ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް
17 ޑިސެމްބަރ 2023 - 11:47
ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ އެއްވެސް މަޝްވަރާއެއް އެމްޑީޕީގެ ތެރޭގައި ނުހިނގާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު އިއްޔެ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އާންމު ކޮމިޓީ އަށް ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ މި ދައުރުގައި ކުރިއަށް އޮތް މުއްދަތަށް މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ގުނާނީ އެ ވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށެވެ. އެއީ އާ ސަރުކާރާ ގުޅިވަޑައިގަނަވަން މަޖިލީހުން ވަކިވެވަޑައިގެންނެވި ހަތް މެންބަރުން ނުހިމަނައި 80 މެންބަރުންނެވެ.
ޝިފާއުގެ އިސްލާހުގައި ހުށަހެޅީ:
- މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާއެއްގެ ގޮނޑި އަށް މެންބަރަކު އިންތިހާބު ކުރުވެންދެން މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ އެ ދާއިރާތައް ނުހިމަނާ.
- މަޖިލީހުގެ ދައުރެއްގައި މެންބަރުންގެ ޖުމްލަ އަދަދަށް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާންކުރަން ޖެހޭނެކަން.
ޝިފާއުގެ މި އިސްލާހާ އެކު، މަޖިލީހުގެ ކޯރަމް ގުނާ އަދަދާއި މަޖިލީހުގެ ޖުމްލަ މެންބަރުންގެ ވަކި އަޣުލަބިއްޔަތަކުން ފާސްކުރަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަންކަމުގެ އަދަދަށް ބަދަލު އަންނާނެ އެވެ. އޭގެ ތެރޭގައި މަޖިލީހުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުން ހިމެނެ އެވެ.
ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން އެކަމަށް ހުށަހަޅާ ގަރާރު މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ޝިފާއުގެ އިސްލާހު ފާސްވެއްޖެ ނަމަ އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.
އެހެންވެ، މި އިސްލާހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން އެމްޑީޕީން ކުރާ މަސައްކަތެއް ކަމަށް ބުނެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ އެމްޑީޕީއަށް ފާޑުކިޔައިފަ އެވެ. ނަމަވެސް ޝިފާއު ވިދާޅުވީ ސަރުކާރުގެ ބޭފުޅުން ކަންބޮޑުވެގެން އުޅުއްވާ ފަދަ، ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް، އެއްވެސް މަސައްކަތެއް މިހާތަނަށް އެމްޑީޕީން ނުކުރާ ކަމަށެވެ.
މަޖިލީހުގެ ގިނަ މެންބަރުންގެ ރޫހު މިހާރު ހުރި ގޮތަށް ބަލާއިރު ވެސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ކޮންމެހެން ބަދަލެއް ނުގެނެސް ވެސް ރައީސާއި ނައިބު ރައީސް ވަކިކުރަން ބޭނުންވާ ނަމަ އެކަމަށް ތާއިދު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޝިފާއު ވިދާޅުވި އެވެ.
"އަޒުލްކުރުމާ ބެހޭ އިސްލާހުތައް ކޮމިޓީ އަށް ހުށަހަޅާފައި އެ އޮތީ ވެސް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު. އަޅުގަނޑަށް ހީވަނީ ޑިމޮކްރެޓްސްގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން އެއްވީމާ މިހާރު އެބަ ތިބޭ 69 މެންބަރުން އަޅުގަނޑުމެންނާ އެކު. ދެން އެހެންވީމާ ގަވައިދަށް ބަދަލު ގެނެސްގެން މެންބަރުން ގުނާ އަދަދު ރަނގަޅު ކުރާކަށް ނުޖެހޭ ކަން ނޭނގޭ އަޒުލް ކުރަން ވެއްޖިއްޔާ،" އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސިއްރު މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމަށް އަޑު ފެތުރިފައިވަނިކޮށް ޝިފާއު ވިދާޅުވި އެވެ.
"ދެން އެހެން ނޫނަސް މުޅި މަޖިލީހުގެ ރޫހު އޮތީ ވެސް މި ސަރުކާރު މި ހިނގަނީ ރަނގަޅަށް ނޫން ކަމަށް. އެ ބޭފުޅުންނަށް ނިސްބަތްވާ ހަ ވަރަކަށް މެންބަރުން ނޫން ކަމަށްވާ ނަމަ، ގަބޫލު ކުރޭ ސަރުކާރު ރަނގަޅު ނޫން ކަމަށް."
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް
ޝިފާއު ވިދާޅުވީ ނަޝީދުގެ ރިޔާސަތު ބަދަލުވި ފަހުން، މަޖިލީހުގެ ގަވައިދަށް ވަރަށް ބޮޑެތި އިސްލާހުތައް ގެންނަމުންދާ ކަމަށާއި ސަބަބަކީ ކުރިން އެ އިސްލާހުތައް ގެންނަން ފުރުސަތު ނުލިބުން ކަމަށެވެ. މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅުމުން ވެސް ގަވައިދުގައި ހުރި ވަރަށް ބޮޑެތި މައްސަލަތައް ފާހަގަވި ކަމަށާއި އެކަންކަން އިސްލާހު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝިފާއުގެ އިސްލާހާއި އާޒިމްގެ އިސްލާހަކީ ވެސް އެގޮތުގެ މަތިން ހުށަހެޅި އެއްޗެއް ކަމަށް ޝިފާއު ވިދާޅުވި އެވެ.
"ރިޔާސަތަށް މި އައި ބަދަލާ އެކު އެ ޖާގަ އަޅުގަނޑުމެންނަށް ލިބުނީމާ ވަރަށް ގިނަ އިސްލާހުތައް ގެނެވިއްޖެ. ދެން މި ދެ އިސްލާހު މާބޮޑަށް ފާހަގަކުރެވިގެން މި އުޅެނީ ސަރުކާރު އެކުލަވާލައްވަން މި އުޅުއްވާ ބޭފުޅުން މާބޮޑަށް ޖެހިލުންވާ އިސްލާހަކަށް މި ދެ އިސްލާހު ވާތީ ކަމަށް ބެލެވެނީ،" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ނެތް މެންބަރުންތަކެއް ގުނައިގެން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދާދި ފަހުން ކުރިއަށް ނުގެންދެވިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމްގައި ވެސް މަޖިލިސް ހުއްޓޭ ފަދަ ގޮތަކަށް ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަން ޝިފާއު ފާހަގަކުރެއްވި އެވެ.
"އެގޮތަށް ބަލާއިރު ވެސް 87 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ގަވައިދު މާނަ ކުރުން އެއީ ރަނގަޅު ގޮތެއް ނޫން. ހަގީގަތުގައި ވެސް މަޖިލީހުގެ ގަވައިދުގައި ވެސް ގާނޫނުއަސާސީގައި ވެސް ނެތް މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ ކޮބައި ކަމެއް ސާފުކޮށް ބަޔާންކޮށްފައެއް. އެހެންވެ ފުރަތަމަ ފަހަރަށް މަޖިލީހުގެ ގަވައިދަށް މި ގެނައީ މެންބަރުންގެ އަދަދު ގުނާނެ ގޮތް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މަޖިލީހުގެ ޗެމްބަރުގައި ހުންނަ ގޮނޑީގެ އަދަދަކީ މެންބަރުންގެ އަދަދު ކަމަށް ކަނޑައެޅުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް. މަޖިލީހުގެ މެންބަރުންގެ އަދަދަކީ ގާނޫނީ ގޮތުން ތިބި މެންބަރުންގެ އަދަދު. މިސާލަކަށް މެންބަރަކު އިސްތިއުފާ ދީފިއްޔާ އެއީ މެންބަރެއް ނޫން. އިސްތިއުފާ ދިން މެންބަރަކީ އެއީ މެންބަރެއް ކަމަށް ގުނޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
18 December 2023
ތިޔަ އިސްލާހު ކިތަންމެހާވެސް ރަނގަޅު މަސައްސަލައަކަށް ވެގެން އެއުޅުއްވާ ބޭފުޅުންނަށް ހީވެގެން އެއުޅުއްވަނީ ހަސަނަށް ހީވާގޮތް ތިޔަ ވިދާޅުވިހެން އިސްތިއުފާދީގެން ނޫނީ މަޖިލީހުން ވަކިކޮށްފައިވާ މެމްބަރިން އެއީ މަޖިލީހުގެ މެމްބަރުންކަމަށް ވާނަމަ އެބޭފުޅުންނަށްވެސް މުސާރަދޭންވާނެ ހަމައެކަނި ވޯޓް ގުނަންވީމާ މެމްބަރުންނަށްވެފައި ފައިސާޔާ އިނާޔަތާ ސިކިއުރިޓީ ދޭންވީމާ މެމްބަރުންނަށް ނުވާންވީ ސަބަބެއްނެތް
ޒަމީރު އަހްމަދު
18 December 2023
މިހެން ކަންކަން ވަންޏާ ކީއްކުރަން ބާއްވާ އިންތިޙާބެއްތަ މީ. ހިތުހުރި ފާޑަކަށް ކަންކަން ކުރެވޭތަ އެހެން. ނުވާނެ އެއްކަމެއްވެސް ޝިފާއު ކައޭ މެންނަށް. ރައްޔިތުން މަޖިލީހަކީ ކައޭމެން ސަކަރާތް ޖަހަން ހުންނަ ތަނެއް ނޫނޭ.
އަލީ އަފްރާހް
18 December 2023
ޝިފާއު ކަލޭ އަޒުލު ކޮށްގެން ނޫނީ މި ޤައުމު ހަމަ މަގަކަށް ނޭޅޭނެ. އަޖައިބެއް ކަހަލަ ބައެއްނު މީ. ކުޑަ ކުދިންވެސް ގޮތް ދޫކުރާތަން ފެނޭ. އެކަމަކު ކަލޭ މެން ހަމަ ބަލި ގަބޫލް ކުރާކަށް ނޫޅޭނަން ދޯ
މުލަކޭ
18 December 2023
މީ ހާދަ ވެފަ އުޅޭ 56 މީހުންނޭ. ރައްޔިތުން ތިބައިގަނޑަށް ވޯޓު ދިނީ ހުދުމުހުތާރު ފާޑަށް ތެޅޭކަށް ނޫން. ތިކަން ކަލޭ އަކަށް ނުވެސް ވާނެ. ތަންތަން ފަސާދަ ވެގެންދާނެ ތިވަރު ކަމެއް ކޮށްފި ނަމަ. ކުރާ ކަމެއް ކުރޭ ހަތަރު ފަސް ފަހަރު ވިސްނާފަ
ތާމޭ
18 December 2023
ޝިފާއު ކައޭތީ މަޝްހޫރު އޮރެންޖެއްނު. އެންމެ ފަހުން ކަލޭ އަގައިން ތެދެއް ހެދި ދުވަހެއް ބުނެބަލަ. މުސައިލަމަތުލް ކައްޒާބު ގެ ލަޤަބު ކައޭއަށް ހައްގު
ލަނޑުދޭ ޑިމޮކްރޮސީ
17 December 2023
ތި މަޖުލީހަށް ރައްޔަތުން ހޮވާ ރައީސަކު ކެންސަލް ކުރެވޭ ކަމަށް ވަންޏާ ކީއްކުރާ އިލެކްޝަނެއް؟ ތިހެން ވަންޏާ ސަރުކާރުގެ މެޖޯރިޓީން މަޖްލީހުގެ މެމްބަރުންވެސް ކެންސަލް ކުރެވެން ޖެހޭނެ. މިގައުމުގައި ޑިމޮކްރޮސީ މިހިންގަނީ އެއްބަޔަކު އަނެއްބަޔަކަށް ލަނޑުދޭ ފާޑަށް. ކޮންމެހެން ގައުމު ކުރިއަރުވާ ރައްޔަތުންނަށް ޚިދުމަތް ދޭކަށްނޫން.
ހައްމާދު ސާލީމް
17 December 2023
ޝިފާއު މޮޔަ ނުގޮވާ. ރައްޔިތުންގެ ތާއީދެއް ކަލޭމެންނަށް ނެތް.
ބާބް
17 December 2023
ނުވެސް ކުރެވޭނެ.
ފަތީނު
17 December 2023
ރައްޔިތުންގެ އިތުބާރެއް ތި އެމްޑީޕީ މީހުންނަކަށް ނެތް. އެމީހުން ބޭރުކުރެވޭނޭ ގޮތެއް ނޯވޭތަ
ޔައުގޫބު
17 December 2023
އެމްޑީޕީ މީހުންނަށް ހަމަ ގައުމު ގަނޑުބަނޑު ނުކޮޢް ހަމަ ނޭވާއެއް ނުލެވޭނެ
ފެކްޓުު
17 December 2023
މިހާރު އިގިއްޖޭ އަންނި ނޫންކަން މައްސަލައަކީ.