ޚަބަރު / ސްކޫލް

ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް ނިންމައިފި

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ބައެއް ކުދިންނާއި ބައެއް ޓީޗަރުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދަރިވަރުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި، ކޮންމެ ސްކޫލު ދަންފަޅިއެއް ގައުމީ ސަލާމުން ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ކެބިނެޓުގައި މިއަދު ނިންމި ނިންމެވުންތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ޑިސެންބަރު މަހު ސްކޫލުތައް ބަންދުވުމަށް ފަހު ދެން ހުޅުވޭ ސެމިސްޓާއިން ފެށިގެން ކަމަށެވެ.

މިއީ ގައުމީ ލަވަ އާއި ގައުމީ ދިދަ އާއި ގައުމިއްޔަތަށް ޅަ އުމުރުގައި ހިތްތަކުގައި ލޯބި ޖައްސައި އާލާކުރަން ނިންމުމަށް ނިންމި ނިންމެވުމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަ ކުރައްވައިފަ އެވެ.

"[ގައުމީ ލަވައިގައި] އެ ކިޔޭ އެއްޗެއްގެ މާނަ ވިސްނި، އެއަށް ލޯބި ކުރުމަށް ހިތްޖެއްސުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

މި ބަދަލު ގެންނެވުމަށް ފަހު ރައީސް ވަނީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ވައުދުކަން ފާހަގަކުރައްވައިފަ އެވެ.

ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހިމެނޭ "ހަފްތާ 14" ގައި ވެސް ވަނީ އިސްލާމްދީނާއި، ގައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަން ފެށުމަށް ހިމަނައިފަ އެވެ.

41 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

06 December 2023

ހުސްގޮނޑި ފުރަތަމަ ދުވަހު ބެހެއްޓުމުން ނުރުހޭނަމަ ބުނީމަ ނުބަހައްޓާނެކަން ޔަގީން. އެނގިގެން ދިޔައީ ރުހުމުގަ ހުސްގޮނޑި ބަހައްޓަން ބޭނުންވެފައޭ ތިބީ. ހުރިހާ ރަށެއްގަ ހުސްގޮނޑިބަހައްޓާ ނިމުނީމަ މިހާރު ކީކޭތޯ މި ކިޔަނީ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

06 December 2023

ގައުމީ ސަލާމުގައި އައުދާނަ ކަން ލިބިގެން އެވާ ދިދައަށް ކުރީމެސަލާމް. އައުދާނަ އެބުނެވެނީ އަޅަކައްވެ ހުރެ. ގައުމީ ނިސާނައް ހުރުމަތާއެކު ބޯލަނބާތިބެގެން! ހުރުމަތާ އެކު ބޯލަބަން ހަމަ އެކަނި ޖެހޭނީﷲ އަށް. އަދި "އައުދާނަ" އަޅަކައްވެ ހުރެ ބޯލަބަން ޖެހޭނީ ހަމައެކަނި ﷲއަށް. ދިވެހިބަހާ ތާރީހައް ޚިދިމަތް ކުރެއްވާ ބޭފުޅުން މިކަންތައް ތަގަޅުކުރަން ޖެހޭނެ! އެހެން ނޫނީ %100 މުސްލިމުގައުމެކޭ ނުކިޔާ!

The name is already taken The name is available. Register?

ބަދަ

06 December 2023

މިސަރުކާރުން އަދިކުރަމުންމިދަނީ ވަރަށް ކޫސަނި ދެންމާމޮޅުކަމެއް ކަމަށްދެކިގެން އެއްކަލަ ތޮއްޑޫ ނަސީރު ދޭއައިޑިއާއި ސުޕީޗްތައް.މަގޭ ރައްޓެއްސެއްވެއްޖެ މާލޭގަ ވޯޓްއަޅާފަ ދިޔަގޮތައް އެމްއާރުއައި ނެހެދިގެން. މިކަހަލަ ގައުމީ ބޮޑެތި މައްސަލަތައް ހައްލުކޮށްދީބަލަ.ޑޮކްޓަރަށް ދެއްކުމުގެ ކިއު . ޕުރައިވެޓް ރޫމް ކިއު، އެމްއާރުއައި އަދި އެކި ސުކޭންތަކުގެ ކިއު

The name is already taken The name is available. Register?

ނަޖީބު

06 December 2023

ސްކޫލު ލަވައަށްވުރެ މުހިންމުވާނެ ގައުމީ ލަވަ. އެއީ އަބަދުވެސް ގައުމު އިސްކުރަން ޖެހޭނީ ހުރިހާ މީހުންވެސް.

The name is already taken The name is available. Register?

ހާޖަރާ

07 December 2023

ހުރިހާ އެއްޗަކަށްވުރެ ޤުރުޢާން ގެ ބަރަކާތުން ފެށުން އެންމެ މޮޅު އިތުރު ވެގެން ވަނީ....

The name is already taken The name is available. Register?

ހާފިޒުު

06 December 2023

ޑރ.މުޢިއްޒު މިކަން ކުރަން މި ނިންމީ ވަރަށް ރަނގަޅަށް. މިކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ.

The name is already taken The name is available. Register?

އަލިބެެ

06 December 2023

ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެދިގެން ދަަނީ ގައުމީ ލަވަ ޖަހާގެން.

The name is already taken The name is available. Register?

އަހުމަދު ސައިފުލް

06 December 2023

ބަލަގަ ކޮންމެ ދުވަހަކު މި ކަން ކުރީމަ ގައުމީ ސަލާމް ގެ ޚާއްސަ ކަމާއި މުހިންމު ކަމުގެ އަގު ކުޑަވާނެ ކަމަށް ދެކެނީ!

The name is already taken The name is available. Register?

ޤައުމަށް އިޙްތިރާމްކުރަން.

06 December 2023

އައުހެދުންވެސް މާގިނަފަހަރު ލީމަ ދެންވާނީ ބައު ހެދުމަކަށް.ދެން އެހެދުން ލާހިތެއްނުވާނެ މުހިއްމު ހަފްލާތަކުގައެއް. ޤައުމީ ސަލާމްވެސް އަބަދުކީމާ އެއަށް ދޭންޖެހޭ ޤަދަރު ގެއްލިގެންދާނެ. މިހާރުވެސް އަޅުގަނޑުމެންގެ ސްކޫލްގައި ހަފުތާ ފަށަނީ ޤައުމީ ސަލާމުން(އާދީއްތަ ދުވަހު) ދެން އެސެންބުލީ އޮންނާނީ ބުރާސްފަތީގަ އެދުވަހު ކިޔަނީ ސްކޫލް ލަވަ. އެއީވެސް ކިޔެވުމަށާއި ރަށާއި ޤައުމަށް ލޯބިޖައްސާ ލަވައެއް.

The name is already taken The name is available. Register?

ނޫން

06 December 2023

ތި ހީކުރާ ގޮތާ އިދިކޮޅަށް އެކަން އޮންނަނީ.

The name is already taken The name is available. Register?

ބޮންތިޔާ

06 December 2023

ތިޔައީ ރައީސް ޔާމީނު ސަލާމަތް ކުރަން އަހަރުމެން ވޯޓްދީގެން ވެރިކަމަށް ގެނައި މީހަކެވެ. ނަމަވެސް މިހާރު މިއުޅެނީ ހުރިހާކަމެއް ޤައުމީ ސަލާމާއި ދިދައިން ހަމަޖައްސާށެެވެ.

The name is already taken The name is available. Register?

ކުލީގެވާހަކަ، ނުދައްކާވާހަކަ

06 December 2023

އުމުރު މިދަނީ ކުއްޔަށް މަހަކު 35،000 ދައްކަމުން. އެކަމަކު ޝަރުތު ހަމަވާކަމަކަށްނުވޭ.މާލެތަރައްގީ ކުރީ މާލެ ރައްޔިތުންނެއެނޫން. ކިރިޔާ އިންސާނަކަށް އުަޅެވޭވަރު ތަންކޮޅެއް ވިއްޔާ 2މަސް ޑިޕޮޒިޓް. ކުލި 35،000 ހުން މަތި. ކުކުޅުލޮށި ކަހަލަތަންތަން ފެޝެނީ 20،000. 2 މަސް ޑިޕޮޒިޓް.އެހެންރައްތަކަށް އިހުމާލުވުން ކަމަކީ.

The name is already taken The name is available. Register?

އައިމިނާ

06 December 2023

އިސްކޫލްގަ އުޅުނު އިރު ކުރީގަ ގައުމީސަލާމް ކިޔަނީ. ފަހުން "ޅަފަތުގައި އުގެނެމާ" އިސްކޫލް ފެށުމުގެ ކުރިން. ފަހުން އެކި އެއްޗިއްސަށް ބަދަލުވީ ކަންނޭގެ. މިހާރު އެ އިސްކޫލެއްގެ ލަވައެއް ކިޔަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454