ރިޕޯޓް

މުސާރައަށް މަހަކު 7.4 މިލިއަން، އެކަމަކު ވެސް ބޯ މަދުކުރުމުގެ ވިސްނުން ދުރު!

މަޖިިލިސް ހުޅުވުމަށް ރައީސް ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ހަ ދާއިރާއެއް އިތުރުވާނެ ކަމަށް މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރި އެވެ. އެއީ 2008 ވަނަ އަހަރު ވުޖޫދަށް އައި ފެހި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ ދަށުންނެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ކަނޑައަޅަންޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި 5،000 މީހުންނަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރެއް ހުންނަންވާނެ ކަމަށެވެ. އެއީ އަތޮޅުތަކުގެ ގޮތުގައި ބަލާ 20 އަތޮޅާއި މާލެ އަތޮޅާ އެކު 21 އަތޮޅަކީ އިދާރީ ދާއިރާތައް ކަމުގެ ހަމައިންނެވެ.

މި މާއްދާގައި މަސްހުނި ވެފައި ހުރި ނަންބަރުތައް ތިލަ ކޮށްލާ ނަމަ، އާ ގާނޫނުއަސާސީ އަށް އަމަލު ކުރަމުން އައިސް އެންމެ ފުރަތަމަ 2009 ގައި މަޖިލީހަށް އިންތިހާބު ކުރީ 77 މެމްބަރުންނެވެ. ވިދިގެން އައި 2014 ގައި 85 މެމްބަރުން އިންތިހާބު ކުރަންޖެހުނެވެ. އޭގެ ފަސް އަހަރު ފަހުން، މިހާރު ހިނގާ 19 ވަނަ މަޖިލީހަށް ދެ މެމްބަރުން އިތުރުވެ އަދަދު 87 އަށް އެރި އެވެ.

އާބާދީގެ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ އިންތިހާބަށް ފަހު 20 ވަނަ މަޖިލިސް ފެށޭނީ 93 މެމްބަރުންނާ އެކު އެވެ. މާނައަކީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް 100 މެމްބަރުން ހަމަވާން ދެން މާ ގިނަ ދުވަހެއް ނެތް ކަމެވެ.

ދެކޮޅުޖެހޭ އަދަދެއް؟

ކޮންމެ ފަސް އަހަރަކުން އާބާދީއާ އެކު މެމްބަރުންގެ އަދަދު އިތުރުވުމަކީ ރަނގަޅު ކަމެކޭ ބުނާ އެއްވެސް މީހަކު ދިމަލެއް ނުވެ އެވެ. އެކަމުގައި އާންމު ރައްޔިތެއް އަދި ސިޔާސީ ބޭފުޅެއް ވެސް އިސްތިސްނާއެއް ނުވެ އެވެ. ސިޔާސީ ބޭފުޅެއްގެ އަރިހުން މި މައުލޫއުގައި ހިޔާލެއް ދޭން އެދިއްޖެ ނަމަ ވިދާޅުވާނީ މިއީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށެވެ. ނޫނީ އެކަން ކުރުމާ ދެކޮޅެއް ނޫން ކަމަށެވެ. އެކަމަކު ވަރަށް އިތުބާރާ އެކު އެ ވިދާޅުވާ ބަދަލެއް އަންނަ ތަނެއް ނުފެނެ އެވެ. މިދިޔަ 14 އަހަރު އެހެން ނޫން ނަމަ މައްސަލަ ހައްލު ކުރުމުގައި ކުރިއެރުމެއް ލިބުނީހެވެ.

އާބާދީ އިތުރުވާ ނިސްބަތުން މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް ގާނޫނުއަސާސީގައި އޮތް އޮތުން ބަދަލުކުރަން މިދިޔަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިސްލާހެއް ވެސް ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

އެ ބިލްގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް ބިލްގައި ބަޔާން ކޮށްފައިވާ ވިސްނުމާ ހިލާފު ނޫން ކަމަށް ވިދާޅުވި އެވެ. ގިނަ މެމްބަރުންގެ މައްސަލައަކަށްވީ މެމްބަރުންގެ އަދަދު މިހާރު އޮތް 87 ގައި ހިފަހައްޓަން ގާސިމްގެ އިސްލާހުގައި އޮތް ކަމެވެ. އެއީ އެންމެ ރަނގަޅު އަދަދުތޯ ޔަގީން ކުރަން ސިޔާސީ ފަރާތްތަކުގެ މަޝްވަރާ އާއި ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމީ ގިނަ މެމްބަރުންގެ ވިސްނުން ހުރި ގޮތެވެ.

އެއީ ކަންކަން ކުރުމުގައި އެންމެ ޒިންމާދާރު ގޮތް ކަމަށް ގަބޫލުކުރެވުނު ނަމަވެސް، ގާސިމްގެ ބިލް ބަލައިގަންނަން ވެސް ފާހެއް ނުވި އެވެ. ބަހުސްގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ކަމަށް މެމްބަރުން އިއްތިފާގުވި ނަމަވެސް، ބިލް ކޮމިޓީ އަށް ގެންގޮސްގެން އެކަމަށް ހިޔާލެއް ދޭން ފުރުސަތު ނުދީ ބޭރުކޮށްލީ އެވެ. ކޮމިޓީ މަރުހަލާ އަށް ބިލް ފޮނުވި ނަމަ މެމްބަރުންގެ ނިޔަތް ރަނގަޅޭ ބުނެވުނީހެވެ.

އަދަދު ހިފަހައްޓަން ބޭނުން ނުވަނީ ކީއްވެ؟

މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވާ ސިޔާސީ ބޭފުޅުން އެ ކަމުގައި އަމަލީ ސިފަ ޖައްސަވަން ބޭނުން ނުވަނީ ކީއްވެ ކަމާމެދު ސުވާލު އުފެދެ އެވެ.

"މެމްބަރުންގެ އަދަދު ކޮންޓްރޯލް ކޮށްފި ނަމަ މިހާރު މެމްބަރުން ތިއްބެވި ދާއިރާތަކެއް ގެއްލުމުގެ ޖާގަ އޮންނާނެ. އެ އިރަށް ދެން އަންނަ އިންތިހާބެއްގައި އެ ބޭފުޅުންގެ ދާއިރާތައް ހަނިވެ، އިންތިހާބު ނުވުމުގެ ބިރު އޮންނާނެ،" ވިލިމާލެ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމަށް ފެނިވަޑައިގަންނަވާ ޖަވާބަކީ މިއީ އެވެ.

"އެ ބިރުވެރިކަން އޮތީމަ ކަން ނޭނގޭ އެކަން ކުރަން ނޫޅެނީ."

ގާނޫނުއަސާސީގައި ވީހާ ވެސް ގިނަ ރައްޔިތުން ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުވާ ގޮތަށް އޮތް ވިސްނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާ ކަމާ މެދު އޭނާ ސުވާލު އުފައްދަވަ އެވެ.

މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންނަކީ ސިޔާސީ ޕާޓީތައް ތަމްސީލް ކުރައްވާ މެމްބަރުން ކަމަށް ވާއިރު، އުޝާމް ވިދާޅުވި ގޮތުގައި އެ މެމްބަރަކު ތަމްސީލް ކުރައްވާ ސީދާ ދާއިރާއެއްގެ ހައްގުގައި މަސައްކަތް ކުރެވޭ ފަހަރު މަދެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ހާލު އަދި މާ ދެރަވަރު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

"އެހެންވީމާ ކޮންމެ 5،000 މީހަކަށް މެމްބަރެއް ހުރުމުގެ ބަދަލުގައި މިސާލަކަށް އެ އަދަދު 10،000 އަށް ހަދައިގެން ވަކި ތަފާތެއް އަންނާނެ ކަމަކަށް އަޅުގަނޑު މަޖިލީހުގައި މި ކުރި ތަޖުރިބާ އިން ނުފެނޭ،" އުޝާމް ވިދާޅުވި އެވެ.

މެމްބަރަކު ކަނޑައަޅަން ލާޒިމުވާ އަދަދު އިތުރު ކުރުމުން، މެމްބަރުން އިތުރުވާ ނިސްބަތް މަޑުޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެހެން ނޫން ނަމަ މެމްބަރުންގެ އަދަދު ކޮންޓްރޯލުން ނެއްޓި، ދައުލަތަށް ނުއުފުލޭ ވަރުގެ ބުރައަކަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ތިބި 87 [މެމްބަރުން] ވެސް އަސްލު ގިނަ. މިހާރު ވެސް ތަޅުމުގައި މެމްބަރުންނަށް މި ތިބެވެނީ ކިރިޔަކިރިޔާ. ދެން މި ގޮތަށް އިތުރުވާން ވެއްޖިއްޔާ މަޖިިލިސް މެމްބަރުން ބައިތިއްބަން އާ އިމާރާތެއް އަޅަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.

އެހެންކަމުން، މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އެމްއެންޕީން ކުރަމުން އަންނަ ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަން ކުރާނެ ފޯމިއުލާއަކަށް މަޝްވަރާ އާއި ހިޔާލު ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާރު ޗުއްޓީގައި އޮތް މަޖިލިސް އަންނަ މަހު އަލުން ފެށުމާ އެކު އެ އިސްލާހު މަޖިލީހަށް ވައްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިދިޔަ އަހަރު ގާސިމް ހުށަހެޅުއްވި އިސްލާހާ ހިލާފަށް އުޝާމް ވިދާޅުވި ގޮތުގައި، މިހާރު މަޖިލިސް ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، އެމްއެންޕީން ހުށަހަޅާ އިސްލާހަށް މެމްބަރުންގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.

ހަމަ ހުރެފައި ކުރެވޭނެ ކަމެއް ނޫން!

އެކަމަކު އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.

އަސްލަމް ވިދާޅުވީ ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު، އިދާރީ ދާއިރާތަކަށް މެމްބަރުން ކަނޑައެޅުމުގައި ގެންގުޅުނީ ރަނގަޅު ވިސްނުމެއް ކަމަށެވެ. އެއީ އާބާދީ ބޮޑު ދާއިރާތަކުގައި ރައްޔިތުން ތަމްސީލް ވާ އަދަދު ކުޑަ ނުވާނެ ގޮތަކަށެވެ.

މަޖިލީހުގެ ގެލެރީގައި ސްކޫލް ކުދިންތަކެއް ޖަލްސާއެއް ބަލަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

"މާލޭގައި ވެސް ދެ މެމްބަރުން އައްޑޫގައި ވެސް ދެ މެމްބަރުން. މި ދެންނެވިހެން ބައެއް ކުދިކުދި އަތޮޅުގައި, އެއްހާސް، ދެހާސް ހަމަނުވާ އަތޮޅު ތަކަށް ވެސް ދެ މެމްބަރުން. އެހެންވީމާ އެއީ އިންސާފެއް ނޫން ކަމަށް އެ ފެނިގެން މިހާރު އޮތް ގޮތަށް ކަނޑައެޅީ،" އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން، ގާނޫނުއަސާސީ އާ "ކުޅުމަކީ" އެހާ ފަސޭހައިން، އަވަސް އަރުވާލައިގެން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މެމްބަރުން ކަނޑައަޅަން ޖެހޭ އާބާދީގެ އަދަދު 8،000 ނޫނީ 10،000 އަށް ހެދުމުން، ދެން ނުކުންނާނެ ނަތީޖާއާ މެދު ވެސް ވިސްނަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ދެން ހަމަ ހުރެފައި އިސްލާހެއް ހުށަހަޅައިގެން ކޮށްގެން ވާނެ ކަމެއް ނޫން މިއީކީ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނައި، މަޝްވަރާ ކޮށްގެން ބަދަލެއް ގެންނަންޏާ ގެންނަން ވާނީ. ބޭނުންހާ ގޮތަކަށް ނުވާނެ މި ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ ވިސްނުމުގައި ބުރަދަން ހުއްޓަސް، މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ މަންދޫބުންނާ މެދު ހިތް ރުހޭ އާންމުން މަދެވެ. މެމްބަރުން އަމިއްލަ އަށް ކަނޑއަޅައިގެން މުސާރަ އާއި އެލަވަންސްތަކާ އެކު މަހަކު ގާތްގަނޑަކަށް 80،000ރ. ލިބެ އެވެ. އަންނަ އަހަރު އާ ދާއިރާތަކާ އެކު މެމްބަރުންގެ މުސާރަ އަށް މަހަކު 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. މިއީ އަދި ރައްޔިތުންނަށް ނުލިބޭ ފެންވަރުގެ ސިއްހީ ފަރުވާ އާއި ކެއުމާއި ސައި ވެސް ނުހިމަނަ އެވެ.

އެކަމަކު އެ ވަރުން ވެސް ދެ ޖަލްސާ ހަމައަށް މަޖިލީހަށް ހާޒިރުނުވާ މެމްބަރުން މަދެއް ނޫނެވެ. ސިޔާސީ ކޯޅުމާއި ދޭދޭ މެމްބަރުންގެ ޒުވާބުތައް ނުނީ ތަޅުމުގައި އަޑެއް ނީވެ އެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ،އެއްޗެއް ބުނާ އަޑުއިވެނީ މަދު ފަހަރަކު އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

އެއާ އެކު، އުޝާމް ވެސް ފާހަގަކުރައްވާ ފަދައިން، މިހާރު އޮންނަ ގޮތަށް މެމްބަރުންގެ އަދަދު ކަނޑައަޅައިގެން ރައްޔިތުން ތަމްސީލުވާ ތަނެއް ވަކި ނުފެނެ އެވެ. ދައުލަތުން ކުރަންޖެހޭ ހަރަދާ އެއްވަރަށް މަޖިލިސް މެމްބަރުންގެ އެފިޝަންސީ އިތުރު ކުރެވޭނެ ގޮތެއް އެބަ ހޯދަންޖެހެ އެވެ. މަޖިލީހުގެ ތަޅުމުގައި ބަންކު ބެޑް ޖަހައިގެން މެމްބަރުން ބައިތިއްބަން ޖެހުމުގެ ކުރިން، މެމްބަރުންގެ އަދަދު ހިފެހެއްޓޭނެ ސިޔާސީ ބޭފުޅުން އެ ވިދާޅުވާ "ފޯމިއުލާ" އެއް ނެރެންޖެހެ އެވެ.

އެހެން ނޫން ނަމަ އިސާހިތަކު ރައްޔިތުންގެ މަޖިލިސް ބޮޑުވެގެން ގޮސް، އެ މީހުން ތަމްސީލުކުރާ ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައަކަށް ވެދާނެ އެވެ. ނަމަވެސް މިދިޔަ ދުވަސްތަކަށް ބަލާއިރު، އެ މަޝްވަރާ ވެސް ކޮށްލަން ބޭނުން ނުވި ކަން އެނގެ އެވެ.

62 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޖީދު

26 July 2023

މަޖިލިސް މެމްބަރުން ހޮވުމުގެ ކުރިން އެއީކީއްކުރަން ހޮވާބައެއްތޯ ހިތައްއަރުވާލަނީ ކިތައްދިވެހިން؟ ޚަރަދުބޮޑު ސިސްޓަމްގަ 3 އިންތިހާބު އެއްކޮށް ނުބޭއްވެނީ ކީއްވެބާ؟ މަޖިލީހުން އުފެއްދުންތެރި މަސައްކަތެއް ނުފެންނަނީ ކީއްވެތޯ؟ ޕޯޑިއަމްގަ ހުރެ އަވަގުރާނަ ގޮވިޔަސް އަތްޖެހެނީ ކީއްވެބާ؟ ހިންގުމުގާ ނެތް ދާއިރާތަކަކަށް މެމްބަރުން އައްުޔަންކޮށްގެން ދިވެހިން ފަސާދަކުރަނީ. ގައުމު ހޭއަރާ. ތަރައްގީވަނީ މާލޭގަ. މާލެއަށް އަތްދިއްކުރާށެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 July 2023

ޤަބީލާ ވަންތަ ސިޔާސަތަށް ބާރުވެރިކަން ލިބި ރޭސިޒަމް މުޅިރާއްޖެއަށް ފެތުރިގެން ނުދާނެ ގޮތަކަށް މިހާރު މަޖިލިސް ބެހިފައިވާގޮތް ބަދަލުކޮށް ރާއްޖެ އިދާރީ ޤާނޫނީ 3 ސަރަޙައްދަކަށް ބަހާލާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ މިއިން ކޮންމެ ޕްރޮވިންސަކަށް ނުވަތަ ރީޖަނަކަށް 30 ގޮނޑި ކަޑައަޅާ ޖުމްލަ 90 ގޮނޑިއަށް ބަަދަލު ކުރުން ރަނގަޅުކަމަށް ދެކެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 July 2023

މަތީގައި ދެންނެވި ބަދަލާއިއެކު ޤއ ގެ 72 ށ ގައި ބުނާގޮތަށް ދާއިރާތަކުގެ ރަށްވެހިންގެ ތެރެއިން މެންބަރުން ހޮވުމަށްޓަކާ ދައިރާތަކަށް ކުރިމަތިލެވޭނީ ހަމައެކަނި އެދާއިރާއެއްގެ "ރަށްވެހިންނަށް" ކަމަށް ހަދާން ޖެހޭނެ. # އަދި އިންތިޙާބަށް ކުރިމަތިލާ އެންމެންގެ ނަން ހިމެނޭ ވޯޓް ކަރުދާސްކޮޅުގައި އިންތިޙާބުކުރާން ބޭނުންވާ 30 ކެންޑިޑޭޓްގެ ނަމުގައި ފާހަނގަ ޖަހާން ވޯޓްލާމީހާއަށް ފުރުސަތު ދިނުމުން ވޯޓް "ގަނެ ވިއްކުމަށް" ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ އިގޭތޯ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 July 2023

ޙަރަދު ބޮޑުވެގެންކަމަށް ބުނެ ޤާނޫނުއަސާސީގައި ކަޑައަޅާފައިވާގޮތަށް މަޖިލީހަށް (ސަރުކާރު ޒިންމާދާރު ކުރުވުމާއި ޤާނޫނު ހެދުމުގެ ބާރު) މެންބަރުން ކަޑައަޅާ ހޮވުން ހުއްޓާލުމަކީ ނުވަތަ އެއަށް ބަދަލު ގެނައުމަކީ، މަރަށް ފުރާނައަށް ބެލުމެއްނެތި މިޒަމާނުގެ ޖީލު މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމަށް ދިވެހިންކުރި ބުރަމަސައްކަތް އޭގެޒާތުގައި ކާމިޔާބުވިޔަނުދީ ކުރީގެހާލަތަށް ވައްޓާލުމަށްޓަކާ "ހީލަތް ތެރި ބަޔަކު އަޑީގައި ތިބެގެން" ކުރާ ބިރުވެރި މަސައްކަތެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 July 2023

މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް ކޮމަޓީ އެލަވަންސް ކަޑާލަައިފިނަމަ އުފެއްދުން ތެރި މަޖިލީހެއްގެ ބަދަލުގައި އަނެއްކާވެސް ކުރީގައި އޮތް ފަދަ "ކިޗަން ކެބިނެޓް" އާލާވެދާނެ. # މަތީ ތާއުލީމީ މީހުނާއި އެކިދާއިރާތަކުން ސްޕެޝަލައިޒް ވެފައިވާ ފަންނީ ފަރާތް ތަކުން މަޖިލީހަށް ޝައުޤުވެރިވާނީ މަސައްކަތާއި އެއްވަރު އުޖޫރައެއް ލިބޭގޮތަށް އޮތުމުން. # އަބަދު މަޖިލީހުގައި ތިބޭނީ ހާޒިރީގެ ފުލުން ރެކޯޑް ހަދާ އަސްލަމް، ޝިޔާމް އަދި ޗެއަރމަން ޖާބިރެއްނޫން އިގޭތޯ.

The name is already taken The name is available. Register?

ކުރޯ އަލީ

25 July 2023

މުސާރަ ކުޑަކޮއްލަން މަސައްކަތެއްކުރި މެމްބަރެއް ނެތް. އެކަމަކު ޕޯޑިއަމްތަކަށް އަރާ ނޫނީ ޓުވިޓާގަ މާ އާއްމު ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކަށް ވެގެން އުޅޭނީ. ދިވެހިންނައް ނުވިސްނޭތީ މައްސަލައަކީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 July 2023

ފަސް އަހަރުން މެންބަރުން އިތުރު ކުރުމަށްވުރެން ބޮޑު ބަޙްސެއް ކުރާންވީ ކޮމްޕަޒިޝަން ނުވަތަ މަޖިލިސް އެތުރިފައިވާގޮތް ރަނގަޅުތޯ އާއި މެންބަރުން އިންތިޙާބު ކުރަނީ ޤާނޫނުއަސާސީގެ 72 ށ ގައި ބަޔާންކޮށް "އަމުރު ކޮށްފައިވާގޮތަށް" ދާއިރާގެ ޤާނޫނީ ރަށްވެހިންގެ ތެރެއިންތޯ؟ މިދެންނެވި ޤާނޫނުގެ ނުގުތާގައި ބުނަނީ "ދާއިރާ އަކުން" މެންބަރަކު ހޮވުމަށް. މިތަނުގައި "ދާއިރާ އަކަށް" ނުލިޔެ "އަކުން" ލިއުނީ މަތީގައި ދެންނެވި ބޭނުމުގެ މަޤުސަދަށްޓަކާ ކަން ޤާނޫނުން އިގޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 July 2023

މަތީގައި ދެންނެވި މާއްދާ ނުބައިކޮށް މާނަކުރުމުގެ ސަބަބުން ލ.އަތޮޅާއި، ފ.އަތޮޅު އަދި ވ.އަތޮޅު ފަދަ އެތައް އަތޮޅެއްގެ އެތައް ދާއިރާގެ ގޮނޑި ތަކުގައި ތިއްބެވީ ކ.އަތޮޅު މާލޭގެ ރަށްވެހިން. # މިއީ ޤާނޫނުއަސާސީގެ ރޫޙާއި އަދި ލާމަރުކަޒީ ޤާނޫނުގެ މަޤުސަދާއި މަޖިލިސް ގޮނޑިތަށް އިދާރީ ދާއިރާތަކަށް ބެހުމުގެ ބޭނުން ކެޑިގެންދާ ކަމެއް. # މަޖިލީހުގެ ގޮނޑީގައި ދާއިރާގެ ރަށް ވެއްސަކު އިދެގެންނޫންގޮތަކަށް ދާއިރާގެފަރާތުން ވަކާލާތު ކޮށްފާނެ ކަމަށް ޤަބޫލެއް ނުކުރެވޭ.

The name is already taken The name is available. Register?

ނޫރު.

25 July 2023

އަފީފުދީދީ ތިޔަބުނާގޮތަކަށް ނޫން މަށަށް ޤާނޫނުއަސާސީގެ 72 ށ ފެނުނީ. އެކަމަކު އޭގައި އޮތް އަކުން އެއީ ހަމަ ބހުސް ކޮށްލަން އެންމެ ރަނގަޅު ވާހަކައެއް. ގޮތް ނިންމާނީ ހައިކޯޓް ނުވަތަ ސްޕްރީމް ކޯޓުން. މައްސަލަައިގައި ޝައްކު އޮތް ނަމަ އަފީފު ކޯތަށް ދާންވީނު. އޭރުން އެދައިރާއެއްގައި ތިބޭނީ އެދާއިރާގެ ރަށްވެހިން.

The name is already taken The name is available. Register?

ކުަލުވާށި

25 July 2023

ޑިމޮކްރަސީއަށް މުހިއްމު ތިހަރަދު. ދައުލަތުގެ ބަޖެޓުން 1 ޕަސެންޓް ފޮރިންމިންސްޓްރީއަށް ހަރަދުކުރޭ.

The name is already taken The name is available. Register?

ދުރޯ

25 July 2023

މެމްބަރުންގެ މަޤްސަދު މެމްބަރުންނަށްވެސް ނޭނގޭ ހިސާބަށް ގޮއްސާ މިއޮތީ! ?

The name is already taken The name is available. Register?

އަހުސަން އަލީ

25 July 2023

ޕީޕީއެމުން ވެރިކަން ކޮށްފި އެމްޑީޕީ އިން ވެރިކަން ކޮށްފި މައުމޫން ވެރިކަން ކޮށްފި. ޕާޓީ ސިސްޓަމަކުން ކަމެއްނުވާކަން އެނގިއްޖެ. ޕާޓީތަކުގެ މެމްބަރުން ވިސްނަވާ. ތިބޭފުޅުންގެ ނިކަމެތިކަން ނޫނީ ތިބޭފުޅުންގެ ބާރުވެރިކަން ދައްކަން އޮތްއެއްޗެއްނޫން ޕާޓީއަކީ. ޕާޓީ ހަދަނީ އެންމެނަށް އިންސާފުން ވެރިކަންކުރާނެ ރަނގަޅު ނިޒާމެއް ގެނައުމަށް. ވެރިކަން ލިބުނީމަ ވެރިންގާތު ބުނަންވީ އާސަންދަހޯދަން މެމްބަރަށް ގުޅަންޖެހެނީ ކީއްވެތޯ.

The name is already taken The name is available. Register?

ބޮޑުރިޔާ

25 July 2023

ތިޔަ ތަން އުވާލާ ބޭކާރުތަނެއް ދައުލަތްލޫޓުވާތަނެއް އަމިއްލަޔަށް މުސާރައާއި އިނާޔަތާ އެލަވަންސާ އޭއްޗާކާ މީއްޗަކާ ކަނޑއަޅާ މީހުންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ މުޅި ގައުމު ފަސާދަކުރާތަނެއް އެހެންނޫނީ ތިތަނަށް ކުރިަތިލާމީހުންގެ ފެންވަރު އޭލެވަލް ނުވަތަ އެއަށް ވުރެ މަރިކުރޭ

The name is already taken The name is available. Register?

ސޭޓުބެ

25 July 2023

އޭ ލެވެލް ނޫން. ދަށް ވެގެން ޑިގުރީއެއް ކަމަށް ހަދާ. މިހާރު އެ ވެސް މާ ވެލިއުއެއް ނެތް ކަރުދާހެއް. ނަމަވެސް 80 ހާސް ލިބުމަށް ޝަރުތަކަށް ޑިގުރީއަކުން ފެށުން ރަނގަޅު. އެކަމަކު އެތާތިބީ އެއަށްވުރެ ނިކަމެތިން

The name is already taken The name is available. Register?

ފަރީދާ ހުސެން

25 July 2023

މެޖޯރިޓީލިބި މަޖިލީހުން ނުކުރާކަންކަމަށް ޒިންމާނަގަންޖެހޭނެ ބަޔަކީ އެމްޑީޕީ މެމްބަރުން. ޕާޓީތައް ހަދާ އާންމުމެމްބަރުން ކުރާކަމަކީ ވެރިންގެ ފަހަތުން ހިނގުން. މިނޫންގޮތެއް ހޯދަަންޖެހޭ. ކަލޭމެން ވިސްނީމަ އެނގޭނެ މިހާރު އޮވާފަތިތިބަ މަޖިލިސްމެމްބަރުންނަކީ ކަލޭމެންގެ ވަކީލުންތޯ ނޫނީ ކަލޭމެން ހަދަންޖެހޭގޮތް ބުނާ ޚުދުމުޚުތާރު ވެރިންތަކެއްތޯ އެއިން މެމްބަރަކު ނުރުހިއްޖެއްޔާ ވަޒީފާނުލިބޭ. މައްސަލަޔަކީ ގާނޫނު ތަންފީޒުނުވުން. އެކަމާ އެންމެން އުޅެންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454