މަރުވެފައި އޮއްވާ އައްޑޫ، ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން އިއްޔެ ފެނުނީ ވޯކްވިސާގެ ދަށުން ރާއްޖޭގައި އުޅެމުން އައި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ. 

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މަރުވެފައި އޮއްވައި އެ މީހާ ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެގެ ހަވީރު 4:41 ހާއިރެވެ. 

އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް ވެސް އެދުމަށް ފަހު، ފުލުހުން ރޭ ބުނީ، އެއީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ މީހެއްކަން ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

އުމުރުން 60 އަހަރުގެ އެ މީހާ މަރުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.