އިންޑިއާ އިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރު، ދ.ބަނޑިދޫން ހާލު ދެރަ ބަލި މީހަކު ގޮވައިގެން ސެޕްޓެމްބަރ 13، 2017 ގައި މާލެއަށް ޖައްސަނީ. --މިހާރު ފައިލް ފޮޓޯ
04 ޑިސެމްބަރ 2023 - 06:37
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މަޝްވަރާކުރީ ރާއްޖޭގައި މިހާރު ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެކި ނޫސްތަކަށް ބައެއް އޮފިޝަލުން މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން، ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުވުމުގައި އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވުމުންނެވެ.
މިކަމާ ބެހޭ ގޮތުން އިންޑިއާގެ ނޫސްތަކުން ސުވާލުކުރުމުން އެ ގައުމުގެ އޮފިޝަލުން ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ރާއްޖޭން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބައްދަލުކުރައްވަނީ.
"މި ވަސީލަތްތަކުގެ ބޭނުންތެރިކަން ރާއްޖޭން ވެސް ފާހަގަކުރި ... މި ވަސީލަތްތަކުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ކުރާ މަޝްވަރާތައް އަދި ނުނިމޭ. މިކަން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ ދެ ގައުމުން އެކުލަވާލަން ނިންމި ކޯ ގްރޫޕްގެ މަޝްވަރާއިން،" އިންޑިއާގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިން އެބަތިބި ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ރައީސް ޑރ. މުއިއްޒުގެ ކެމްޕޭނުން ބުނެފައިވެ އެވެ. ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިހާތަނަށް އަދި އެނގިފައިވަނީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ތިބިކަމެވެ. އެއީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބޭ ސިފައިންގެ އަދަދެވެ. އެއީ ކުރީ ސަރުކާރުން ވެސް ބުނަމުން އައި ގޮތެވެ.
އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި، ހާރިޖީ ގުޅުމާ ބެހޭ 100 އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައިވޭ: ސަރުކާރު https://t.co/RkcGPbDOzq
— Mihaaru (@Mihaarunews) November 19, 2023
އިންޑިއާގެ އެހެން ނޫހެއް ކަމަށްވާ "ދަ ޕްރިންޓް" އަށް ވެސް އޮފިޝަލަކު ވިދާޅުވެފައިވަނީ އިންޑިއާގެ ވަސީލަތްތަކުގެ މުހިންމު ރާއްޖެ އާއި އިންޑިއާ އިން ވެސް ފާހަގަކުރި ކަމަށާއި އެއީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވުމުގައި މުހިންމު ބައެއް ކަމަށް ދެ ފަރާތުން ވެސް ދެކޭ ކަމަށެވެ.
"ރާއްޖޭން ވެސް މި ވަސީލަތްތައް ބޭނުންކުރުން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރި. ހަގީގަތުގައި މިއި ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަމްޒު ކޮށްދޭ ކަމެއްގެ ގޮތުގައި ވެސް ދެ ގައުމުން ބަލައިގަނޭ. އެ ވަސީލަތްތައް ނުހުއްޓި ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާތައް ދަނީ ކުރިއަށް،" އޮފިޝަލް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ގެންދަން އެ ގައުމުން އެއްބަސްވެއްޖެ: ރައީސް https://t.co/xujZx8Q92n
— Mihaaru (@Mihaarunews) December 3, 2023
ހިންދުސްޓާން ޓައިމްސް އިން ވެސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ މަޝްރާކުރީ އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ކަމަށެވެ. އެކަމަކު އެ ވާހަކަ ދެއްކެވުނީ "ވަރަށް ކުޑަކޮށް" ކަމަށް ހިންދުސްތާން ޓައިމް އަށް އޮފިޝަލް ވިދާޅުވި އެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އިންޑިއާ ސިފައިން ފޮނުވާލަން ވެ ވަޑައިގެންފައިވާ ވައުދާ ބެހޭ ގޮތުން ރައީސް ޑރ. މުއިއްޒު އިއްޔެ ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގެންދަން މަޝްވަރާތަކުގައި އިންޑިއާގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުން އިންޑިއާ ސިފައިން ބޭލޭނެ. އަދި ވަރަށް އަވަހަށް އެކަން ހާސިލްވުން އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ނަތީޖާއަކީ. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް މި ގެންދެވޭ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ހަމަ ވަރަށް އަވަހަށް އެކަން ހާސިލް ވެގެން ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިކަން ކުރެވޭނެ ތާރީހެއް ކަނޑައެޅޭނީ އެ ކޮމިޓީގެ މަޝްވަރާއިން ކަމަށް ވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯރުނުދޯރު
05 December 2023
ބޭކާރު ވާހަކަ ނުދައްކާ. ފުރަތަމަ 100 ދުވަސްތެރޭ ބާލާނެކަމަށް ވީ ވައުދުގެ މަތިން ހަނދާންކޮށްދެން.
އމމމމމމމމމ
04 December 2023
އިންޑިއާ އިން ހިލޭ އެހީ ދިން ނަމަވެސް އަޅުވެތިވެ ދަރަނިވެރިވާކަށް ނުޖެހޭ އެމީހުން ވަކި ކަމެއް ހާސިލް ކުރަން ބޭނުންވެގެން ދިން އެއްޗެއް ކަމުގަި ވިޔަސް އެ ދިން އެއްޗެއް ބަލައިގަނެ އެ ދިން ބަޔެއްގެ ނުފޫޒު ނުވަތަ ކޮންޓްރޯލް ދަށު ނުވެ އުޅެވެން ޖެހޭނެ. އެނޫނީ އެއީ 'ހިލޭ' އެއްޗަކަށް ނުވާނެ.
ކަޑަބޮއް ސައީދު
04 December 2023
އަޅެފަހެ މީހަކު މޮޔަ އެއް ނުވާނެ ތަ؟ ތިޔައިގެ އެތައް ހެލިކޮޕްޓަރެއް ގަނެވޭނެ ފައިސާ އެބަ ހަރަދު ކޮށްލާ ތިތިބަ މިނިސްޓަރުން ކުރާ ބޭރު ދަތުރަކަށް. ކީއްވެ ރާއްޖެއަށް އަމިއްލަޔަށް ހެލިކަޕުޓަރެއް ނުގަނެވެންވީކީއެއް؟ މި އީ އިންޑިއާ މި ސަރަހައްދުން ޖާސޫސު ކުރަން ރާއްޖޭގެ ފައިސާ އަދި ތެލުގައި ދުއްވަމުން ދާ ބޮޑު ޖަރީމާއެއް. އެމީހުން މި ދުއްވަންޔާމުން އަމިއްލައަށް ތެޔޮއަޅާގެން ދުއްވަންވީއެއްނު؟ ކިހާ ދެރަކަމެއް،،،،،
ހަޖަން ވާނެ މިހާރު
04 December 2023
އިންޑިޔާ ސިފަ އިން ރާ އްޖޭގަ ތިބެގެން މިނިވަން ކަން ގެގއެއ އް ލޭތީ އެމީހުން ބާލަަަަން ވެރިކަމަ އް އެރީ ދިވެހިންގެ ބަ އެ އް މީހުންގެ ސިކުޑި ދޮވެލާގެން ވޯޓް ހޯދާގެން އިންޑިި އާ ސިފަ އިން ބާލަން ވޯޓް ދިން ކުދިން ކޮޅަ އް ހަމަ ރަނގަޅަ އް ވެސް ރާކަނި މަސް ކެވިިިިިިފަ ހުންނާނީ
އެމީލިއޯ
04 December 2023
ދެން އަތްޖަހާ.
އަލީމު
04 December 2023
އެހެން މީހުންނާ ދިމާލައް ބަދުބަސްބުނަން ދިވެހިން ނިކަން ފަރިތަވާނެ. މިހާކުޅަދާނަ މީހުން އުޅޭ ގައުމެއްވިއްޔާ ކީއްވެ ޗައިނާ، އިންޑިއާ އަދި އެނޫންވެސް ތަންތަނުުން "ހިލޭ" އެހީއައް އަބަދު ސަލާން ޖަހަންޖެހެނީ؟ ކޮބާތަ މޮޅު ހެލިކޮޕްޓަރު ދުއްވާމީހުންނާ، އެމަރާމާތު ކުރެވޭފެންވަރުމީހުން؟ ކޮންމެ ދުވަހަކު މަދު ވެގެން 8 ގަޑި އިރު މަސަތްކަތުގަ ތިބެވޭނޭ ތިބުނާ މޮޅެތިމީހުން ނިކަން ދައްކަބަލަ!!!
ނަނަނަ
04 December 2023
ތީ ރާއްޖެއަށް މިހާރު ބޭނުން އެއްޗެއް ނޫން.
ދޮގު ޔޫސުބުގެ އަނެއް ދޮގު ފަޅާއެރީ
04 December 2023
އެއްވެސް ޖެހިލުމެއްނެތި، ހާދަވަރަކަށޭ ދޮގު ހައްދަވަނީ!
ބަލަ
04 December 2023
ދިވެހިން ދުއްވައިގެން ބޭނުންކުރުން ރަނގަޅު. އެކަމަކު އިންޑިޔާ ސިފައިން ތިބެގެން އެމީހުންދުއްވުން ބުއްދިވެރި ކަމަކަށް ނުފެނޭ. އެމީހުންގެ އަޑި ވަރަށް ނޭންގޭނެ. އިންދިރާ ގާންދީ ބޮޑުވަޒީރުކަންކުރިއިރު އެނީހުންގެ ޗާޓުގައި ރާއްޖެއަކީ އެމީހުންގެ ތަނެއްކަމުގައި ފާހަގަކޮށްފައި އޮވޭ.
ވިސްނާލުމަށް އެދެމޭ
04 December 2023
ކޮބައިތަ އިންޑިޔާއައުޓްގޮވީމަ ޖަލަށްއެތައް ފަހަރަކުވަން ޕޕމކުދިން.ކޮބާ އިންޑިޔާއައުޓް ގަރާރު.ގަރާރު ބާތިލް ނުކުރެވެނީ އަދިވެސް ވެރިކަމުގަ އިބޫ ހުރެގެންބާ. މުއިއްޒު މިފަސްއަހަރު ވެރިކަމުގަ ބެހެއްޓިޔަސް އިންޑިޔާމީހުން ނުފޮނުވޭނެ މުއިއްޒަކަށް ގެރެންޓީކަމެމީ.މުއިއްޒު ރައްޔިތުންނަ އޮޅުވާލާ މައްސަލައަށް ފިޔަވައަޅާދޭން މަޖިލިހަށްގޮވާލަން އަހަރެމެން ރައްޔިތުންނަ މުއިއްޒުވައުދުވީ އިންޑިޔާގެ އެއްބަސްވުންތަކާ ސިފައިންފޮނުވުމަށް ފުރަތަމަދުވަހުން ފަށާނެކަމަށް