ދުވާރުމަތީގައި ވެހިކަލް ޕާކްކުރުން ހުއްޓުވަން ބޮލާޑް ޖަހަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، ކާރު ފަދަ އުޅަނދުތައް ޕާކްކުރުން ހުއްޓުވަން މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ނުވަތަ ޕާކް ނުކުރެވޭ ގޮތަށް ދަގަނޑު ޖަހަމުން އަންނަ ކަމަށެވެ. އެކަން ކުރާނީ ދުއްވަން އަދި ހިނގަން ވެސް ދަތިނުވާ ތަންތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން މިހާރު އަންނަނީ ސަލްޓަންޕާކު ކުރިމަތީގައި އޮންނަ ދުވާރުމަތީ އަދި ލޮނުޒިޔާރަތް މަގުގައި ބޮލާޑް ޖަހަމުންނެވެ.
މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ޖަހަން ފެށިއިރު، މަގުމައްޗާއި ދުވާރު މަތީގައި ކާރާއި ޕިކަޕް ޕާކްކުރުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ، އާއްމުންނަށް ހިނގައިބިނގާވެ އުޅުމުގައި ދަތިތައް ކުރިމަތިވެފައި ވެ އެވެ.