އިއްޔެ އިރުއޮއްސުނު ފަހުން ހުޅުލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައިވާ އޮއްވާ މިއަދު ފެނިއްޖެ އެވެ. 

އެމްއެންޑީއެފުން ބުނީ ހުޅުލޭ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔަކު ހޯދަމުން ދަނިކޮށް، ސީޕްލޭން ޓާމިނަލްގެ ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށެވެ.

މަރުވެފައިވާ އޮއްވާ ފެނިފައިވަނީ، އިބްރާހިމް ޝާކިރު (48 އަހަރު) ކ.ގުރައިދޫ / ރަތްވިލާގެ އެވެ. 

އެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އެއާޕޯޓްގެ ރެސްކިޔު ޓީމު ވެސް ބައިވެރިވި އެވެ. 

މެރިން ޕޮލިސް އިން ބުނީ އެ މީހާގެ ހަށިގަނޑު ފެނުނީ ހުޅުމާލެ ފަޅުތެރޭގެ އަޑިން ކަމަށެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.