ޚަބަރު / ރައްޔިތުންގެ މަޖިލިސް

އަންހެނުންނަށް ގޮނޑި ހާއްސަކޮށް މެންބަރުންގެ އަދަދު 76 ގައި ހިފަހައްޓަން ގާނޫނުއަސާސީއަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވައި އަދި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފި އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ކަނޑައަޅަންޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި 5،000 މީހުންނަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރެއް ހުންނަންވާނެ ކަމަށެވެ. އެއީ އަތޮޅުތަކުގެ ގޮތުގައި ބަލާ 20 އަތޮޅާއި މާލެ އަތޮޅާ އެކު 21 އަތޮޅަކީ އިދާރީ ދާއިރާތައް ކަމުގެ ހަމައިންނެވެ.

އާބާދީ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ އިންތިހާބަށް ފަހު 20 ވަނަ މަޖިލީހަށް 93 މެމްބަރުން އިންތިހާބު ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާނުކޮށްފަ އެވެ.

އިލްޔާސް ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ މަޖިލިސް އެކުލެވިގެންވާނީ 76 މެމްބަރުންގެ މައްޗަށް ކަމަށެވެ.

އެ އިސްލާހުގެ ދަށުން މަޖިލިސް އެކުލަވާލެވޭނީ އިދާރީ ދާއިރާތައް ތަމްސީލުވާ 55 މެމްބަރުންގެ މައްޗަށް ކަމަށް ބުނެފައި ވެ އެވެ.

އޭގެ އިތުރުން, ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ދެ މެމްބަރުންނާއި, ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލުވާނޭ އަށް އަންހެން މެމްބަރުން މަޖިލީހަށް އިންތިހާބުކުރަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް އިލްޔާސް ވިދާޅުވީ، މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ބަޖެޓުން މަޖިލީހަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުން ދިޔުން ހުއްޓުވުން ކަމަށެވެ.

އިލްޔާސް ހުށަހެޅުއްވި ބިލުގެ ދަށުން އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަންޖެހޭނީ ގާނޫނުއަސާސީއަށް ގެނެވޭ މި އިސްލާހާ އެއްގޮތަށެވެ.

51 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 28%
icon wow icon wow 2%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންބެލެންސް

14 September 2023

ސިޔާސީ ޕާޓީތަކުން އަޔަންކުރާ 11 ކިޔާލަން ރީތި! އެކަމަކު އޭގެ ހަގީގަތަކީ އެއްމެ ޕާޓީއެއް (މެޖޯރިޓީ ޕާޓީ) 11 މެމްބަރުން މަޖިލިހަށް ވައްދާ އެހެން ޕާޓީތަކުގެ އިތުރުން މުޅި ރައްޔިތުންގެ އަޑު ކަނޑުވާލުން! މިހާރުވެސް %51 ލިބޭ ޕާޓީ އެނަގަނީ ރަށް/ސިޓީ ކައުންސިލް ޓީމު އެއްކޮށް. ގިނަޕާޓީ ހިމެނޭނެ ޕޮލިސީއަކަށް ނޫން ވޯޓުލުމުގެ ގާނޫނު ހެދިފައި އޮތީއެއް. އެހެންނަމަ ރައްޔިތުންމަޖިލިސްގެ 67 ގޮނޑި އެއްޕާޓީއަށް ގޮސް އެއްޕާޓީ މަޖިލިހަކަށް ނުވީސް!

The name is already taken The name is available. Register?

ކީރަންމާ

13 September 2023

ބުއްޅަބޭ އަރަން މަގުކޮށަނީ. 11 މަގާމު ތަބަކަށްލާފަ ދެނީ

The name is already taken The name is available. Register?

ކާތިބު

13 September 2023

ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ 8 މެންބަރުން މަޖިލިސް ގައި ތިބެގެން ހާދަ އަޑުފަށެއް ލެއްވިޔޭ އަންނިމެން. މިހާރު މިވީ ކިހިނެއް؟ "ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ." މިއީ މަޖިލިސް އިންތިޚާބުގައި ބައިވެރިވެ ރައްޔަތުންގެ ވޯޓު ނުލިބޭ ޕާޓީތަކަށް ބައި އަޅަނީތަ؟ ނޫނީ ބޮޑުވަޒީރު ހޮވަން ނަގާ ވޯޓު ބައިކޮޅަށް ގިނަ ކުރަން ކުރާ ކަމެއްތަ؟ އަޅެ އިހަށް މަޖިލިސް ގޮނޑިޔަކަށް ދެންފަހަރަކު ހޮވޭތޯބަލާބަލަ!

The name is already taken The name is available. Register?

ކޮވެލި

13 September 2023

މި މީހުން ހިތަށްއެރީމަ ގާނޫނު އަސާސީއަށް އިސްލާޙު. ކިހާ ބޮޑު އުނދަގުލެއް.

The name is already taken The name is available. Register?

ސުން

13 September 2023

ރަނގަޅު އިސްލާހެއް.

The name is already taken The name is available. Register?

1828

13 September 2023

އަންހެނުންނަށް ގޮނޑި ހާސަ ކުރާކަމަށްވަނީ ނަމަ ފިރިހެނުންނަށްވެސް ގޮނޑި ހާއްސަކުރަން ޖެހޭނެ.

The name is already taken The name is available. Register?

އަންދަލޫސިޔާ

13 September 2023

މިއީ ވަރަށް ރަނގަޅު އިސްލާހެއް. މިކަމަށް ބޮޑު ދެ ޕާރޓީން ވެސް ތާއީދުކުރަންވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

13 September 2023

މިހުރީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް. އެމްޑީޕީން މަޖްލިސް މެޖޯރިޓީ އޮވެމެ ދައްކަނީ ކޮންމެވެސް ފަޅެއް ހިއްކާވާހަކަ، ފެނަކައިން ވަޒީފާދޭ ވާހަކަ. މިކަހަލަ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކަތައް އަޑެއް ނީވޭ. ޖޭއެސްސީ އިސްލާހުކުރަން އައިމީހުން އުޅެެނީ ކޮންކްރީޓް ތަރައްގީ ހޯދަން

The name is already taken The name is available. Register?

ދަތިހާލުގައި އުޅޭ ބައްޕަ

13 September 2023

މޮޅު އެއްޗެކޭ ކިޔައި ބަރުލަމާނީ ނިޒާމަށް މަޖިލިސް އަނބުރަނީ. ދެން މަޖިލިހަށް އިންތިހާބުވާ މެންބަރުންގެ ތެރެއިން އެންމެ ވޯޓު ގިނަ މީހާ މަޖިލިސް ރައީސްއަށް އަންނަ ގޮތަށް އަދި އެންމެ ގިނަ ގޮނޑި ނަގާ ޕާރޓީގެ ލީޑަރަށް ގައުމުގެ ރައިސްކަން ލިބޭ ގޮތަށް ހަދާނެ. އޭރުން އެއޮތީ ނަމުން ރިޔާސީ ނިޒާމުގައި ކަމުން ބަރުލަމާނީ އައިސްފައި.. މިދާ ރޭޓުން ދަންޏާ ބޮޑުވަޒީރަކު އަންނާނެ ކުރިޔަށް އޮތް 10 ވަރަކަށް އަހަރު ތެރޭ..

The name is already taken The name is available. Register?

މަބުނީ

13 September 2023

ދެން ކޮބާ މައްސަލަޔަކީ؟ ގައުމަށް ރަނގަޅުގޮތް

The name is already taken The name is available. Register?

އިލެކްޓޯރަލް ވޯޓް

13 September 2023

އަދަދު މަދުކުރަން ތާއިދު. އެކަމަކު ޕާޓީތަކަށް ދޮލަނގަކަށް ލާފައި ގޮނޑި ދީގެން ނުވާނެ. އަދި ވަކި ޖިންސަކަށްވެސް ދެވިގެން ނުވާނެ. އަންނަންވާނީ ވާދަކޮށް އެންމެ ގާބިލް މީހަ. ކައުންސިލްތަކަށް ޖެހުނު ހާލު އެ އޮތީ ފެންނަން. ކޮންމެ ރަށެއް އެއީ ވޯޓެއްކަމަށްވެސް އެބަ ހަދަންޖެހޭ. ދާއިރާގައި އޮންނަ އާބާދީ ބޮޑުރަށަށް ފޭވަރ ކޮށްގެން މެމްބަރުން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނީ އޭރުން. ގޮނޑި ލިބެންވީ ދާއިރާގެ އެންމެ ގިނަ ރަށް ނަގާ މީހަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454