ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދު އަށް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ފުޅަދު އަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ.
އަދި ހިދުމަތުގެ ސަބަބުން ފުޅަދޫގެ އިތުރުން އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދު އާއި ފެހެންދު އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހިތްފަސޭހަ ދަތުރެއްގެ ތަޖުރިބާ ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެ އަތޮޅަށް ސީޕްލޭންގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.