ޓްރާންސްޕޯޓު މިނިސްޓަރު އަމީން (މ)، ދުބާއީގެ އާރުޓީއޭގެ އިސްވެރިންނާ ބައްދަލުކުރައްވަނީ.-
28 ޖޫން 2024 - 18:07
މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓު އޮތޯރިޓީ (އާރުޓީއޭ) އާ ބައްދަލުކޮށް، މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށެވެ.
އަމީން ވިދާޅުވީ ރާއްޖޭގައި އެ މަސައްކަތް ކުރަން އާރުޓީއޭއިން ޓެކްނޮލޮޖީ އެހީތެރިކަން ފޯރުކޮށްދޭނީ އެއްބަސްވެފައިވާ ފްރޭމް ވޯކެއްގެ ދަށުން ކަމަށެވެ.
އާރުޓީއޭގެ ޓެކްނޮލޮޖީ އަދި ތަޖުރިބާގެ އަލީގައި މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
We had a productive meeting with RTA Dubai today and discussed decongestion plans for Greater Male’. RTA will provide technological assistance under an agreed framework plan. The collaboration will focus on mitigating traffic congestion through technologies and expertise from RTA… pic.twitter.com/51vp8tHdor
— Mohamed Ameen (@ameen3d) June 27, 2024
ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު އަމީން ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލް ގިނަވެ، ޓްރެފިކް ތޮއްޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ، އެކަން ހައްލުކުރުމުގައި ނަމޫނާ ދައްކާފައިވާ ޔޫއޭއީ ނަވަތަ ސިންގަޕޫރު ފަދަ ގައުމަކުން ބައިލޭޓްރަލްގެ ދަށުން އެކްސްޕާޓުން ގެނެސް، ރާއްޖޭގައި ބައިތިއްބައިގެން މުޅި މައްސަލަ ދެނެގަތުމުގެ އެހީއަށް ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ވިދާޅުވި އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
01 July 2024
ހޫން! ޓައިމާ ލާފަ ފެންނަން ޓްރެފިކް ބައްތި އަދިވެސް ގިނަ ކުރަން ފެނޭ. މާލެ އަށް އެތެރެ ކުރާ ވެހިކަލްތައް އެއްވެސް ވަރަކަށް މަދު ނުކޮށް މިކަން ހައްލުވާނެ އޭރަށް. ދެން ތިއުޅެނީ ސިންގަޕޯރގަ ކޮންޖެސްޝަން ޗާޖު ކުރެއޭ ކިޔާފަ މިތަނަށް އެ ގެންނަންތަ؟ މާލޭގަ ފަސޭހައިން ހިނގާފަ އުޅެވޭގޮތަށް މަގު ފަރުމާކޮށްބަލަ. މިއީ މާ ބޮޑު ތަނެއް ނޫން އަދި ބަސް ދުއްވަންވެސް.
ވގ13
30 June 2024
މާލޭގަގުއްވާވެހިކަލްތަކުންބައެއް ވެހިކަލް ދުބާއީގަދުއްވަނީ
ޚސކސކކސ
29 June 2024
ޕާކުކުރަން ދުބާއީއަށްދޯ
ޝަޒްރާ
29 June 2024
ބަނގުލަދޭޝްގެ އެހީގައި ކޮންމެވެސް މިންވަރަކަށް ޓްރެފިކް ކުޑަކުރެވިދާނެ. ގަވާއިދާ ހިލާފަށް އުޅޭ މީހުން މަގުމަތީ ދުންއަރުވަމުން ގޮނޑަށްލާންޖެހޭ ސައިކަލުތަކުގައި އުޅޭއުޅުން ހައްލުކުރެވޭނެ އެމީހުން އަބުރާ ގައުމަށް ފޮނުވީމަ
ރައުޔު
29 June 2024
މިގައުމުގެ ފުލުހުންނަކަށް ތިކަމެއް ނުވާނެ، ދުބާއީ އިން ހީވާގި ފުލުހުން ގެންނަން ޖެހޭނީ،
ޝަފީޤު
29 June 2024
މިޤައުމުގަ ޖެހިގެން އުޅެނީ ޓްރެފިކް މައްސަލައެއް ނޫޫން، މިޤައުމުގައި ނޫނީ މަގުމަތި އެއީ ގަރާޖެއްގޮތަށް ދާއިމީ ޕާކިންގ އެއް އޮތްތަނެއި އޮންނަ ޤައުމެއް އޮންނާނެއެކޭ ހިޔެއްނުވޭ މިޤައުމަށް ބޭނުންވެގެން މި އުޅެނީ ޕާކްކުރަން މަގުމަތި ނޫންތަނެއް ދައްކާނެ ވެރިކަމެއް މަގުމަތި ނޫންތަނެއްގައި ޕާކްކުރެވޭނެ ގޮތެއް ވެއްޖެނަމަ ޓްރެފިކް މައްސަލަ އެއްކޮށް ޙައްލު ކުރެވުނީ
ދުބާއި
29 June 2024
ދުބާއީއަށްގޮސްސަ ހުރި މީހަކަށްވިއްޔާ އެގޭނެ އެތާނގެ ޓްރެފިކް ހާލަތު. ޖޯކެއް
ހުތްއާދަނު
29 June 2024
ވެހިކަލް އެތެރެކުރުން ނުހުއްޓުވާ ތިކަމެއް ނުވާނެ،
ގަމާރީން
29 June 2024
މިޔަށް ކޮމެންޓް ކޮށްފަތިބި ގިނަ މީހުނަށް ލިޔެފަ އޮތް އެއްޗެއް ގެޓްވާވަރު ތަތްކަމެއް ނެތީތަ؟ ބުނެފަ އެޔޮތީ ސިޗުއޭސަން އެނަލައިސިސްއެއް ހަދާފަ ހައްލަކީ ކޮބައިތޯ ބަލާވާހަކަ. ކުރަން ޖެހޭ ކަންކަން ފާހަގަވީމާދޯ ހައްލު އިންގޭނީ. ހިތު މިސާލަ ޔޯލަޔަށް ކަންކަން ނިންމާތީއޭ މިގައުމުގައި ކަމެއް ރަގަޅު ނުވަނީ
ގުރޭޓާމާލެ
29 June 2024
ހުރިހާ މިނިސްޓަރުންތަކާއި ބޮޑުންތައް އެމްޑީއިން (ގިނަފަހަރަށް ފައުޖު ހަދާފައި) ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރާތަން އަބަދު މިފެންނަނީ. ކޮންމެހެން ދާން މަޖްބޫރުވާ ތަނަކަށް ނޫނީ ދަތުރުކުރުން ހުއްޓާލަނިކޮށްވެސް އަހަރަކު މަދުވެގެންވެސް 500 މިލިއަން ރ. ސަލާމަތް ކުރެވޭނެކަން ނޭނގެނީތަ؟ ޓެކްސް ކަހަލަ އެއްޗެހި ބޮޑުކުރަން ވިސްނާއިރު ތިމާމެންގެ އަމިއްލަ އިޚްލާސްތެރިކަން ވެސް ރައިއްޔަތުންނަށް ދައްކަން ޖެހޭނެއެވެ. ބޮޑު ސޯބުތައް ފުރަތަމަ އެނބުރެން ފަށާށެވެ.