ޚަބަރު / އިންޑިއާ

ފިޔާ އެކްސްޕޯޓުކުރުން އިންޑިއާ އިން ވަގުތީ ގޮތުން މަނާކޮށްފި

ރާއްޖެ އެތެރެކޮށްފައިވާ ފިޔާ ބަސްތާތަކެއް: އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައި -- ފޮޓޯ: މިހާރު

08 ޑިސެމްބަރ 2023 - 23:12

111 comments

ރާއްޖެ އަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކޮށްފި އެވެ.

"ރޮއިޓާސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފިޔާ ބޭރުކުރުން ހުއްޓުވަން އިންޑިއާގެ ސަރުކާރުން އެންގީ އިއްޔެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ، އެއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ލޮކް ސަބާ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އެކަމަކު، މިހާތަނަށް ޝިޕް ކޮށްފައިވާ އަދި ފައިސާ ދައްކައި ނިންމާފައިވާ ޝިޕްމަންޓުތަކުގެ އިތުރުން ފިޔާ ގަންނަން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ކުރިން ފިޔާ ބޭރު ކުރެވޭނެ ކަމަށް އިންޑިއާގެ ފޮރިން ޓްރޭޑް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތަކުގައި ވެ އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް، އެހެން ގައުމެއްގެ ސަރުކާރަކުން އެކަމަށް އެދޭ ހާލަތުގައި އިންޑިއާ ސަރުކާރުން ހުއްދަ ދޫކޮށްފި ނަމަ އެކަން ކޮށްދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ.

111 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 36%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިޔަޕާރި

11 December 2023

ފިޔާ ނުކައިވެސް އުޅެވޭނެ. ދިވެހިން ވެއްޖެ ލިބެން ހުންނަ އެއްޗެއް ކައިގެން ޝުކުރު ކުރަން ދަސްކުރަން. ކޮންމެ ރޯދަ މަހަކު ތިބެނީ ރޯދައަށް އެކަމް ފިޔާ އަލުވި ބިސް ނުލިބިގެން އުޅޭ ވައްތަރަކުން މިހީވާނީ ދުވަހަކު ނުކައި ނުބޮއި ތިބޭ ބަޔެކޭ. ވިޔަފާރި ވެރިން އަގުބޮޑު ކުރީމަ ބޮއިކަޓުކޮށްބަލަ.

The name is already taken The name is available. Register?

ހުސްސިޔާސީ

10 December 2023

އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރަން އުޅެނީ. އިންތިހާބެއް ނެތްނަމަ އަމިއްލަ ގައުމުގެ މީހުން ބަނޑަށްޖެހުނަސް އޯކޭވާ ކަހަލަ ގޮތަކަށް އެއޮތީ. އިންތިހާބު ނިމުނީމަ ރައްޔިތުން ކުރިން އުޅުނު ދަތި ހާލަށް އަލުން ދާންވީ. އަމިއްލަ ގައުމާމެދު މިހެން ކަންކުރާ ބަޔަކު އެހެން ގައުމަކާމެދު މާ ރަގަޅަށް ކަންކުރާނެތަ؟

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

10 December 2023

ފިޔާއަކީ ވަރަށް ފަސޭހައިން ހެއްދޭ އެއްޗެއް! ހައިޑްރޯ ފޮނިކްސް ގަ ވެސް ހެއްދޭނެ! ޔޫޓިއުބް ބަލާބަލަ!

The name is already taken The name is available. Register?

މުހައްމަދު123

10 December 2023

އެންމެ ފަހު ޕެރެގުރާފުގައި އެވަނީ އަސްލު މީގެ މަގުސަދު. ރާއްޖެއަށް ފިއްތުން. އިންޑިޔާއަށް އާދޭސްކުރުވަން ޖެއްސުން "އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް، އެހެން ގައުމެއްގެ ސަރުކާރަކުން އެކަމަށް އެދޭ ހާލަތުގައި އިންޑިއާ ސަރުކާރުން ހުއްދަ ދޫކޮށްފި ނަމަ އެކަން ކޮށްދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ." ފިޔާހައްދާ އެހެން ގައުމެއް ހޯދަންވީ ވަގުތު މީ.

The name is already taken The name is available. Register?

ރޭރު

09 December 2023

ބަޔަކު ދަތުރުވަރުބަލި ފިލުވާލަން އައިސް ޖެއްސިތަނެއް ދެންމިތަނުން ފައިބާކަށް ބޭނުންނުވެ ވަންނާނެ ތަނެއްނެތް ބޮޑު ދަރިފަސް ކޮޅެއް ވިހާ ގައުމެކޭ ކިޔައިގެން ދަނޑުހައްދާނެ ފެކްޓްރީއަޅާނެ ބޯހިޔާވާނެ ބިމެއްނެތި ތޮއްޖެހި މިއުޅެނީ އަދިވެސް ގޮވަނީ އާބާދީ ބޮޑުކުރަން

The name is already taken The name is available. Register?

ސަލީމު އިދުރީސް

09 December 2023

ރާއްޖޭގެ ބިންބޮޑެތި ދަނޑުވެރިކަން ކުރަން ހުރި ބިންގަނޑު ރަނގަޅު ރައްތައް ފަޅުވާގޮތައް ބައްޓަ ކުރާސިޔާސަތުގެ ހިތި ރަހަ ވަރައް ރަނގަޅައް ދިވެހިން ކަރު ބުޑުގަލާނެ ކަމީ ސައްކެއް ހުރި ކަމެއްނޫން! ޓުއަރި ޒަމަކީ އަބަދު އޮންނާނެ އެއްޗެއްނޫން! ރައްތައް ފަޅުކޮއް ފަރުތަކައް ފަސްލުމަކީ ދިވެހިނައް ހެދޭނެ އެންމެބޮޑު ގޯސް

The name is already taken The name is available. Register?

ދަގަތްފާނު

09 December 2023

ކަލޯ ފަޅުރަށްތައް ހުރީ "ދަނޑުވެރިކަމަށް" ދީ ނިންމާފައޭ، އެކި ކުންފުނިތަކުގެ ނަމުގަ އާއިލީ ޕިކުނިކު އައިލެންޑު ހަދައިގެން ތިބެނީ. އަހަރަކު ދައްކަންޖެހެނީ ދޮޅެއް، ވިހިތިރީސް އަހަރަށް ދީފަ ހުންނަނީ.

The name is already taken The name is available. Register?

އަފްރާސިޔާބު

10 December 2023

ރާއްޖެތެރޭ މީހުންނަށް ހިލޭ ބިންދީގެން ގެދޮރު ބިނާކުރާ އުސޫލު ސަރުކާރުން ހުއްޓާލާފައި މާލެއާ ކައިރީ ދެފަޅެއްގައި ހިއްކާފައި ފްލެޓްއަޅާފައި ކުއްޔަށް އެންމެން ގެނައުމުން ތައުލީމާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވަނެ. އިޖްތިމާޢީ މައްސަލައަކީ އެހެން މައްސަލައެއް.

The name is already taken The name is available. Register?

5558

09 December 2023

އެގްރިކަލްޗަރަލް ދާއިރާއިން މީހުން ބިނާކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަނޑުވެރިކަމަށް ފަޅުރައްތައް ކަނޑައަޅައި، ސަރުކާރުން ސަބްސިޑީ ދީގެންވެސް އެކަންކުރިއަރުވަން ޖެހިފަމިވަނީ. ހުރިހާ އެއްޗެއް ރާއްޖޭގައި ނެހެއްދުނަސް މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭރުން އެތެރެ ކުރާ މިންވަރު ކުޑަކުރެވޭތޯ މަސައްކަތް ކުރަންޖެހޭ.

The name is already taken The name is available. Register?

މުންޑު

10 December 2023

ތީ ވަރަށް ރަގަޅު ޚިޔާލެއް، ރާއްޖޭގަ ހުރި ބޮޑެތި ބިންތައް، އަދި އެހާމެ ދަނޑުހައްދަން ރަގަޅުބިންރައް އޮތްއިރު ތީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް. އަހަރެން ހިތައްއަރަނީ އަހަންނަށްވެސް ފޫކޮޅުން ވިސްނޭނަމަ ކިހާ ރަގަޅުހޭ. އޭރުން މަވެސް ކަލޭމެންނާއެކު އިންޑިޔާ އައުޓްގޮވަން ނުކުންނާނަމޭ.

The name is already taken The name is available. Register?

4321

11 December 2023

މިހާރު ލަސްވެސް ވެއްޖެ

The name is already taken The name is available. Register?

ގަމާރުދިވެހިން

09 December 2023

މާޒީވެ ދިޔަހާތަނުން ހާސިލްވަނީ އިބުރަތޭ! ރޯދައާއި ދިމާކޮށް ޖެއްސުން ކުރަންފެށީދޯ!!

The name is already taken The name is available. Register?

ގަރޫ

09 December 2023

ފިޔާ އައުޓު

The name is already taken The name is available. Register?

ޅިންޑި

09 December 2023

ރާއްޖޭގަ ދަޑުވެރިކަމެއް ނުކުރެވޭނެ. އެއީ ބިން ބަލިކަމުން. ކުރެވޭވަރު ކޮއްފިއްޔާ ހަރަދު ބޮޑުވެ ފީސަބަލް ކަމަކައްނުވާނެ. މިކަން ކުރަން އުޅުމަކީ މޮންގޯލިޔާމީހުން މަސްވެރިކަން ކުރަންވަގެން ގަޑެއް ހަދަން އުޅުން ކަހަލަކަމެއް. ހުރި ރިސޯސެއް ބޭނުންކުރެވޭނީ.

The name is already taken The name is available. Register?

ޖަސްޓް ސެއިން

09 December 2023

ހުރި ރިސޯސްވެސް ބޭނުންކުރަން ނޭނގޭ އަސްލު. މޫދުވިނަ، ފިޝްމީލް، އުކާލާ ކާތަކެތި، މީ ހަމަ ފަސްގަނޑު ރަނގަޅުކުރަން ބޭނުންކުރެވޭނެ އެއްޗެހި. މާމީހުންގިނަ ތަނެއްވެސް ނޫންދެން. ކޮންމެ އަތޮޅަކަށްވާވަރަށް ހަމަ ކުރެވޭނެ. އެތެރެކުރަން ޖެހޭ އެއްޗެއް މަދުވާނެދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454