ޓެކްނިކަލް މައްސަލައެއް ދިމާވެ ދިރާގުގެ އިންޓަނެޓްގެ ހިދުމަތަށް މިއަދު ބުރުއަރައިފި އެވެ.
ދިރާގުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ނެޓްވޯކުގެ ހިދުމަތް ބޭނުންކުރާ ބައެއް ކަސްޓަމަރުންނަށް މޯބައިލް އިންޓަނެޓާއި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަށް މާފަށް އެދެން އަދި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ނެޓްވޯކުން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.