ޚަބަރު / މެމްބަރު އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރަން އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީން ސޮއި ހަމަކޮށްފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު މިއަދު ދެ ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، އީވާ ވަކިކުރުމުގެ ގަރާރެއް ވެސް މަޖިލީހަށް ވައްދަން ސޮއި ހަމަވެފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

އެކަމަކު އެ ގަރާރުގައި އިތުރު މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސެކޭ އެއް ގޮތަށް، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ވެސް ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު އެވެ.

ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮއި އާ އެކު ހުށަހަޅާފައިވާ ގަރާރު ފަސް ފަހަރެއްގެ މަތިން އެޖެންޑާކޮށްގެން ވެސް ކުރިއަށް ނުގެންދެވުނީ އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އެ ޖަލްސާތަކަށް ސަލާން ފޮނުއްވުމުންނެވެ. އޭރު މަޖިލީހުގެ އިދާރާއިން ނިންމާފައި އޮތީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހިގެން، ގަވާއިދު މާނަކޮށްދޭން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ އީވާ ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

އެއާ އެކު، ނަޝީދުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުން، ޑިމޮކްރެޓްސް މެމްބަރުން ވަނީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅުއްވައިފަ އެވެ. އެ ޖަލްސާއަށް އީވާ އަނެއްކާ ވެސް ސަލާން ވިދާޅުވެފައިވާތީ، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފް ވަނީ އެކަން ބަލައިގަންނަވައި، ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅުއްވައި، އެ ގަރާރު އަލުން ހުށަހަޅަން އަންގަވައިފަ އެވެ.

އަފީފް ޖަލްސާ ނިންމައިލައްވަން އުޅުއްވުމުން، މަޖިލީހުގެ އަމީންއާންމު ވަނީ އެ ކަން އެގޮތަށް ނުކުރެވޭނެ ކަމަށް ލަފާ ދެއްވާފައިކަން އެނގިފައި ވެ އެވެ. އަދި އެ ނިންމުން ގޯސްކަމަށް ގަބޫލުކުރެވޭތީ، މަޖިލީހުގެ އިދާރާއިން ވަނީ އިތުރު ޖަލްސާއެއް މިއަދު ހެނދުނު ތާވަލުކޮށް، ނަޝީދުގެ ގަރާރު އަލުން އެޖެންޑާކޮށްފަ އެވެ.

ނަމަވެސް، 11 ޖެހިއިރު ބޭއްވި އެ ޖަލްސާގެ ރިޔާސަތާ އީވާ ހަވާލުވެވަޑައިގެން ވަނީ، ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށްފައިވާ ކަމަށް ކަނޑައަޅުއްވައި، ޖަލްސާ ނިންމަވާލައްވައިފަ އެވެ.

އެކަމާ ގުޅިގެން، އަފީފާއި އީވާ، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އަދި ކޮމިޓީގެ މިއަދުގެ ޖަލްސާގައި ވަނީ ނަޝީދުގެ އިތުބާރުނެތް ކަމުގައި މައްސަލައިގެ ރިޔާސަތުގައި ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކު ނުތިބެވޭނެ ގޮތަށް އެދުމަށް ވެސް ނިންމައިފަ އެވެ.

އެގޮތަށް އެދުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

9 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

13 November 2023

ކޮންމެވެސް ކަމެއްވެގެންތާ ނަބީންނާއި ރަސޫލުންގެ ތެރޭގައި އަންހެން ކަނބަލުން ނުފޮނުއްވީ. ކަންކަމުގެ ނިމުން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ. އެކަމަކު އިންސާނުންނަށް ﷲ ބުއްދީގެ ނިއުމަތް ދެއްވައި ދެ ޖިންސު ވަކިކުތައްވައި އިންތައް ލެއްވީ ބުއްދިއަސް ފެންނަގޮތަކަށް ޢަމަލުކުރުން އެކަމުން ދިމާވާ ނަތީޖާ އަށް ވިސްނައި އެކަމުން އިބުރަތް ޙާސިލުކުރާ ބަޔަކަށް ސާފުކޮށް ފެންނަ ގޮތަށް. މަކަރުހެދުމަކީ ބައެއްގެ ކަށީގައި ހިފާފައިވާ ކަމެއްނަމަ ކޮންމެކަމަށްވެސް މަކަރު

The name is already taken The name is available. Register?

އީވާ އައުޓް

13 November 2023

އީވާއަށް މިއޮށް ޖެހޭ ޑެންގީ ހުމެއް ދޯ. މަޖިލިހަށް ހާޒިރުވާން ބޭނުން ނުވީމަ، ޑެންގީ ޖެހުނީ، އެކަމަކު އީވާ ކަމެއް ކުރަން ބޭނުންވީމަ ފުންމައިގެން އެއަރަނީ މަޖިލިހުގެ ރައީސްގެ ގޮޑިއެއް، ޑެންގީ ރަނގަޅުވީ. މިހެން ވެގެންނޭ ބުނަނީ އަންހެނުންނަށް މިކަހަލަ ބޮޑެތި މަގާމުތައް ނުދޭށޭ، އެމީހުންނަކީ ވަރަށް ކެހިވެރި ބަޔެކޭ.

The name is already taken The name is available. Register?

އަސްލު...

12 November 2023

އަލްޙަމްދުލިﷲި.....

The name is already taken The name is available. Register?

ޥިކަމެއް

12 November 2023

ސޮއިހަމަކުރީމަ ތިކަން ވޭތަ؟

The name is already taken The name is available. Register?

ސައި

12 November 2023

އަވަސްކޮއްފައި ތިޔަމީހާ ބޭރުކުރޭ އެއުޅެނީ އާއިލީ ވެރިކަން ކުރަން

The name is already taken The name is available. Register?

މަރުމަތު

12 November 2023

މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.. "" ދެން ވާނީނކިހެއް؟ އެ ދެމެމްބަރުންނަށް ޖަލްސާތަކަށް ނުވަދެވެނެތަ؟

The name is already taken The name is available. Register?

ސަސި.

12 November 2023

މިއީ ޑިމޮކުރަސީ ކިޔާދޭ މީހުންގެ ހާލަތު

The name is already taken The name is available. Register?

އުފާކުރަން

12 November 2023

އަލްޙަމްދުލިﷲ. އެންމެ މޮޅައް ކަންކަން ދެނެވޮޑިގެން ވަނީ الله ކެނެރީގެ ނުބައިރޭވުންތައް ނިމުމަކައް ތިޔަދަނީ ?

The name is already taken The name is available. Register?

ޢަޒްލާ

12 November 2023

ހަމައެކަނި ކެނެރީގެ އެކަނި ނޫން ނުބައިރޭވުންތައް އޮތީ އިބްރާމް މ ސޯލިހުގެ އައުވާނުންނާއި ސޯލިހަކީވެސް ނުބައި ބައެއް އެތެރޭގަ އޮންނައެއްޗެއް ނޫނ ބޭރަށް ނެރެނީ ގިނަފަހަރު އިސްލާމްދީނަށް ފުރައްސާރަ ކުރިބަޔަކަށް އެވޯޑްދީ ހިމާޔަތް ދީނަހަދާނެ އެދީނުގެ ޢަދުއްވަކު ނޫނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454