ބާވެފައިވާ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލަން، އަހަރަކު ދެ ފަހަރު މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް އަހަރަކު ދެ ފަހަރު އެ ސިޓީ ކައުންސިލަށް ބަލައިގަނެވޭނެ ގޮތްތައް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް، މި އަހަރުގެ ފުރަތަމަ ބުރަށް ވަނީ ހުޅުވާލައިފަ އެވެ.
ކައުންސިލުން ބުނީ، ގޭގެ އިން ގެންދާ އެފަދަ ލިޔުންތައް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އާއްމު ހިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނަށް ހަވާލުކުރެވޭނެ ކަމަށެވެ.