒު ލާންވީ، ދުނިޔޭގެ ވެރިކަމަށް. އޭނަ އެ ހަވާލުވެ ހުރި މިނިސްޓްރީވަރުގެ ހިދުމަތެއް ހޯދަން އުނދަގޫ، ކަމެއްނުވާ އެއްވެސް ވުޒާރާއެއް މިހާރު ނޯންނާނެ. މީހަކާ ގުޅިއަސް ވާނުވާ ނޭގެ. އީމޭލް ކުރިއަސް ދުވަހަކުވެސް އީމެއިލް އަކަށް ޖަވާބެއްނުދޭ!