ސިމެންތި ގަށާ މެޝިނަކަށް އަޅައިގެން އޭސީސީގެ ލިޔެކިޔުންތަކެއް އިއްޔެ ތިލަފުށީގައި ނައްތާލަނީ: މި ކަން ފަޅާއަރުވާލީ އެ ކުންފުނީގެ މަސައްކަތްކުރާ އާދައިގެ މުވައްޒަފެއް.
23 އޮކްޓޯބަރ 2023 - 14:21
ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.
އެ ކޮމިޝަނުން އެ ކަމަށް އެދުނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު އެ ކުންފުނީގެ މުވައްޒަފެއް ކަަމަށްވާ އަހުމަދު އަނީސް އަމިއްލަ އަށް ވީޑިއޯކޮށް، އެ އާންމު ކޮށްފައި ވަނިކޮށެވެ.
ވީޑިއޯ އާންމުކޮށް އެފްއެސްއެމްގެ އެ އަމަލު ފަޅާއަރުވާލުމާ އެކު، އަނީސް ވަނީ އިއްޔެ އިން ފެށިގެން އެ ކުންފުނީގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރި ކޮށްފަ އެވެ. ކަރުދާސްތައް ނައްތާލާ ތަން ވީޑިއޯކޮށް، އެ އާންމުކުރި އަނީސް އެފްއެެސްއެމްގައި މަސައްކަތް ކުރާތާ 8 އަހަރު ވެއްޖެ އެވެ. އޭނާ މިހާރު ހުރީ މީޓަރު ޓެކްނީޝަނެއްގެ މަގާމުގަ އެވެ.
އެފްއެސްއެމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
އެފަދަ ކަމެއް ކުރަން ވަކި ފަރާތަކުން އެންގިޔަސް އެކަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކުރާކަން އެނގިއްޖެ ނަމަ ވަގުތުން ހުށަހަޅަން އޭސީސީން އެދުނެވެ.
"ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމުގައިވާތީ އެކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ލިޔެކިޔުންތައް ނައްތާލާ ވީޑިއޯގެ މައްސަލަ ހޫނުވެފައި ވާއިރު، އެފްއެސްއެމް އިން ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށްފައި ހުރި ބާ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ކަމަށެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެމުން އެފްއެސްއެމްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިފޭ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.
"ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
މި ވީޑިއޯ ނަގައި ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރަމުން ދަނީ އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗީޗީ
24 October 2023
އޭސީސީ އޮތް ހާލަތުމި ދެންކޮބާ އެހެން ތަނެއްގެ ހާލަތު އޮންނާިނިގޮތް
ގަށާލާ
23 October 2023
ގަސަމް ސަރުބަތު ގަށާލާ ނިމުގެ ކުރިން
ނަގިއްޔާ
23 October 2023
މިވީގޮތުން އަހަރެން މުއްސަދި ވެއްޖެއޭ. ކޮންމެ ފަސްއަހަރަކުން ވެރިކަން ބަދަލްވާ ދުވަސްވަރާ ދިމާކޮށް ކޮންކިރިޓް މެޝިން ކޮޅެ ގަނެލަންޖެހޭނީ. މޯބައިލް ފޯނަށްވުރެ އަވަހަށް ވިކޭނެ. ބައެއް މީހުން ޕްރިއޯޑާރވެސް ކުރާނެ ކަންނޭގޭ. ގައުމުގައި ކޮރަޕްޝަން އެއޮތީ މާމަތީގައި. ހަމަނޭވާނުލާ އެތިބީވިއްޔާ މެޝިނަށް ލިއުންތައް އަޅައިގެން އަވަހަށް ނައްތާލާން.
ހިބާސް
23 October 2023
ލިޔުންތައް މިފަދަގޮތްތަކަށް ނައްތާލުމަކީ ކުށެކޯ އެކަން ކުރާނަމަ އަންގާށޯ އެނގިހުރެ އެކިނޭންގުމަކީވެސް ކުށެކޯ..އެކަމު އެކަން ހާމަކުރަން މަސައްކަތްކުރި މުވައަޒަފަށް އަދަބު ލިބި ވަޒީފާ ގެއްލުނީ..އަނބިދަރިންނަށް ކާންދޭނެ ގޮތެއް ކުލިދައްކާނެ ގޮތެއްނެތް ކާކު މުވައްޒަފަށް އިންސާފު ހޯދަދެނީ..
ޒަވިޔަނި
23 October 2023
އަންދާ ހުލިކުރީމަތަ؟ ދެންކޯޗެއްފެންނާނީ.
ޚަދީޖާ އަޙްމަދު
23 October 2023
އުވަ ގަށާ މެޝިނަކަށް އަޅައިގެން ލިޔުންތައް ނައްތާލަން މަސައްކަތް ކުރުން ، މީގެ ހެއްވާ ކަމަކީ .
އައިމިނާ
23 October 2023
ހީލަތްތެރިން.
އައިމިނާ
23 October 2023
5 އަހަރު ދިޔައިރު ގުދަން ހުރިތޯވެސް ނުބެލެނީ. މިހާރު ކުއްލިއަކަށް ގުދަން ފެނުނީ. ޢަޖާއިބު ހީވޭ.
އައިމިނާ
23 October 2023
އަދި ވެސް މަޑުކޮށްލިނަމަ. ހުރިހާ އެއްޗެއް ނައްތާލީމަ އެ އުޅެނީ އެ ކަމާ.
ގުދުގުދާބެއްޔާ
23 October 2023
"ސިމެންތި ގަށާ މެޝިނަކަށް އަޅައިގެން އޭސީސީގެ ލިޔެކިޔުންތަކެއް އިއްޔެ ތިލަފުށީގައި ނައްތާލަނީ" ލިއުން ތެރިޔާ ފޮޓޯ ޖަހާފައި ވަނީ މިހެން ތިރީގައި ލިޔެފައި! އޭސީސީގެ ލިޔުން ތަކެއް ތަ އެ ނައްތާލަނީ! ކިނެތް ވެފަތަ ތިތެބެނީ!