"...ކުރިއަށް އޮތް އަހަރު ތަކުގައި އަޅުގަނޑު އުއްމީދުކުރަނީ އެ ފަދަ އެހީތެރިކަން ލިބި، ޗައިނާ އާ އެކު ގާތް ގުޅުމެއް ބޭއްވޭނެ ކަމަށް."
17 އޮކްޓޯބަރ 2023 - 22:34
ރާއްޖޭގެ ތަރައްގީގެ މުސްތަގުބަލުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފުޅާ ތަސައްވަރުގެ ދަށުން ފަށާފައިވާ ބެލްޓު އެންޑް ރޯޑު މަޝްރޫއުއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓު އެންޑް ރޯޑު އިނީޝިއަޓިވް (ބީއާރުއައި) ގެ ދަށުން ގާއިމުކުރި މާލެ-ހުޅުމާލެ ބްރިޖަކީ ރާއްޖޭގެ ތާރީހުގައި ހިންގުނު އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.
އެ މަޝްރޫއުގެ ސަބަބުން މުޅި މާލެ ސަރަހައްދަށް ބޮޑު ކުރިއެރުމެއް ލިބި، އެތަކެއް ހާސް ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ބުރިޖުގެ އިތުރުން ބީއާރުއައިގެ ދަށުން ސޯޝަލް ހައުސިންނާއި އެއާޕޯޓު ތަރައްގީކުރުން ފަދަ މުހިންމު ގިނަ އެހެން މަޝްރޫއުތައް ވެސް ހިންގާފައިވާ ކަން ފާހަގަކުރައްވައި، މުއިއްޒު ވަނީ ޗައިނާ އާ އެކު އޮންނަ ގާތް ގުޅުމަށް ތައުރީފު ކުރައްވައިފަ އެވެ.
"ރާއްޖެއަށް ބޭނުންވަނީ ޗައިނާ އާއި އެހެން ގައުމުތަކުން ވެސް މިފަދަ އެހީތެރިކަމާއި ތަރައްގީގެ ޕާޓްނާޝިޕެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.
ޗައިނާގެ 74 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިން އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ކުރިއަށް ދެވެން އޮތް މަގަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ ކުރިއަށް އޮތް އަހަރު ތަކުގައި އަޅުގަނޑު އުއްމީދުކުރަނީ އެ ފަދަ އެހީތެރިކަން ލިބި، ޗައިނާ އާ އެކު ގާތް ގުޅުމެއް ބޭއްވޭނެ ކަމަށް."
މުއިއްޒު ވިދާޅުވި ގޮތުގައި، ޗައިނާގެ ބީއާރުއައި އަށް އެ މަނިކުފާނު ކުރައްވާ އުއްމީދު ބޮޑެވެ.
"ބެލްޓު އެންޑް ރޯޑު އިނީޝިއަޓިވް އަށް އަޅުގަނޑުމެންގެ [ރާއްޖޭގެ] ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އެ މަޝްރޫއުގެ މަންފާ އެ ކަމުގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް ވެސް ކުރާނެ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
ބެލްޓް އެންޑް ރޯޑް ފޯރަމްގެ ތިން ވަނަ ބައްދަލުވުން ޗައިނާގެ ވެރިރަށް ބެއިޖިންގައި މިއަދު ފެށިފަ އެވެ. ބިޔަ އަމާޒެއްގެ ދަށުން މީގެ 10 އަހަރު ކުރިން ފެށި މަޝްރޫއުގައި 150 އެއްހާ ގައުމުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވަނީ ހިންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދޭ
19 October 2023
ޗައިނާ އަކީ ބަރާބަރު ގައުމެއް. އެމީހުންނަށް އިގޭ ކަންކަން ކުރަން. އިންޑިއާ އަށް އިގޭނީ ހުސް އަނގަތަޅަން.
ދާއިން
18 October 2023
މިގައުމުގެ ހިންގާފަހުރި ބިޔަ ގިނަ މަޝްރޫތަކަކީ ޗައިނާއިން ކޮށްފަހުރި މަސައްކަތްތަކެއް. ޗައިނާއަކީ ދިވެހިން ބަލައިގަންނަ ބައެއް. ދެންވެސް ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ގެންދަންޔާ އަހަރެން ބޭނުންވަނީ ޗައިނާ ތުރޫކޮށް އެކަން ކުރަން
އައުނާން
18 October 2023
ދިވެހިންނަށް ކުރިއަށް މިއޮތް 5 އަހަރު ފެނިގެންދާނެ ފެންވަރުގެ މި ގައުމުގެ ތަރައްޤީގެ ބޮޑެތި ޕޮރެޖެކްޓްތައް ބާރު ސްޕީޑްގަ ކުރިއަށްދާތަން
ސުފްޔާން
18 October 2023
ގާބިލު ވެރިއެއް ލިބިފަމިހުރީ، ދެން އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ނުވަނީސް ތިލަމާލެ ބުރިޖް މަތިންވެސް ދަތުރު ކުރާތަން ފެންނާނެ.
ސަފްވާާން
18 October 2023
ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް މުއިޒް މި ގެންދަވަނީ މި ގައުމަށް ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ގެނެވޭނެ ގޮތްގޮތަށް ބަލާ އެކަންކަމަށް އަމަލު ކުރަމުން
ނައުފަލު
18 October 2023
އުމްރާނީ ތަރައްޤީއަށްޓަކައި ރާއްޖޭގެ މިނިވަންކަން މުއިޒް ވިއްކާނުލާނެކަމުގެ ޔަގީންކަން އެބައޮތް
ސިދު
18 October 2023
ކަންކަން ކުރެވޭ ފެންވަރުގެ ގައުމުތަކާ އެކީ މުއިޒް މަޝްވަރާ ކުރައްވާނީ
އާލިން
18 October 2023
ރާއްޖޭއަށް ކުރިއެރުން ގެނެވޭނެ ފެންވަރުގެ ގައުމަކީ ޗައިނާ
މުއީޒް އިންސައިޑަރ
18 October 2023
މުއީޒުގެ ޑިވެލޮޕްމަންޓް ސްޓައިލް އިޒް ދިސް. ވީހާވެސް ގިނަ އެއްޗެހި އެއްތަނަކަށް އެޅުން. މިސާލަކަށް ރަސްފަންނު ބަލާ، ބީޗް، މޫދު، ބާބަކިއު، ފިޝިންގ، އައުޓްޑޯ ޖިމް، ދުވާ ޓްރެކް، ފެންވަރާތަން، ރެސްޓޯރަންޓް، މިހުރިހާ އެއްޗެއް މިއަޅާލަނީ ޖާގައަށް ނުބަލާ، މެކްސިމައިޒްކުރުން އޮބްޖެކްޓިވްއަކީ، ނުގުޅުނަސް ހެޔޮ، ސޭމްތިންގް ވިތް ހިޔާ، މިހާރު ވިލިގިލީގެ ބީޗް ޑިވެލޮޕްކުރާގޮތްވެސް. ސޯ އެގޮތަށް ވިސްނާ ޕްރޮޖެކްޓްތަކަށް ބަދަލު އަންނާނެކަމަށް.
ނާއިމް ޝައުގީ
18 October 2023
ހެޔޮނިޔަތުގަ ގައުމުތަކަށް އެހީވާ ގައުމެއްގެ ގޮތުގައި ޗައިނާ ފެނިގެންދަނީ، އަބަދުވެސް ޗައިނާގެ އެހީ ރާއްޖޭއަށް ލިބިގެންދޭ