މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އެމްޑީޕީން މިއަދު ވެސް އިހްތިޖާޖްކުރަނީ. -- ފޮޓޯ: އެމްޑީޕީ ޕީޖީ
01 ނޮވެމްބަރ 2023 - 14:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދިއުމަށް މާދަމާއަށް ޖަލްސާއެއް ތާވަލްކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން އެދިއްޖެ އެވެ.
މާދަމާއަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ. އެމްޑީޕީ ޕީޖީ ގުރޫޕުން ބުނީ، މާދަމާ ޖަލްސާއެއް ބާއްވައިދޭން އެދުމަށް އެ ގުރޫޕުން ފާސްކޮށް، މިހާރު ރައްޔިތުންގެ މަޖިލީހަށް ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ ޕީޖީ މެންބަރުން ވަނީ މިއަދު ވެސް މަޖިލީހުގައި އިހުތިޖާޖެއް ކޮށްފަ އެވެ. އެ އިހުތިޖާޖުގައި މެންބަރުން ބޭނުން ކޮށްފައިވާ ބޯޑުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ، ނަޝީދު 2013 ވަނަ އަހަރު ކޮށްފައިވާ ޓްވީޓެއްގެ ލިޔުންކޮޅެއް ހިމަނައިފަ އެވެ.
Maseeh is no longer the legitimate Speaker of Maldives Parliament and should not represent our Parliament at international meetings. pic.twitter.com/hOSzvNyVHp
— Mohamed Nasheed (@MohamedNasheed) October 4, 2017
2013 ވަނަ އަހަރު ނަޝީދު ކުރެއްވި ޓްވީޓު --
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ، ފާއިތުވި ތިން ދުވަހަކޭ އެއް ގޮތަށް މިއަދުގެ ޖަލްސާ އަށް ވެސް ވަޑައިނުގެންނެވޭކަން އަންގަވައި، އީވާ ސަލާން ފޮނުއްވާފައިވާތީ ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރާއެކު މަޖިލިސް ހުއްޓިފައި އޮތް މައްސަލަ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހޯމަ ދުވަހު ފަށަން ވަނީ ތާވަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
01 November 2023
ތި ފޮޓޯގަ ކޮބައިތޯ މެޖޯރިޓީ؟ އެމް.ޑީ.ޕީ މެންބަރުންވެސް މިހާރު ޑިމޮކްރެޓްސްއަށް ދާން އުޅޭ ކަމުގެ ނިޝާނެއް. އެހެން ނޫންނަމަ ތި ފޮޓޯގަ ބައިވެރިވީސް.
ހަންނި
01 November 2023
މިހާރު ވަރަށް ސާފުކޮށް އެބަ އިނގޭ ނިއުޝާގެ ބައިވެރިވުމާ އެކު ހިނގާ ކަމެއްކަން. ޖަލްސާ ނުބޭއްވުމަށް ނިންމުން އެއީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއް. ޢަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ސިފައިންނާއި އޭރުގެ ޑިފެންސް މިނިސްޓަރު މިހާރުވެސްވީ އެމައްސަލާގައި ކުރި ހުކުމަށް ޖަލުގައި. ކަން ކުރަން އަމުރު ކުރެއްވި ބޭފުޅާ އެހުންނެވީ މިނިވަންކޮށް. ނިއުޝާއާއި ފިލްޒާ ވިސްނަވާނެކަމަށް އުންމީދުކުރަން.
2017
01 November 2023
2017 ގަ ބުނީ... 2013 އަކު ނޫން... ދިވެހިން ހަނދާންނެތޭލެއް ވަރަށް އަވަސް...
ދިއްދޫމީހާ
01 November 2023
ބޭބެމެންނަ ތިޔަ ނަޝީދުއަކީ ކާކުކަން ވަރަަށް ރަނގަޅަށް ދަސްވި ދުވަހެއް މާކަރީ ހޮޓަލްއަ އެއިރުގެ ސްޓާފޯސް ވައްދާލި ވަގުތު،ހިތްތިރިއޭ އާދައިގެ ދިރުއުޅުމެއް އުޅެނީއޭ ކިޔާގެން މޫނުމަތީ މާސްކެއް އަޅާގެން މައުމޫންއަ އެއްޗެހި ކިޔާ ހެދިއިރު މައުމޫން ވޯޓަކަށް ފިލާ ނުހަދާ ވޯޓް ބަލިވަންދެން ވޯޓާ ކުރިމަތިލި މައުމޫންއަ ވީވަރުވެސް ނުވިތާ ހިތުން މަންޑޭލާ ހެދިގެން މުގާބޭއަ ވުރެން ހަތްދިހަ ދަރަޖަ ކުރީގައި ނަޝީދުއުޅެނީ…
ޙިނި
01 November 2023
ތަންތާ ތިބޭ ގަމާރުން ސިޔާސީ ޕާޓީތަކާ ހަވާލުވީމަ ލިބޭނީ މިކަހަލަ ލަންޑެއް. ވީ އާ އިޑިޔަޓްސް ބެނާއެއްގަ ޕްރިންޓު ކޮއްފަ އެޔާއެކު ފޮޓޯ ނެގީމަ ތިމައްސަލަޔާ މާ ގުޅޭނެ.
ގާދިރު
01 November 2023
މަރަށް ތެޅޭއިރު ލައްކަ ހުޅުނބު ނެއްޓޭނެ އެކަމަކު މިފަހަރު ގުނަން މިޖެހުނީ މިލިޔަނުން އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކުރިޔަށް އޮއި މަޖިލިސް އިންތިހާބުގަ ތިތަނުން ޖުމްލަ 5 މީހުން ވެސް ނުހޮވޭނެ
ޢަހްމަދ
01 November 2023
ހުރިހާ ކަމެއްގަވެސް ނަޝީދުއަށް މޮޅުވަންޏާ ވަރަށް ޑިމޮކުރެޓިކް. ނަޝީދު ބަލިވެ ނޫނީ ގެއްލުންވަންޏާ އޮންނަނީ އަނެއްކޮޅު. ޕްރައިމަރީސް ތަކުގަވެސް ނަޝީދު ބަލިވަންދެންކީ މޮޅުވާމީހާ ފަހަތައް އަރަންވާނެޔޭ. ނަޝީދު ބަލިވީމަ ފެނުނީ އޭގެ އިދިކޮޅު، އިތުބާރު ނެތްކަމުގެ ވޯޓުގަވެސް ހަމަ އެހެން..