ޚަބަރު / ރިޔާސީ އިންތިޚާބު 2023

ދެ ވަނަ ބުރަށް ރީރަޖިސްޓްރީ ވާން ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ ފޯމު

17 ސެޕްޓެމްބަރ 2023 - 08:11

69 comments

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ރީ-ރަޖިސްޓްރީ ކުރަން މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ދެ ވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިދިޔަ ހުކުރު ދުވަހު ހުޅުވައިލުމުން އެ ދުވަހު އެކަނިވެސް 9،206 ފޯމު ލިބުނު ކަމަށެވެ.

އިއްޔެ، 18،349 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅި ކަމަށް ހަބީބް ވިދާޅުވި އެވެ.

ދެ ދުވަސް ތެރޭ ޖުމްލަ 25،493 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅިއިރު، އޭގެ ތެރޭގައި ގިނައީ ހަބީބް ވިދާޅުވި ގޮތުގައި އޮންލައިންކޮށް ހުށަހެޅި ފޯމުތަކެވެ.

މިހާތަނަށް ހުށަހެޅި ފޯމު ތަކުގެ ތެރެއިން، 10،271 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އިރު، އެކިއެކި ސަބަބުތަކާ ހުރެ، 1،546 ފޯމު ރިޖެކްޓް ކުރި ކަމަށް ވިދާޅުވި އެވެ.

"ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ. އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިން ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޯމުތަކުގެ ސައްހަކަން ކަށަވަރުވުމުން ރީ-ރަޖިސްޓަރީ ކުރި ކަމުގެ މެސެޖް އެ މީހަކަށް ލިބޭނެ އެވެ. އަދި މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފި ނަމަ ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ފުރުސަތު ލިބުން ނާދިރު ކަމަށް ވިދާޅުވި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 50،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުނިކުންނަ އިރު، ދެވަނަ ބުރުގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރީ ކުރަމުން އަންނަނީ، ހުށަހަޅާ މީހާ އަށް ނޭނގި، ވޯޓުތަކެއް ގެއްލުވައިލަން ކަމަށް ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

އެހެންކަމުން، އެ މީހަކު ވޯޓު ލާން ރަޖިސްޓްރީ ވެފައިވާ ތަން މިހާރު ވެސް ޗެކު ކުރަމުން ގެންދިޔުމަށް އީސީން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

69 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 54%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން މުހުސިން

17 September 2023

ހިސާބެއް ޖަހާމާ ތޯއެވެ.އެއްދުވަސް އެއީ 24 ގަޑިއިރު.ދެ ދުވަސް އެއްވަރޭ 48 ގަޑިއިރު.2ދުވަސްތެރޭ 25،000ފޯމު.25ގެއްލަން 48 އެއްވަރޭ 521 ފޯމު ގަޑިއެއްގެ ތެރޭގައި ފުރައިފ.މާނައަކީ ބަޔަކު ނުނިދައި ތިބެ 1 ގަޑި އިރުތެރޭ 521 ފޯމު ފުރިއޭ.މަގޭ ބޯ ސަކަރާތް ވެއްޖެ.ކޮންމެވެސް މީހަކު އީ.ސީ.އަށް މި ކިޔާ ދީބަލަ.

The name is already taken The name is available. Register?

ކަރިންޒެ

17 September 2023

ތީގަ އެބައުޅޭ މައްސަލައެއް! ތިހާ ގިނަ ބަޔަކު މޫވް ވާނެތަ؟ ބުއްދި ގަބޫލު ނުކުރެވޭ! ރީ ރަޖިސްޓްރީއަށް ހުށަހަޅާ އެންމެން 2 ޕާޓީންވެސް ވެރިފައި ކުރުން ވަރަށް މުހިންމު

The name is already taken The name is available. Register?

ނޫނީ

17 September 2023

އެއީ ދެވަނަބުރުގެ ވޯޓްލާ ދުވަސްވަރު ހަދުވަސް ސަރުކާރު ބަންދުވާތީ. ގިނަމީހުން ރަށައްދާން ބޭނުންވާނެ.

The name is already taken The name is available. Register?

މޫސާަސް

17 September 2023

2018 ގައި އީސީ ޝަރީފް ވަގުހެދުމުގާ ޕޕމ އާއި ބައިއަތު ނުހިފުމުން އޭނާ އަށް އެ ބަވަނީ. އޮންލައިންކޮށް ހުށަހަޅާ ފޯމެއް ހުށަހަޅާކަށް ސިކުންތުން ގުނާކަށް ނުޖެހޭނެ. ރާއްޖޭގެ އެތަން މިތަނުން ފޯމް ހުށަހަޅާނެ. ވަކިން ފަރުދުންނަށްވެސް ފޯމް ހުށަހެޅޭ. ދެން. ކަމަކާ ބަޔަކު މޮޔަވާނީ ތިހާވަރަކަށް.

The name is already taken The name is available. Register?

އަޔޔަ

17 September 2023

އަދި ދެދުވަސްވެސް ނުވެއެއްނު. އަދި ނޭންގެ ކިތައް ފޯމް ކަމެއް އޮންނާނީވެސް

The name is already taken The name is available. Register?

އުދުހޭ

17 September 2023

ކުރިން ރީރަޖިސްޓްރީވެފަތިބި މީހުން އަނެއްކާ ރީރަޖިސްޓްރީކުރަނީބާ؟ ހުރިހާ ބޭފުޅުންވެސް ގަޑިއަކު 1 ފަހަރު އެބަޖެހޭ އެސްއެމްއެސް ފޮނުވައިގެން ރަޖިސްޓްރީ ޗެކްކުރަން.

The name is already taken The name is available. Register?

ޖެޔއޔއި

17 September 2023

މޑޕ މީހުން ނުނިދާ ތިބެގެން ތީ ކުރި ކަމަކީ. . ކޮންމެ ކަމެއްގާވެސް ދޮގާއި މަކަރު.. ވަރަށް އިނގޭތީ ބުނެލީ މި..

The name is already taken The name is available. Register?

ޚޖކޖކހ

17 September 2023

މޑޕއަށް ރީރެޖިސްޓއރޭޝަން ޕޯޓަލްގެ އެކްސެސް ދީފަ އޮތްކަމަށް އެބަބުނޭ. އެހެންވީމަ އީސީން އެމީހަކަށް ގުޅާފަ ނޫނީ ރީރެޖިސްޓްރޭޝަން ބަދަލުކޮށްގެން ނުވާނެ. މައުލޫމާތު ލިބޭގޮތުގަ މޫކައި ސޫޓުގެ މޑޕ ޖަގަހައިން ރީރެޖިސްޓްރޭޝަން ހުށަހަޅާ އެޕްރޫވްވެސް ކުރަމުންދަނީ.

The name is already taken The name is available. Register?

ވިންދްކް

17 September 2023

ރައްޔިތުން ނޫނެކޭ ބުނީމާ އެންމެފަހުން ރައްޔިތުންގެ ވޯޓުދިނުމުގެ ހައްގަށް އެއަރައި ގަންނަނީ

The name is already taken The name is available. Register?

ވިކްރަމް މޯދީ

17 September 2023

25000 ހާސް މީހުން އެހެން ތަނަކަށް ދަތުރު ކުރަން ނިންމީ ކުއްލިޔަކަށް. ހަހަހަހަހ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454