އާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމަށް މަގާމުގެ ފަތްކޮޅު ރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
18 ނޮވެމްބަރ 2023 - 13:43
އިމާމުންނަށް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް، އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ކަންކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
ސައުދި އަރަބިއްޔާ އާއި މެލޭޝިޔާ އާއި ބުރޫނާއި އަދި އިންޑޮނޭޝިއާ އިން ވެސް އިމާމުންނަށް ތަމްރީނުގެ ފުރުސަތު ހޯދަވައިދެއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިޞްރާއި ސަޢުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުޞަތު އިމާމުންނަށް ހޯދައިދެވޭނެ. ان شاء الله.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 18, 2023
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ޝަހީމް އެންމެ ފުރަތަމަ ނިންމެވި ނިންމުމަކީ ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރުމެވެ.
އޭނާ ފޭސްބުކްގައި ރޭ ލިޔުއްވާފައި ވަނީ ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ އަންގާރަ ދުވަހު އައިޔޫއެމްއާ ހަވާލު ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާމީ ހަޟާރަތާއި ސަގާފަތުގެ މަރުކަޒަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
20 November 2023
ފުރަތަމަކޮޅު ތިހެން ތެލިގަންނާނެ ވާނުވާއެއްގަ ހުރެ، ދެންފެންނާނީ ދިދަޖެހި ކާރު އިސްކޫލް ދޮށުން އެކަނި!
ވަންލޯ
19 November 2023
ބަންގި ގޮވުމުން ޕީއެޗްޑީ....
ރަށުމުދިމު
19 November 2023
ހުސް ފޭކު ވައުދުވެގެން ވަޑައިގަތީ. ފޭސް2 ގެ ފުލެޓްވެރިންނައް 2ލައްކަ ލިބޭނެޔޯލަ ކިޔާފަ މިހާރު އޭތިބަދަލުވެއްޖެ.
ސަލީމު އިދުރީސް
19 November 2023
މިސްކިތު މުދިމުނައް އުޅެވޭނެ އެހެންވަޒީތަކުގަ އުޅޭ މީހުނައްވެސް! މިހާރުވެސް މިސްކިއް ސާފުރަނީ މަސައްކަތުމީހުން މުދިމު ބަންގިގޮވާފަ ނަދުކޮއްފަ އިންނަނީ އަމިއްލަ ފިހާރަ ސޭޓަކައް! 15000 ރުފިޔާ ދޭމުދިމަކު ކޮންމެ ނަމާދެއް ވިހި މިނެއްޓުންކުރާނަމަ އެއީ އެއްގަޑި ސާޅިސް މިނެއްޓު ގަޑި އެއްހާއިރު މަސައްކަތް ކޮއްގެން 500 ފަސްތޭކަ ރުފިޔާ ލިބޭނެ 15000 ދިނަސް! ޕީއެޗުޑީ ނެގީމަ ކިހާވަރެއް ދޭންޖެހޭނެ މަސައްކަތާ މުސާރަޔާ އެކަށީގެން ވޭތޯ
ސަލީމު އިދުރީސް
18 November 2023
ސަހިމުއާ ވަރައް އިހުލާސް ތެކަމާއެކު ސުވާލެއް ކޮއްލަންތޯ! ދެބުރިޔައް ހުންނަ މިސްތަކުގަ އިމާމުގެ އަޑުއިވެނީ ސައުންސިއްޓަމުން ކަމައްވާއިރު މިފަދަ ކުރި އަރާފަ އޮތްސަމާނެއްގަ މުޅިރާއްޖެ ހުރިހާ މިސްކިތަކައް އެއްއިމާކު ބޭނުކޮއްގެން ނަމާދު ކުރެވިދޭނެތޯ؟ އެހެންވާނަމަ ސަހީމުތިހިރީ ޕީއެޗުޑީ ހަދައީގެންނޫންތޯ ވީމަ މައްސަލަ ހައްލުވީނޫންތޯ
ޙެހެ ވވ
18 November 2023
ޙުސް ދެ އަނގަ ކަން ރައްޔިތުން ދެކެން ތިބޭ،،
އަލީމު
18 November 2023
ދެއްކުންތެރިކަމުން ޕީއެޗްޑީ ހަދާފަހުރި މީހެއްދޯ މީ!
މިވަރެއްނެތް
18 November 2023
ބޯހަމަޖެހޭ ވާހަކަ ދައްކަބަލަ. މާސްޓަރސް ޑިގްރީ ތިބި ބަޔަކު މިސްކިތުގެ އިމާމުންނަށް އުޅެންޏާ އެ މާސްޓަރސް ޑިގްރީގެ މައްސަލައެއް އެބައުޅޭދޯ؟ ފަސްނަމާދަށް ބަންގި ގޮވާ އިމާމުވެ ނަމާދުކުރާކަށް ތިހުރިހާ ސަނަދެއް މަތީ ފާސްތަކެއް ބޭނުންނުވޭ. ދުނިޔޭގެ ކޮން ގައުމެއްގަތޯ މިސްކިތު އިމާމުންނަށް މާސްޓަރސް، ޕީއެޗްޑީ ހަދާފަ ތިބޭމީހުން ވަޒީފާގަ އުޅެނީ؟
އިދޭ
19 November 2023
ޝަހީމު އިސްލާމިކް ޔުނިވަރސިޓީގަ ހުރި އިރު ކުރި މާމޮޅު ކަމަކަށް އާ ބޮޅެއް އިތުރުކޮށްލަނީ. އިމާމުންނަށް މާސްޓަރސް ޑިގްރީއަށް ކިޔަވަން ފުރުސަތު ދިން އިރު، އެ ކޯހަށް ގުޅުނު އިމާމުންގެ ފެންވަރެއް ނެތް. މުދިމުކަމުގެ ސަނަދު ހޯދާފަ ތިބި އިމާމުންނަށް ކިޔަވަން ޖެހުނީ މެނޭޖްމެންޓްގެ މޮޑިއުލްތައް. އެއްޗެއް ނޭނގުނަސް ފާސްކޮށްދީފަ އެންމެނަށް ސެޓްފިކެޓް ދީފަ އެތިބީ. މިހާރު އެއީ މާސްޓްރސް އޮތް މީހުން. ދެން ބޭރުގެ ޔުނިވަރސިޓީއަކަށް ފޮނުވީމަ އެނގޭނެ ފެންވަރު!
ހެސްކިޔާފަ
18 November 2023
ޚާއްޞަ ޕީ.އެޗް.ޑީ ހުރޭތަ?
ދދދދ
20 November 2023
މާސްޓަރސް ނަގާފައި ބައިވަރު އިމާމުން އެބަތިބި! އެކަމަކު ދިވެހި ބަހުން އެމީޙުން މާސްޓަރސް ހެދީ މިބުނީ ގުރުއާން، އިސްލާމީ ތަރުބިޔައްތަ، ޝަރީޢާ ކަހަލަ ދާއިރާތަކުން ދިވެހި ބަހުން ހުރިހާ މޮޑިއުލްތަކެއް ފުރިހަމަކޮށްގެން! ގިނަ މީހުން ކޯސް ވޯރކް ފުރިހަމަކޮށްގެން! ރިސާރޗް ނޫނީ ދިރާސާއެއް ނަހަދާ! ޔަގީން ކަށަވަރު އެމީހުންނަށް ދިރާސާ ގެ އަސާސީ ބައި ވެސް ނޭނގޭނެ! ދެން ކޮން ޕީއެޗްޑީއެއް!
ބޮޑުމީހާ
18 November 2023
ކޮންމެ ރޯދަމަހަކު ބޭރުގެ ކަރަތަކުން ހާފިޒުން ނުގެނެސް ދިވެހިން ލައްވައި ތާރާވީސްކުރުވަންޖެހޭ. ދިވެހި މުދިމުންގެ އެ ފެންވަރު ހުންނާނެ