އެމްޕީއެލްގެ ބަނދަރު ސަރަހައްދުގައި އިއްޔެ ހަވީރު ކޮޅުވެއްޓި ބަންޑުންޖަހާޅުމާ އެކު މީހުން ސަލާމަތް ކުރަން ސިފައިން އެހީތެރިވަނީ.
18 ޑިސެމްބަރ 2025 - 15:41
މަރުވެފައި އޮތް މީހަކު ގުޅީފަޅު ކައިރި ކަނޑުމަތިން މިއަދު ފެނިއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާބާ
18 December 2025
ތީ އަނެއްކާ އުކުޅަހުން ގެއްލިގެން އުޅޭ ރަޝިޔާ މިހާތަ؟
ަސދފގހ
18 December 2025
އެއީ އުކުޅަހުން ގެއްލުނު ރަޝިޔާ މީހާ
ކޮރަލް
18 December 2025
އަބަދުވެސް ތަހުގީގު ކުރާތީ އިތުރު ނައުލޫމާތު ދެވޭކަށް ނެތެވެ .
ރަދީފްއޮފިޝަލް /
18 December 2025
ކާކު؟
މުޙައްމަދު123
18 December 2025
ކާކުކަން އެނގޭނަމަ ދެން ބުނަންވީނު. މިފަދަ އެހެން މައްސަލަތަކުގައި ވެސް މަރުވާ މީހާގެ ގައުމާއި ރަށާއި ނަންވެސް ބުނޭ