އަދީބާއި ހާމިދާއި ޒިޔަތަށް ހުކުމް ކުރުން ފަސްކޮށްފި

ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހާމިދު އިސްމާއިލާއި އަބްދުﷲ ޒިޔަތަށް ދައުވާކުރާ މައްސަލައިގެ ހުކުމް އިއްވުން މި ރެ އަށް ތާވަލް ކުރުމަށް ފަހު ހުކުމް އިއްވުން އެހެން ދުވަހަކަށް ފަސްކޮށްފި އެޗެ.


އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް އެ ދައުވާކުރަނީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު އެ މީހުން ބޭނުންކުރި ކަމަށް ބުނެ އެވެ.

ދައުވާގައިވާ ގޮތުން ފަސް މިލިއަން ޑޮލަރުގެ ޗެކާއި ހަވާކުވީ އަބްދުﷲ ޒިޔަތެވެ. އަދި ހާމިދުގެ ކުންފުނީގެ އެކައުންޓަށް އެ ޗެކް ޖަމާކޮށްފައިވަނީ އަދީބު ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

އެ މައްސަލައިގެ ހުކުމް މިރޭގެ 11:00 ގައި އިއްވަން ތާވަލް ކުރުމަށް ފަހު އެކަން އެހެން ދުވަހަކަށް ފަސްކުރީ އިތުރަށް މައްސަލަ ދިރާސާކުރަން ވެގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ދެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއް މިހާރު ވެސް އައިސްފައިވާ އަދީބުގެ މައްޗަށް އެ މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ.