ޚަބަރު / ރިޔާސީ ބަޔާން

ރިޔާސީ ބަޔާން: އަދިވެސް އޮތީ އިގުތިސާދީ ބޮޑެތި ގޮންޖެހުންތައް!

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވަވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވެވިއިރު، އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އިގުތިސޯދީ ދަތިތައް ރާއްޖޭގައި އަދިވެސް އޮތް ވަރެވެ. އެ ހާލަތުން އަރައިގަންނަން ބޮޑެތި، ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން އެ މަނިކުފާނު ފާހަގަކުރައްވަމުން ގެންދެވީ ކަންބޮޑުވުމާ އެކު އެވެ. ކުރިއަށް އޮތީ ދަރަނި އަނބުރާ ދައްކަން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރު ކަމަށް ވާތީ އެއީ ސަރުކާރަށް ކުޑަކަމެއް ނޫނެވެ.

ރައީސް މިއަދު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދަރަނި އަނބުރާ ދައްކަންޖެހޭ ތާވަލާ އެއްގޮތަށް ދެއްކޭނެކަން ކަށަވަރުކުރަން ކަމަށެވެ. އެއާ އެކުއެކީގައި ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަންނާނީ އަޅަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިގޮތުން ބަލާއިރު، ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާން ވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާ ބަލާއިރު ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށް ވާތީ، ސަރުކާރުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މި ވަނީ މަޖުބޫރުވެފައި. މިގޮތުން، ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ދެވޭ އެއްޗަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން މިއަދު ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި

"ފޯރުންތެރިކަން ހުރި ފަރާތްތަކާއި އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން ސަބްސިޑީ ދެމުން ގެންދިއުމުގެ ނަތީޖާއަކަށް ވެފައި ވަނީ، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް އޮންނަ މާލީ ޖާގަ ހަނިވުން."

ރައީސް ވިދާޅުވީ، އިގުތިސާދީ ގޮތުން ފަހި މަންޒަރެއް ފެންނަން އޮތަސް، ދައުލަތުގެ މާލިއްޔާ އަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އާމްދަނީ އާއި ހަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން ވަރަށް މަތިކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ތަދުމަޑުކަމާ އެކު، ބަޖެޓް ޑެފިސިޓް 2020 ގައި 13.5 ބިލިއަން ރުފިޔާ އަށް އިތުރުވި އެވެ.

"ނަމަވެސް، ހިނގަމުންދިޔަ އިސްރާފާއި ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައި ހުރި ގޮތުގެ ނަތީޖާއަކަށް ވީ، އިގުތިސާދީ ހާލަތު ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަވި ނަމަވެސް، ޑެފިސިޓް ކުޑަ ނުވުން. މިގޮތުން، 2023 ވަނަ އަހަރު އިގުތިސާދުގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވި ނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށް ވުރެ ވެސް ފުޅާކޮށް 14.6 ބިލިއަން ރުފިޔާގައި،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަޖިލިހުގެ ރައީސް އަސްލަމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ މަނިކުފާނު ވިދާޅުވީ، ތަރައްގީ އާއި ކުރިމަގަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދޭނީ މާލީ ގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތް ވެގެން ކަމަށެވެ، ވިދާޅުވީ، ދިވެހި ތާރީހުގައި މިއިން ޒަމާނަކު ނުދަރާ ވަރަށް މި ސަރުކާރު އައި އިރު ދައުލަތް އޮތީ ދަރާފައި ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ޑެފިސިޓް ފައިނޭންސް ކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، މިދިޔަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 ޕަސެންޓަށް އުފުލިފަ އެވެ.

"ވޭތުވެދިޔަ ފަސް އަހަރު 8 ބިލިއަނެއްހާ ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމަ އަގު ހިފެހެއްޓުމުގައި މި ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ތަކެތީގެ އަގު އުފުލި، ލާދަ މިވަނީ މަތިވެފައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާ އެކު މަނިޓައިޒް ކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުން،"

އެހެންވެ، ފައިސާ ޗާޕުކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 31 އިން ފެށިގެން ހުއްޓާލާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ކުރީގެ ސަރުކާރުން ސަސްޕެންޑް ކުރި މާއްދާތައް އިއާދަކޮށް، އިގުތިސާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފައިދާވާ އެންމެ ތިން ކުންފުނި

ރައީސް މިއަދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑު ކަމަށެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ އޮތީ އެންމެ ދެ ތިން ކުންފުނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުންފުނިތަކުގެ އިދާރީ ހިންގުމާ މުވައްޒަފުންނަށް ކުރާ ހޭދަ ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައި. އާމްދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާ އިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ބޭރު ފައިސާ ވެސް ނަގައި މާރުކޮށްލާފައިވާ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަން މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު ޝަފީގާއި ޑިފެންސް މިނިސްޓަރު ޣައްސާން ވަޑައިގަންނަވަނީ.----ފޮޓޯ: ނިޝާން އަލީ| މިހާރު

"މިއީ އަދި، މިދިޔަ 11 ވަރަކަށް ހަފުތާގައި އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް،" ރިޔާސީ ބަޔާނުގައި އިގުތިސާދީ މައްސަލަތައް ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިގުތިސާދީ ބޮޑެތި ގޮންޖެހުންތައް ހުއްޓަސް ރައީސް ވިދާޅުވީ، މި ސަރުކާރުގެ "ހަފުތާ 14" ގެ މަގުޗާޓުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތްކުރާނެގޮތުގެ ޕްލޭނެއް ވަނީ އެކުލަވާލާފައި ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރާނީ ރޭވުންތެރިކަމާ އެކު، ދުރުރާސްތާގައި ވެސް ދައުލަތުގެ މާލިއްޔާ އަށް އެންމެ ހިރާސްތައް ކުޑަވާގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

14 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިތާސީއަހަރު

05 February 2024

ތިޔައީ ރިޔާސީ ބަޔާނެއް ނޫން. ތިޔައީ ރިޕޯޓު ދިނުމުގެ ޖަލްސާއެއް. މުޅި ސްޕީޑުގައި ކުރީ ސަރުކާރު ކުރީ ސަރުކާރު. ހަރަދު ބޮޑު ވާހަކަ ދެއްކިއރު ސިޔާސީ މީހުންގެ މުސާރައަށް ކުރާ ހަރަދު މި ސަރުކާރުގައި މަގާމު 100 މިލިއަނަށް ވުރެ އިތުރެު. 300 މިނިސްޓަރުން އެބަތިބި. އަދި ސިޔާސީ އެހެން މަގާމްތަކުގެ އަދަދު ދެނެވޮޑިގެންވަނީ ﷲ

The name is already taken The name is available. Register?

ކޮބާކޮބާ

05 February 2024

ސަބުސިޑީވާހަކަ އެކަނި ނުދައްކާ ކޮބާ އެތަށް ބަޔަކަށްދޭ ޑަބަލް ޕެންޝަން ކޮބާ ވަކި މުއަށްސަސާތަކެއްގަ އުޅޭމީހުންނަށާ އެމީހުންގެ އާއިލާތަކަށް އެއްވެސް ލިމިޓެއްނެތި ރާއްޖޭހެ ހުރިހާ ހޮސްޕިޓަލްތަކަކުން ހިލޭދޭ ބޭސްފަރުވާ ކޮބާ ރައީސްމީހާގެ ސިޔާސީ މަންފާ ހާސިލްކުރުމަށް އުފައްދައިގެން ތިއުޅޭ ބޭކާރު ވަޒީފާތަކަށް ތިކުރާ އިސްރާފު

The name is already taken The name is available. Register?

އިގްތިސާދީ އިހްލާސްތެރިކަން

05 February 2024

ދިވެހިރާއްޖޭގެ އިގްތިސާދު އެހާ ދަށްއިރު ކީތްވެގެންތޯ އެކުވެރި ގައުމުތަކާއި ޖައްސާލައި، ދެމެހެއްޓެނިވި ސިޔާސަތުތައްކާއި ދުރަށް މިދެވެނީ؟ އެއްވެސް ގައުމަކާއި ޖައްސާލުމަކީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތާއި ފުށުއަރާކަމެއްކަން މަނިކުފާނަށް ނޭގެނިތޯ؟ އިގްތިސާދު ކޮޅަށް ޖަހަން އުޅޭ ބައެއްގެ އަމަލުތައް ހުންނަގޮތަކަށް ނޫން މިސަރުކާރުގެ އަމަލުތައް ހުރީ. ބަހާއި، އަމަލު ދިމަލެއްނުވޭ. ސީދަލެއްވެސްނުވޭ.

The name is already taken The name is available. Register?

އިގްތިސާދުގެ ހަލާސްތެރިން

05 February 2024

ތިބުނާ އެކުވެރި ގައުމުތައް މީގެ ތިންމަސް ކުރިން ތިބީ އެކުވެރިންގެ ގޮތުގައެއް ނޫންތޯ؟ ރާއްޖޭގެ އިޤްތިސާދު މިހިސާބަށް އައީ ތިބުނާ އެކުވެރިން ގޮވައިން ނޫންތޯ؟ މި ސަރުކާރު ހަވާލުވިއިރު މިއޮތްހާ ދަރަންޏަކީ ތިބުނާ އެކުވެރިން ދީފައިހުރި ހަދިޔާތޯ؟

The name is already taken The name is available. Register?

ލޮއްލަ

05 February 2024

ޖައްސާލީއެއް ނޫން. އިންޑިޔާއާ ގުޅިގެން އިގްތިސާދު ކުރިޔަށް ނާރާނެކަން ހޭޖޭ މީހުންނަށް ވިސްނެންފެށީ. އިންޑިޔާއިން އާދައިގެ ބޭސް ގުޅަޔަކާ ހަނޑޫ ފިޔާ ބަސްތާއެއް ލިބޭނީ. ބަދަލުގަ ގައުމަށް ވަންނަ ބޭރުފައިސާ އިންޑިޔާއަށް ގައުމުގެ އުފެއްދުންތެރިކަމާ ވަޒީފާތަށްވެސް އިންޑިޔާ މީހުންނަށް. މީބޮޑު އަނދަވަޅެއްކަން މުއިއްޒުމެންނަށް މާކުރިން ވިސްނި އެކަމުން ދިވެހިން ސަލާމަތް ވޭތޯ އެ އުޅެނީ. ކަލޯމެންވެސް ނިކަން ހޭޖެހިބަލަ

The name is already taken The name is available. Register?

ދެކޮޅުނުޖެހޭ

05 February 2024

ރައީސް ދައްކަވާ ވާހަކަ 2 ކޮޅު ނުޖެހޭ. ގާބިލުނޫން ސިޔާސީމީހުން ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަކީ ގައުމީ ސަލާމަތައްއޮތް ނުރައްކަލެއް ކަމުގައި ދެކެން. އެހެނީ މިހާ ތާކުން ތާކު ނުޖެހޭ ރިޔާސީ ބަޔާނެއް އަޑެއް ނާހަން. ސީދާ ދިވެހިރައްޔިތުންނަކީ މޮޔައިންކަމައް ބަލައިގެން ލިޔެވިފައިވާ ބަޔާނެއް. ސަރުކާރު އިސްލާހުވާންޖެހޭ، އިހްލާސްތެރިކަން ހުންނަންޖެހޭ، ދައްކަވާ ވާހަކައާއި އަމަލު ދިމާނުވޭ ފުޅާކޮށް.

The name is already taken The name is available. Register?

ޭދެކޮޅުޖެހޭ

05 February 2024

މިހާ ހަމަޖެހޭ ރިޔާސީބަޔާނެއް އަދި އަޑެއްނާހަން. ދިވެހިންގެ މޮޔަކަން ފިލާނީ އަމިއްލަ މީހާއަށް މާއެނގޭ ކަމަށް ހެދިގަނެގެން ނޫޅެ އިލްމެއް ހޯދަން މަސައްކަތް ކޮށްގެން. ލިޔަންކިޔަން އެނގުމަކީ އެދުރުވުމެއްނޫން. ޓެކްނިކަލް އެސްޕެކްޓަކުން ރައީސްގެ ވާހަކަފުޅު ވަރަށް ފުރިހަމަ. ރައީސް ތިކުރައްވާ ހިތްވަރަށް ޝުކުރިއްޔާ

The name is already taken The name is available. Register?

ކައުންސެލަރު..

05 February 2024

މޮޔައިންގެ އަތަށް ކަނޑި ނުދޭށޭ ބުނަނީ ކަމަކު. މޮޔައެއްގެ އަތަށް ކަނޑި ދިނީމާ ވީގޮތް މިފެންނަނީ. ކޮޅަށް ތިއްބަސް، އަތުގައި އެސް 24 އަލްޓްރާ އޮތަސް، އައި ފޯން 15 ޕްރޯ އޮތަސް ނިކަމެތި ހާލުގަ. ތަނެއްގަ އިށީނދެ ފުންކޮށް ވިސްނާލީމާ އެކަން ފަހުމުވާނެ. ރައީސް މުޢިއްޒު ދިވެހިނަށް ދިވެހިންގެ ދަރަޖަ ހޯއްދަވައި ދެއްވާ!

The name is already taken The name is available. Register?

ވަޓަގީން

05 February 2024

ވިދާޅުވަނީ "އިގުތިސާދީ ގޮތުން ފަހި މަންޒަރެއް ފެނެޔޭ".. ހަމައެޖުމްލައިގައި މި ވިދާޅުވަނީ "ދައުލަތުގެ މާލިއްޔާ އަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އާމްދަނީ އާއި ހަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން ވަރަށް މަތިކޮށް ކަމަށް.."

The name is already taken The name is available. Register?

ވަގަޓީން

05 February 2024

އިގުތިސާދީ ފަހި މަންޒަރު ފެންނަނީ އިންވެސްޓްމަންޓް ތަކުން. އެކަމަކު އިންވެސްޓް މަންޓް ރިޓާން ލިބެން ވަގުތުނަގާ. އެކަމަކު އެރިޓާން ތަކުން ފަހިމަންޒަރު ފެންނަ ވާހަކަ އެވިދާޅުވަނީ . ފިސްކަލް ޑެފިސިޓަކީ މިދިޔަ ސަރުކާރުން ރާއްޖެ ވައްޓާލާފައި ދިޔަ އަނދަވަޅު. 8 ބިލިއަން ރުފިޔާ ޗާޕް ކޮށްލީ އިރު ދިވެހި ރައްޔިތުން ތިބީ ނިދާފަތޯ؟

The name is already taken The name is available. Register?

ބޯހަލާކުޖއ

05 February 2024

ބައްލަވާ ރައީސް، އިގްތިސާދީގޮތުން ތިހާ ބޮޑެތި ގޮންޖެހުން ހުއްޓައި ކީއްވެގެންތޯ ދައުލަތުގެ މާލީއްޔާއާއި ނުބައްދަލު ކަންތައްތަކުރައްވަން ގަސްތުތިކުރައްވަނީ. ބޭކާރު ހަރަދު ކުރާވާހަކަ ތިދައްކަވަނީ އެއްކޮޅުން، އަނެއްކޮޅުން ދަތިވާހަކަ.

The name is already taken The name is available. Register?

ވާހަކަމީ

05 February 2024

ފިސްކަލް ހާލަތާއި އިންވެސްޓް މަންޓް އިޤްތިސާދުގައި އަދާކުރާ ދައުރަކީ ކޮބައިކަން އެނގިލައްވާތޯ؟ ގިނަ ދިވެހިން އިކޮނޮމިސްޓް ހެދިގެން ވާހަކަ ދައްކާއިރު ބޭސިކް އިކޮނޮމިކް ކޮންސެޕްޓްތައް ސާފުނުވާކަމީ މިކިޔާމީހުންގެ ވަގުތު ބޭކާރުވާ ކަމެއް.

The name is already taken The name is available. Register?

ރަނގަޅު

05 February 2024

ބަރާބަރު ފުރަތަމަ ކަމަކަށް މަޖްލިސް ގެ 1000،000 ރުފިޔާ ލިބޭ އެއްވެސް ފަރާތަށް ސަރުކާރު ހަރަދުގަ އެއްވެސް ކަހަލަ ސަބްސިޑީ އެއް ނުދިނުން. އެކަމުގެ ސަބަބަބު ކޮންމެ ރައްޔިތެއްގެ ޖީބަށް ވެސް އިނގޭނެ. މިކަމާ ދެކޮޅުހަދާ ކޮންމެ މީހަކީ މަޖްލިސް މެމްބަރެއް.

The name is already taken The name is available. Register?

ޙިޝަމް

05 February 2024

އިގުތިސާދީ ބޮޑެތި ގޮން ޖެހުން ދިމާވާނެ. ރައްޔިތުން ފައިސާ ފަހަށް ރައްކާ ކުރޭ.ބޭކާރު ފައިސާ އިސްރާފު ނުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454