ޕީޕީއެމާ އަލަށް ގުޅުނު ޒުވާނުންތަކެއްގެ ފޯމްތަކާ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ހަވާލުވެވަޑައިގަންނަވަނީ-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
31 ޖެނުއަރީ 2017 - 19:08
ރައީސްގެ އަނބިކަނބަލުންނަށް ދީފައިވާ "ފަސްޓް ލޭޑީ"ގެ މަގާމަކީ ޕާޓީގެ އޮނިގަނޑުގައި އޮންނަ މަގާމެއް ނޫން ކަމަށާއި އެހެންވެ ޕީޕީއެމްގެ ހިންގުމުގެ ކަންކަން އެ ކަމަނާ އަށް ނުކުރެއްވޭނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފަސްޓް ލޭޑީ އަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގައި ވެސް ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކޮށްފައިވާ މަގާމެއް ނޫން ކަމަށާއި އެއީ ރައީސްގެ އަނބިކަނބަލުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ބޭނުން ކުރާ ލަގަބެއް ކަމަށެވެ.
އެހެންވެ، ޕީޕީއެމްގެ ގައުމީ ޖަލްސާ އާއި ކައުންސިލުން ވެސް ފާސްކޮށްފައި ނުވާ މަގާމެއްގައި ހުންނަވާ ފަރާތަކާ ޕާޓީގެ ހިންގުމުގެ ކަންކަން ހަވާލުކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަހަކަށް އައިސް ޕީޕީއެމުން ބާއްވާ ބައެއް ޖަލްސާތަކާއި ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމެވެ.
ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުމެއް ނެތް ކަމަށް އެ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވިދާޅުވުމަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުން ކަމަށެވެ.
"ޕީޕީއެމްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ވެސް ބައިބައި ވުން އުފެދިފަ އެވެ. ޕާޓީގެ ގިނަ މެންބަރުން ބޭނުން ވަނީ ޕާޓީގެ މެންބަރުން އިންތިހާބު ކުރައްވާފައިވާ ރައީސްގެ ބެއްލެވުމުގެ ދަށުން ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް ކަންކަން ގެންދާށެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ނަމަވެސް މަދު ބަޔަކު ބޭނުން ވަނީ އެ ބައެއްގެ އަމިއްލަ ފައިދާ އަށް މި ކަންކަން ދޫކޮށްލާށެވެ."
އެ ބަޔާނުގައި ބުނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހޭނީ، ގިނަ މެމްބަރުންގެ ތާއީދާ އެކު އިންތިހާބުކޮށްފައިވާ ޕާޓީގެ ރައީސް މައުމޫނަށް ކަމަށެވެ. އެކަމަކު، ރާއްޖޭގެ ގާނޫނުތަކުގެ އިތުރުން، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެސް އަމަލު ކުރާ އުސޫލުތަކާ ހިލާފަށް ޕާޓީގެ ކަންކަން މިހާރު ކުރިއަށް ގެންދަނީ އެ މަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
01 February 2017
ކޯޓު ހުކުމުގެ ވާހަކަދައްކާއިރު އުފެދޭ ސުވާލަކީ ޕީޕިއެމްގެ މައްސަޅާގައި ސިވިލްކޯޓުންކޮށްފައި އޮތްހުކުމަކީ މިދިވެހިރާއްޖޭގެ އެއްވެސް ފަނޑިޔަރަކު ނުވަތަ ގާނޫނީ ވަކީލަކު ނުވަތަ ގާނޫނީ ދާއިރާއަށް ލޯހުޅުވިފައިހުރިއެއްވެސް މީހަކު ގަބޫލުކުރާ ގާނޫނީ ނުވަތަ ޝަރުއީ ހަމައަކަށް ފެތިގެން ކޮށްފައިވާ ހުކުމެއް ނޫންކަން މިރާއްޖޭގެ މީހުންނާއި ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރެއެވެ.
ޕޮކަންޑި މޭން
01 February 2017
އަޅުގަނޑުމެންގެ ލޮބުވެތި ލާމަސީލު ނަމޫނާ މެޑަމްއަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ކަނޑައެޅުން މައުމޫނާ ޙަވާލުކުރި ހަނދާނެއް ނުވޭ.
ރާޅު
01 February 2017
އޮޕޮޗުނިސްޓްއެ. ސިޔާސީ މައިދާނުން ދުރައް ދާންވީ މައުމޫނެއް ނޫނެވެ. ދުރައްދާންވިމީހަކީ ކާކުކަން ނެއެނގޭ ހަމައެކަކުވެސްނެތެވެ.
ވަހުމް
31 January 2017
ނޭނގެ ދެން މިވާގޮތެއް ކާޑުގެ ބާވަތްތައްވެސް ވަރަށް އަގު ބޮޑުވެއްޖެ
ބަކުރުބެ
31 January 2017
މައުމޫނާއި ނަސްރީނާގެ އުފަންދުވަސް ފާހަގަކުރާ އުސޫލުން ޕަޓީގެ އަހަރީކޭކް ފަޅާއިގެން ކެވޭތޯ ޕާޓީއަކީ ހަމައެކަނި ތިޔަދެމަފިރިންތޯ.
ޙަސަން އަޙްމަދު
31 January 2017
ބަކުރުބޭ ހިތުން ތިޔަ ދިނީ މައުމޫން ނެރުއްވި ބަޔާނަށް ރައްދެއް ހެއްޔެވެ؟ އަމިއްލަ ބުއްދިއަށް އިހްތިރާމު ކުރުމުގެ ގޮތުން ވެސް ގޮސް ރުއްރުކަށް އަރައި ރާ ބާލަން ވީ ނޫން ހެއްޔެވެ؟
ނިއުޕާރޓީ
31 January 2017
މަނިކުފާނު އައު ޕާރޓީއެއް ނުއުފައްދަވައިގެން ތިއުޅުއްވަނީ ކީއްވެތޯއެވެ؟
ޢޮޕޮޗުނިސްޓް
31 January 2017
ރައީސް މައުމޫނުއެވެ. މަނިކުފާނު ސިޔާސީ ދާއިރާއިން ދުރައްޖެހިވަޑައިގަތުމަކީ މިއަޅާ އެއްމެ އެދޭގޮތް. މަނިކުފާނުގެ ނޫސްބަޔާނެކޭ ދަތްނެއް މީދަލެއްގެ ރައިވަރެކޭ އެއްވަރު. މަނިކުފާނުގެ ކުދިވެރީންވެސް ސިޔާސަވެގެން ގޮސް މަނިކުފާނު ދޫކުރައްވައި އެދަނީ. މެޑަންމެން މަނިކުފާނު ދައްކަވާ ވާހަކަފުޅެއް ގަބޫލެއް ނުކުރާނެ.
އިއްބެ
31 January 2017
ޕާޓީތައް ހަދައިގެން މިޤައުމު ފަސާދަކުރަން މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވޭބާ!!؟؟ ތިޔަވިދާޅުވާ ޑިމޮކްރަސީއަކީ އިސްލާމްދީނާ އެއްވެސް ގުޅުމެއްވާ އެއްޗެއްނޫން!! ތި ޑިމޮކްރަސީ މިޤައުމަކައް ނުފެތޭ މީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް މިތަނައް ގެންނަންޖެހޭނީ މިތަނައް ފެތޭ އެއްޗެހި.
ހަޑިގިއްލާަ
31 January 2017
ޕާރޓިނިޒަާމް ކިޔާތީ ހަޖަމުނުވާމީހުންވެސް ތިބެނީ ކޮންމެވެސް ޕާޓީއެއްގެ ދަފުތަރުގައިޖެހި އެކުލައިން ގޭގޮނޑިސެޓްވެސް ގަނެގެން ޗެނެލް 13 ނޫނީ ރާއްޖެޓީވީއަށް ދެލޯދީގެން....
އަލީ
31 January 2017
ކޮބާތަދެން މިތަނަށް ފެތޭ އެެއްޗަކީ؟ ރަސްކަމެއްތަ؟
ކެނެޑީ
31 January 2017
ތިގޮތަށް އޮންލައިންކޮށް ކޮމެންޓް ކުރުން ދީނުގަ އޮވޭތަ
ޙަސަން އަޙްމަދު
01 February 2017
ބަލަގަ އިސްލާމް ދީނަކީ ކަލޭމެންނަށް ލިބުނު ފައިސާ ތަކަށް ގަނެގެން އުޅޭ އެއްޗަކީ ހެއްޔެވެ؟
ހުތުރު
01 February 2017
ކަލޯގެޔާ ! ދެން މިތަނަށް ފެތެނީ ކޯއްޗެއް ! ރަސްކަމެއްތަ ؟ ރަނިކަެއްތަ ؟
މުހައްމަދު
31 January 2017
ޕީޕީއެމް ހިންގެވުމުގެ އެއްވެސް ދައުރެއް މެޑަމް ފާތުމަތު އިބުރާހިމް އަކަށް ނޯންނާނެއެވެ. ޢަދި ޔާމީން ނަކަށްވެސް ނޯންނާނެއެވެ. ގަދަ މީހާ ޕާޓީވެސް ހައިޖެކު ކުރާނެއެވެ. މަމީ މޮޅު މީހާ އަށް ހެދިގެން އުޅުނުސް ރައްޔިތުންގެ ނިންމުން އޮތީ 2018 ގައެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. މިއަދު ގަދަ ފަދަ މީހާ އިސާހިތަކުން މާދަމާ ބަލިކަށިވެސް ވެދާނެއެވެ. މުޅިގައުމަށް އަދި ރައްޔިތުންނަށް އިޚްލާސް ތެރި ނުވާނަމަ ދެން ވާނެ ގޮތަކާއި ދޭތެރެ ވިސްނާލާ. ޢަދި އަޅުގަޑުގެ ދުއާއަކީ އަދި އުއްމީދަކީ 2018 ގައި ޔާމީން ނޫން އިތުރު ވެރިއެއް މިގައުމުގެ ވެރިކަމާ ހަވާލުވުން.
ދޮންދީނި
31 January 2017
އަހަރެމެން 2018 ގެވޯޓަށް އިންތިޒާރުކޮށް އެކަމުގެ ހުވަފެން ދެކިދެކި ތިއްބަ ވެރިކަމުގައި ތިހިރު މީހާ ކުރިންވެސް ހެދިގޮތަށް ގޮތަށް ޤާނޫނު އަސާސީ ބަދަލު ނުކޮށްފިއްޔާ ކިތަންމެހައިވެސް ރަގަޅު...
ފުރެންޑު
31 January 2017
ހަމަ ހުވާތަ މައުމޫނު؟