އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
25 އޮކްޓޯބަރ 2023 - 19:34
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އަންނަ މަހު ބާއްވާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާ އެކު ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިންމައި މުއިއްޒު ކުރައްވާ ވެރިކަމުގެ ހުވާ ގަބޫލުނު ނުކުރާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ވަނީ ނަޝީދުގެ މައްސަލަ ނުނިމި އޮވެ އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭން ވެސް ނިންމައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާކޮށް ނަޝީދު ވަކިކުރުމަށް ވޯޓު ދޭން ތްރީލައިން ވިޕެއް އެމްޑީޕީން ވަނީ ނެރެފަ އެވެ. އެކަމަކު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ނަޝީދު އުޅުއްވަނީ އެ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ގޮތެއް ހަދައި އެކަން ދިގު ދަންމަން ކަމަށެވެ.
"[ނޮވެމްބަރު]ސަތާރަ ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ހުވާ މި ވޯޓު ނުނިންމައި، ރިޔާސަތަކުން ނިންމާ ނިންމުމެއް އަޅުގަނޑުމެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވައި ކުރައްވައިގެން ހުރި ރައީސެއްކަމުގައި ނުބަލާނަން. އެގޮތަށް އަޅުގަނޑުމެން މަޝްވަރާ ކުރެވިފައި އޮތީ،" އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވާ ބޭފުޅަކު މަގާމާ ހަވާލުވެވަޑައިގެން ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ހުވާ މި ވޯޓު ނުނިންމައި، ރިޔާސަތަކުން ނިންމާ ނިންމުމެއް އަޅުގަނޑުމެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވައި ކުރައްވައިގެން ހުރި ރައީސެއްކަމުގައި ނުބަލާނަން: އަސްލަމް
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ނުނަގައިފި ނަމަ މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދަން އެއްބާރުލުން ނުދޭނެ ކަމަށާއި އެއަށްފަހު ކުރިއަށް ގެންދާ ކަންކަން ގަވައިދާ ހިލާފަށް ކުރާ ކަންކަމަށް ވާނެ ކަމަށެވެ.
"...ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަވަން ވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާ އެކީގައި. އިތުބާރު ގެއްލިފައި ހުރި ރައީސެއް ގަދަކަމުން ވޯޓެއް ނުނަގައި އެތަނުގައި [މަޖިލީހުގައި] ހުންނަވައިގެން އެވަރުގެ ބޮޑު ރަސްމިއްޔާތެއް މަޖިލީހުގެ ނަމުގައި ކުރިއަށް ގެންދިއުމުގެ ޖާގައެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ. އެގޮތަށް ހުވާކުރައްވައިގެން ގާނޫނާ ހިލާފް، ޖަލްސާއެއްގައި ހުވާކުރައްވައިގެން ކެބިނެޓް ހުށަހެޅުއްވިޔަސް އެއަަކަށް ވެސް އަޅުގަނޑުމެންނަށްކަމަށް ޖާގައެއް ނުދެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވެސް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ރިޔާސަތުގައި އެ މަނިކުފާނު އިންނަވައިގެން އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާ ގާނޫނީ ޖަލްސާއަކަށް ނުވާނެ ކަމަށެވެ.
"ރައީސް ނަޝީދު އިންނަވައިގެން، އިތުބާރު ނެތް މައްސަލާގައި ވަކި ގޮތެއް ވޯޓުން ނުނިންމަވައި އެ ޖަލްސާ ކުރިއަށް ގެންދަވައިފިކަމަށް ވަންޏާ، ރައީސް ފޮނުވާ ކެބިނެޓާއި މި ކަންކަމަށް އަޅޫގަނޑުމެން ހަމަ ކަނޑައެޅިގެން ނޯ ޖަހާނީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާދިއްތަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެން އެ ދުވަހު ޖަލްސާ ކުރިއަށް ގެންދަން ފުުރުސަތު ނުދޭން ރާވާފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރެއްވި އެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ފަސްކޮށް އާންމު ޖަލްސާތައް ހޯމަ ދުވަހު ފަށަން މަޖިލީހުގެ އިދާރާ އިން މަސައްކަތް ކޮށްފާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މި މަހުގެ ކުރީކޮޅު އެވެ. މިއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ދެ ވަނަ ފަހަރެވެ. އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނިކޮށް، މައްސަލަ އަނބުރާ ގެންދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނު ތެރޭގަ އެވެ. ނަޝީދު ވަކިކުރަން ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާ އެކުގަ އެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 44 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަންދޫ
26 October 2023
ނުފިނިއްޔާ މާރަގަޅު. ތިތާކުނެެތް ރައްޔަތުން އިތުބާރު ކުރާ އެކަކުވެސް. ދެންވެސް ގިމޮކްރަސީ އޭ ނުކިޔާ އެންމެން އިސްތިއުފާ ދީފައި މަގުމަތީގައި ކުރިއަށް 5 އަހަރު ދުވަހު އުޅެން ކަސްރަތުކުރަން ނައްޓާލާ.
ކަނޑުލަބަރި
26 October 2023
ދެން އެމްޑި÷ީއިން މަރުފަލި ޖެހަން ތިބޭ! ތިކަމެއް ނުވާނެ! އީވާ ތިޖަލްސާގެ ރިޔާސަތަކުން ނުފެންނާނެ! - ދެން އަނއްކާ ގަވާއިދު ބަދަލުކުރޭ! މަޖުލީހުގެ އަންނަ ދައުރަކަށް ތިމައްސަލައަށް ތައްޔާރުވޭ!
ނެތްއިތުބާރު
26 October 2023
އަންނިގެ އިތުބާރުނެތްކަން/އޮތްކަން ޚުދު އަމިއްލައަށް އެނގޭ ބައެއް ނޫން އެކަން ކުރަން ތިއުޅެނީކީ. އެއް ދުވަހު އިތުބާރު އޮވެފަ އަނެއްދުވަހު އުޑުމަތި ބަނަވީމަ އިތުބާރު ނެތިގެން އުޅޭ ގޮތެއްފޮތެއް ނެތް ހަރުދަނާކަމެއް ނެތް ބައެއް ތިއީ. އިންތިހާބީ ރައީސަކު ހުވާކުރަންވާއިރަށް މަޖްލިހުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރެވުމަކީ ތި އެންމެންގެ ނާގާބިލްކަމާ ފޭލްވުން. އަންނި ބޮލަށް އެކަނި ޖެހުމުގެ ބޭނުމެއް ނެތް. ބޭނުންކަމެއްކުރަން ގިނަ ދުވަސް ލިބިއްޖެ
ވަކަބޭ
26 October 2023
ހުރިގޮތައް ހުރި ޑިޕާރޓްމެންޓެއް ނިކުމެ "މުއިއްޒުގެ ހުވާ ގަބޫލެއް ނުކުރާނަން، ކެބިނެޓަށް ރުހުމެއް ނުދޭނަން" ބުނީމަ ބުނަންޖެހޭނީ ދެން ލަލަލާ. . .
އަލީރާޖާ
26 October 2023
ދިވެހިރާއްޖޭގެ މަންޑޭލާ ކަމަށްވާ ނަޝީދަށް ހީވަނީ މަޖިލިސް ރައީސް ކަމަކީ އޭނާއަށް ހިބަކޮށް ލިބިފައި އޮތް އެއްޗެއް ކަމަށް. ވަރިހަމަ މެންބަރުންގެ އިތުބާރު ނެތަސް. މީހަކު ޑިމޮކްރެޓިކް ވާނީ މިހާކަންހާ ވަރަށް ދޯ!
އަޙްމަދު އަލީ
26 October 2023
ކަލޭމެން ދެޕާރޓީގެ ކޯޅުމުގެ ތެރެއަށް ރައްޔިތުންގެ އަގުލަބިއްޔަތުން ހޮވާފަ ހުރި ވެރިއަކު ހުވާކުރުމަށް ދެކޮޅުހެދުމަކީ ޑިމޮކުރަސީގެ ދަންނަ ހަމައެއްނޫން، އަޖާއިބުވަނީ މިވެރިން ަނގަފޭކޮށްފަ މި ކިޔަނީ ޑިމްކްރަސީގެ ރީތި އެވެނި މިވެނި ސިފައެކޭ، ހިނި ނާދޭތަ؟؟
އަލީބަލީގެ
26 October 2023
އެއީ ދެޕާޓީގެ މައްސަލައެއް ނޫން. އެއީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ލިބިދީފައިއޮތް އިމްތިޔާޒަށް މައިނޯރިޓީ ޕާޓީ އަރައިގަނެ މެޖޯރިޓީއާއި ޚިލާފަށް ނުފޫޒު ފޯރުވުން
ފިތުނަރޯނު
26 October 2023
އެމްޑީޕީގެ ޕީޖީގެ ނިންމުން އިރުއިރުކޮޅާ އޮންނާނީ ބަދަލުވޭވޭ
އަހަރެންގެ ހިޔާ
26 October 2023
އެމްޑީޕީ ތި ފޮހެވުނީ. އެއީ މުއީޒުއާ ބެހޭކަމެއް ނޫން. އެތަނައް އަންނި ލީވެސް އެމްޑީޕީ އަދި އިތުބާރު ނެތިގެން ވެސް ތިއުޅެނީ ވެސް އެމްޑީޕީ
ގޫބެއްޔާ.
26 October 2023
ތަ ދެން ކޮން ވައްތަރައް ޖައްސާކަށް. ދެން ތަ ނިހޮވޭހެއް.
ފެންސު
26 October 2023
ގުޅިގެން މުއިއްޒިއަށް ކުރާ އުނދަގޫތައް ރަސްމީކޮށް ފަށަނީ.