ޚަބަރު / މުހައްމަދު އާރިފް (ބަކާ)

ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

25 ޖޫން 2024 - 18:06

24 comments

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސް ވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ދެންމެ ނިޔާވެއްޖެ އެވެ.

އުމުރުން 38 އަހަރުގެ ބަކާ ވަނީ، މިދިޔަ ހައްޖު މޫސުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ދެއްވި ހައްޖު ދަތުރެއްގައި، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ހަވާލުގައި ދިޔަ ހައްޖާޖީންގެ ވަފުދުގައި ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.

އޭނާ މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް އައިސްގެން އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭޑީކޭ އަށް އޭނާ ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

އައްޑޫ ހިތަދު އަށް އުފަން ބަކާ ފުޓުބޯޅައިގައި ވިދަން ފެށީ އެ ރަށުގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އައިއެފްސީންނެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައި 2004 ގަ އެވެ.

ބަކާގެ ގާތް މީހަކު ބުނީ، އޭނާގެ ފުއްޕާމޭގައި ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައިވާ ކަމަށް ހެދި ބައެއް ޓެސްޓްތަކުން ދައްކާ ކަމަށެވެ. އޭޑީކޭ އަށް އޭނާ ގެންދިޔައީ ޖެހުނު ގަދަ ހުމުގައި ގައިން ވަރު ދޫވުމުންނެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ.

މިޔަންމާ ލީގުގެ ކޭބީޒެޑް އެފްސީ އަށް ވެސް 2015 ގައި ކުޅުނު ބަކާ، ވަނީ އެ އަހަރު އެ ގައުމުގެ ލީގުގެ ދެވަނަ އެ ކްލަބުން ހޯދި އިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ޓޮޕް ޑިވިޝަނުގައި އެންމެ ފަހު ދެ ސީޒަންގައި އޭނާ ކުޅެފައެއް ނުވެ އެވެ. އެއީ އަނިޔާ އާއި ފިޓްނަސް މައްސަލަތަކުގެ ސަބަބުންނެވެ. ނަމަވެސް ބަކާ އޭރު ބުނީ ކުޅުން ހުއްޓާ ނުލާ ކަމަށެވެ.

ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) އައިއެފްސީ އަށް ބަދަލުވެ، އެ ކްލަބުން އޭނާ ފުރުސަތު ދިން ޒުވާން ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެ އެވެ. އޭނާ އަށް ވަނަމަކަށް، ބަކާގެ ނަން ހަރު ކުރީ ވެސް މާއްޓޭ އެވެ. އެއީ ވިކްޓަރީ އޭގެ ކުރިން ކުޅުނު ބަކާ ކިޔާ ބިދޭސީ މިޑްފީލްޑަރެއްގެ ނަމަށް ނިސްބަތްކޮށް، މާއްޓޭ ދިން ނަމެކެވެ.

ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ރާއްޖޭގެ ޓީމުގައި ވެސް އޭނާ ހިމެނުނެވެ. އެ ޓީމުގައި ހިމެނުނު އެންމެ ދޮށީ ކުޅުންތެރިޔަކީ ބަކާ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ކްލަބް އީގަލްސް އަށެވެ. އެއީ 2021 ގެ އޭއެފްސީ ކަޕް ކޮލިފައިން ބުރުގެ އެންމެ ފަހު މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ.

އޭނާ ވަނީ "ހަވީރު" ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2010 ގައި ހޯދާފަ އެވެ. ބަކާގެ އަމިއްލަ ފުޓްބޯޅަ އެކަޑަމީއެއް ވެސް ހއ. ދިއްދޫގައި 2019 ވަނަ އަހަރު ހުޅުވި އެވެ.

24 ކޮމެންޓް, 127 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 98%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަންބެ2

25 June 2024

‎إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

The name is already taken The name is available. Register?

ާަޮޮިިުެއަހްމަދު ދީދި

25 June 2024

މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި، އާމީން!

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

25 June 2024

ހައްޖުގެ އަޅުކަން ނިމުނުތާ ދޮޅުހަފްތާ. މަރުހޫމުގެ ފުރާނައަށް ރަޙްމަތްލައްވާށި. އާމީން.

The name is already taken The name is available. Register?

ސަފިއްޔާ

25 June 2024

ހައްޖުގެ އަޅުކަމަށް ލާސްޓް ރިޒޯޓެއްގެ ގޮތުން ނުވަތަ ޝިފާ ލިބޭތޯ ބޮޑެތި ބަލިތަކުގައި އުންމީދެއް ނެތް އެތަކެއް ބަޔަކު ދޭ. އެފަދަ ބަލިތަކުގެ ތެރޭ ގައި ްގަޔަށް އަރާ ނުރައްކާތެރި ބަލިތައް ވެސް ހިމެނޭ. އެހެން ކަމުން މިކަމަށް ސަމާލުވެ ހައްޖަށް ދިއުން މުހިންމު. އަދި ހައްޖަށް ދިއުމުގެ ކުރިންނާއި އަނބުރާ އައުމުން ޕަބްލިކްހެލްތުން މަޖުބޫރު ޓެސްޓްތަކާއި ކޮރަންޓީން ޕްރޮސީޖާތައް އެކުލަވާލަންޖެހޭ. ހައްޖު ރޯގާ އޭ ކިޔާފަ ތިއްބަކަސް ނުވާނެ.

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

25 June 2024

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

The name is already taken The name is available. Register?

މޮހޮންދު

25 June 2024

‎إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، ‎މާތް ﷲ އާރިފްގެ(ބަކާ) ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن یارب العالمين

The name is already taken The name is available. Register?

މާއްޓޭދިންނަމެއްނޫން

25 June 2024

ބަކާއަކީ މާއްޓޭ ދިން ނަމެއްނޫން. އަހަރެމެންނާއެކީ ކުޑައިރު ސްކޫލްގަ އުޅުނުއިރު ވެސް ބަކާއޭ ކިޔަނީ އޭނައަށް. މާލޭމީހަކު ދިން ނަމެއް ނޫން އެއީ

The name is already taken The name is available. Register?

މޮހޯ

25 June 2024

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ!

The name is already taken The name is available. Register?

ނަންނިީ

25 June 2024

ﷲތަޢާލާ މުޙައްމަދު ޢާރިފުގެ ފާފަ ފުއްސަވައި ހެޔޮ ރަޙުމަތް ލައްވާށި. އޭނާ އަދާކުރި ޙައްޖުގެއަޅުކަން ޤަބޫލުކުރައްވާށި. ލޮބުވެތި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

The name is already taken The name is available. Register?

އިހްސާސް

25 June 2024

ނިމިދިއުންވަނީ މާތްﷲ ގެ ހަޟްރަތަށެވެ. މައްޔިތާއަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގެ ދެއްވާށި.. އާމީން..

The name is already taken The name is available. Register?

ޢަލީ ނަސީ

25 June 2024

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ ! آمیـــــن يارب العالمين.?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454