ޚަބަރު / މަރުވެފައިވާ ހަށިގަނޑު

މަރުވެފައި އޮއްވައި ފެނުނީ ޑްރަގްގެ މައްސަލައެއްގައި 25 އަހަރުގެ ޖަލުހުކުމެއް ކޮށް، ދޫކޮށްލާފައި ހުރި މީހެއް!

ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން އިއްޔެ ހަރަކާތްތެރި ވަނީ -- ފޮޓޯ: ހަފްސީ އަބްދުﷲ

ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވައި އިއްޔެ ހަވީރު ފެނުނު މީހާ އަކީ 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މާފު ދީ، ދޫކޮށްލާފައި ހުރި މީހެއްކަން އެނގިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓުން ފެނުނީ ގދ. ހޯނޑެއްދޫ، ހައްމާދު ސައީދު، 30، އެވެ.

އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހައްމާދު ދިރިއުޅެނީ އޭނާގެ އާއިލާއާ އެކު މާލޭގައި ކަމަށެވެ. އެއީ މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ހޯނޑެއްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ދިރުވާލައިގެން ރާއްޖެ އަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް އެއާޕޯޓުން ހައްމާދު އަތުލައިގަނެ، 25 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ކަމަށާއި އޭނާ ދޫކޮށްލީ މިދިޔަ އަހަރު ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުން ކަމަށެވެ. އެއީ އެއްވެސް ބަޔަކު ދިރިނޫޅޭ އެޕާޓްމެންޓެއް ކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މަރާ ގުޅޭ އިތުރު މައުލޫމާތުތައް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެއީ ކާކު ކަމާއި އެޕާޓްމަންޓު ބަލައި ފާސްކުރަން ޖެހުނު ސަބަބު ވެސް ފުލުހުން ނުބުނެ އެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ހައްމާދުގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އޭނާ މަރުވެފައި އޮންނަތާ ތިން ދުވަސް ވެފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

ފުލުހުން ވަނީ ހައްމާދުގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ނިންމައިފަ އެވެ. އާންމު ގޮތެއްގައި މިފަދަ މަރުތަކުގައި އޮޓޮޕްސީ ހަދަނީ ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

15 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 23%
icon angry icon angry 0%
icon wow icon wow 31%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުނޑުހަސަނު

15 May 2024

މިގައުމުގެ ސިޔާސީ މީހުންގެ އަމިއްލަ އެދުމާހުރެ މުޅި ގައުމު ހަލާކުވެގެން މިދަނީ. ޑްރަގް އެތެރެކުރުމާއި ޑްރަގް ވިއްކުމާއި ރޭޕްކުރުމާއި، މީހުން މެރުމާއި، ގްރޫޕް މާރާމާރީއާއި ބޮޑެތި ވަައްކަމާއި، މުދަލަށް ގެއްލުންދިނުންފަދަ ކުުށްތަކުގައި ޙުކުމް ތަންފީޒުކިރާ މީހުންގެ އަދަބު ލުއިނުކުރެވޭގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ. އަދަބު ލުއިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި އޮންނަ ބާރަކަށް ވެގެން ނުވާނެ. ޤައުމު އިސްކުރަން އެެބަޖެހޭ.

The name is already taken The name is available. Register?

ހުދުހުދާ

15 May 2024

ތިޔަ ވާހަކަތައް ވަރަށް ރަނގަޅު. އެކަމަކު ވޯޓްއަކާއި ޖެހުނީމައި ދެން އެ ވާގޮތެކޭ ސަކަރާތްވަނީ. މައުމޫންގެ ދައުރު ނިމުނު ފަހުން ކޮންމެ ވޯޓްއަކާއި ގުޅިގެން މިކަން ތަކުރާރު ވަނުން ދާތަން ފެނޭ.

The name is already taken The name is available. Register?

އައްޔޫބީ

14 May 2024

ޑްރަގް ވިޔަފާރިކޮށް މުޖުތަމަޢަށް ގެއްލުން ދީ އުޅުނު މީހެއް ވެރިއަކަށް ހުރި މީހެއް ވޯޓް ހޯދުމުގެ ބޭނުމުގައި ދޫކޮށްލީ ކަމަށް ބެލެވެނީ، މިފަދަ މީހުންނަށް އަޅުގަނޑުމެން އޮންނަންޖެހޭ ސިމްޕަތީއެއް ނެތް،

The name is already taken The name is available. Register?

ާއަލިމޯޑު

14 May 2024

އުމުރުން 30 އަހަރުގެ މީހެއް.25 އަހަރުގެ ޖަލު ހުކުމެއްގަ ހުއްޓަ އިބޫ ސޯލިހު މައާފް ދީ ދޫކޮށްލީ.މިހުރީ މިރާއްޖޭގެ އަދުލު އޮތްގޮތް.އިބޫގެ ވެރިކަމުގަ އަހަރެންގެ ބޭބެއަކަށް ހުކުމް އައީ ގެވެށި އަނިޔާ އޭނަގެ އަންހެނުންނަށް ކޮށްގެން.އަނިޔާ ކުރިފަހުން އަންހެން މީހާ އެމައްސަލަ ދޫކޮށްލީމަވެސް ޖެންޑާއިން އެއީ ގެވެށި އަނިޔާއޭ އެހެންވީމަ ދުލެއް ނުކުރާނަމޭ ބުނެ ހުކުމްކުރީ 18 މަހަށް ޖަލަށްލުމަށް.އިބޫ އެހުކުމް ލުއިކޮށް ނުދީ ހިފެހެއްޓިއޭ އަޅެ

The name is already taken The name is available. Register?

ޏޖޖޖޖ

14 May 2024

އަނިޔާ ކުރާމީހުނެއް ބަދަލެއް ނުވާނެ

The name is already taken The name is available. Register?

ބަލަގަލަ

15 May 2024

އަނިޔާ ކުރީމަ އަނިޔާ ލިބުނު މީހާ މާފު ކުރިޔަސް ދައުލަތުން މާފު ދޭކަށް ނުޖެހޭ. ބޮޑެތިސިންގާ މީހުން އެހެން މީހުނަށް އަނިޔާ ކުރަމުން ދުވަންޏާ އަދަބު ދީފަ ބަހައްޓަންވީ. ކޮންފަދަ ކަމެއްތަ މީ؟

The name is already taken The name is available. Register?

ހެޔޮދުޢާ

14 May 2024

މަރްޙޫމް ޙައްމާދު ސަޢީދު ގެ ފާފަ ފުއްސަވައި ކަށްވަޅު ތަނަވަސް ކުރައްވައި ޖަނަތުލް ފިރްދައުސް ގައި ލެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން

The name is already taken The name is available. Register?

ގޮއްޔެ.

14 May 2024

25އަހަރުގެ ޖަލުހުކުމެއްގައި ހުރިމީހަކު ޤައުމުގެ ވަލިއްޔުލްއަމްރު ދޫކޮށްލީ ހާދަހާ ދީލަތިފުޅުވެގެންނޭ ހިތަށްއަރާ. އިބޫޞޯލިޙް ވެރިކަމުން ފައިބައިގެން ދަމުންވެސް ޤައުމަށް ހާދަހާ ބޮޑެތި އަނިޔާތަކެއް ދީފިއޭ ދޯ! މުޅި ޤައުމުވެސް ލަތުވެތިވާންޖެހޭފަދަ ކަންތައްތައް މިހުންނަނީ.

The name is already taken The name is available. Register?

ބަގަރ

14 May 2024

ބަނޑޭރިކޮށީގެ މީހުން ނޫޅޭތަނަކަށް ކޮންމެ ކޮންމެ މީހަކަށް ވަދެވޭ ގޮތައްތަ ހުންނަނީ؟ އަޖައިބެއް ނުވާނެތަ؟

The name is already taken The name is available. Register?

ތުނޑުހަސަނު

15 May 2024

ބޮޑެތި ކުންފުނިތަކުގެ ތިޖޫރީތައް ގެއްލެނޭ އެންމެންނަށް ވަދެވޭގޮތަށް ހުރެގެންތަ.

The name is already taken The name is available. Register?

އަފުން

14 May 2024

އިބްރާހީމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ލައްކަ ޖަރީމާ ހިންގައިފަ އެބަހުރި ދޯ.

The name is already taken The name is available. Register?

އަސްލު...

14 May 2024

ދޫކުރިފަހުންތަ ފަޅުގެއަކުން ފެނުނީ ؟؟؟؟؟!!!!

The name is already taken The name is available. Register?

ބަރުބާދު

14 May 2024

ނޫނޭ ޖަލުގަހުރި ފަޅުގެއަކުން ފެނުނީ!!!!

The name is already taken The name is available. Register?

އަސްލުގެ ބަފާ

15 May 2024

ޖަލުގަ ހުރި ފަޅު ގެއެއްގެ ކޮޓަރިއެއް.

The name is already taken The name is available. Register?

ފޭދޫ އަހުމަދު ކަލޯ

14 May 2024

ދިވެހި ރައްޔަތުން ނައް އޮތީ ބަދުނަސީބާ ދެރަ ގޮއްތައް މި ގައުމުގަ. ވަޒީފާ ތަކައް ރިސޯޓް ކުންފުނި ތަކުން ވަޒީފާ ބޭރު މީހުންނައް ހަމަ ޖެހިގެން ދަނީ ވައިބާ އިން އުޅޭނެ ތަނާ ހެޅްތު އިންސުރެންސާ އެކީގަ. ދިވެހިން ގެ ވެރި ރަށު ގަ ދިވެހިން ގިނަ ވާހަކަ ވެރި ރަށު މީހުން ދައްކާ އިރު 2ލައްކަ ބިދޭސިން ވެރި ރަށު ގަ ތިބޭކަން ބަޔަކައް ނޭގެނީތޯ؟ ކޮންމެ ދުވަހަކު ބިދޭސީ އަކު ދިވެއްސެއް ގެ ގައިގާ މާރާމާރީ ހިންގާ ވިޑިޔޯއެއް ސޯޝަޅް ޕުލެޓްފޯމުން ފެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454