އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދުމުގެ މަސައްކަތުގައި އެ ރަށުގެ ޑައިވަރުން ސިފައިންނަށް އެހީތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް
16 އޮކްޓޯބަރ 2023 - 13:59
އެކަނި މަހަށް ނުކުމެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު އދ. ދަނގެތި، ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ސިފައިން ހިންގާ ބޮޑު އޮޕަރޭޝަނެއްގައި ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ޔޫސުބެ ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
ސިފައިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޑައިވްކޮށްގެންނާއި ވައިގެ މަގުންނާ އަދި ސާފޭސް ސާޗުތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ޑައިވްތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު، އދ. ދަނގެތިން ވެސް ޑައިވަރުންތަކެއް ބައިވެރިވި ކަމަށް ސިފައިން ބުންޏެވެ.
އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދުމުގެ މަސައްކަތުގައި ސިފައިންގެ މީހަކު ދުރުމި އަޅައިގެން ބަލަނީ.-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނި ގޮތުގައި؛
• ޑައިވްކޮށްގެން 78،850 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ.
• ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓުގައި 156.87 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވޭ.
• ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ހަކުރާ" ވަނީ 4.11 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވޭ.
އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދުމުގެ މަސައްކަތުގައި ޑައިވަރުން.-- ފޮޓޯ: އެމްއެންޑީއެފް
އުމުރުން 68 އަހަރުގެ ޔޫސުބެ ކުޑަ ދޯންޏެއްގައި މަހަށް ނުކުތީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓްކުރީ އެ ދުވަހު މެންދުރު ވަނިކޮށެވެ. ޔޫސުބެ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެކެވެ.
ޔޫސުބެ އިންޖީނުލީ ކުޑަ ދޯންޏެއްގައި މަސްވެރިކަމަށް ނުކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތީ ފަރާތަށެވެ. އަދި އދ. ރަންވެލީގެ އުތުރު ކަނޑުއޮޅިން އެ ދޯނި ދަނިކޮށް އެ ދުވަހު ހެނދުނު ބަޔަކަށް ފެނުނެވެ.
ޔޫސުބެ ހޯދަން 22 ޑައިވަރުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް، ޑޯނިއާ ވެސް ބޭނުންކުރަނީ https://t.co/udQtPxFOp4
— Mihaaru (@Mihaarunews) October 15, 2023
އެ ހާދިސާ އާ ގުޅޭ ގޮތުން ދަނގެތި ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ކުރިން ވިދާޅުވި ގޮތުގައި، ޔޫސުބެ ހޯދަން އެމްއެންޑީއެފްގެ 10 ޑައިވަރުންނާއި އެ ރަށުން 12 ޑައިވަރުން ބައިވެރިވެ އެވެ.
ދަނގެއްޗަކީ ރާއްޖޭގައި ޑައިވަރުން އެންމެ ގިނަ އެއް ރަށް ވެސް މެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
17 October 2023
ޔޫސުބު ފެނުނީމަ އަންގާލާތި އިގޭ.
އަބްޑޫޅް +
16 October 2023
ހޫނ. ޔޫސުބު.
ސަހަރ
16 October 2023
ދޯނި ފެނިއްޖެ ތަ. ދޯންޏާ އެކު ތަ ގެއްލުނީ؟
އަހުމަދޭ
16 October 2023
ކުދި ދޯނިފަހަރުތަކުގައި އެކަނި މަހަށް ނުކުންނަ މީހުންގެ ސަލާމަތަށް އެއުޅަނދުފަހަރުގައި ޖީޕީއެސް ހަރުކުރަން މުހިންމު ކަމުގައި ދެކެން. އަދި ޖީޕީއެސް ހަރުކުރުމަކީ އަގުބޮޑު ކަމެއް ކަމުގައިވާތީ އެކަމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުން ރަނގަޅު. މިކަން ކުރެވިއްޖެނަމަ ކުރިޔަށް އޮތްތަނުގައި މިފަދަ ހިތާމަވެރި ހާދިސާތަކުން ސަލާމަތް ވުމުގެ ޗާސް ބޮޑުވެގެން ދާނެ.
ކޮރަލް
16 October 2023
ރަށުން ފުރާ ބައެއް އަދި ރަށައްދާ ބައެއް ރަށު ކައުންސިލް އަކަށް ނޭނގެ އެވެ. ރަށައް އަރާ ބިދޭސީންގެ ވިސާކާޑް އަދި ވިސާ އޮތް ކަމެއް ނެތް ކަމެއް ކައުންސިލްއަކަށް ނޭނގެ އެވެ. ބޯޓުންރަށައް ވަގަށް ސައިކަލް ފަދަ އެއްޗެއް އެތެރ ކުރާ ކަމެއް ކައުންސިލް އަކަށް ނޭނގެ އެވެ. ދެން މުސާރަ ނަގައިގެން ކުރާ ކަމެއް ބަލަން ޖެހެ އެވެ.
އަބްޑޫޅް +
16 October 2023
ހޫނ. ޔޫސުބު ދޯ؟