ޚަބަރު / މާފުށީ ޖަލު

ޖަމީލް ނިޔާވީ ސަޖިދައިގައި އޮއްވައި، ތަހުގީގު ކުރަން ޕޯސްޓްމޯޓަމް ހަދަނީ

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ގައިދީއަކު ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށާއި އެ މަރުގައި އިހުމާލެއް އޮތްތޯ ބަލަން ޕޯސްޓްމޯޓަމް ހަދަން އަންގާފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، ނިޔާވެފައި އޮއްވައި ފެނުނީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ.

ނަމަވެސް، ޖަމީލް ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމާއި ފަރުވާ ދިނުމުގައި ވެސް އިހުމާލުވައިވާ ކަމަށް ބުނެ، ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޖަމީލްގެ މޫނުމަތީގައި ނޫފައިގެންފައިވާ ތަނެއް ހުރުމުން އެއީ އަނިޔާއެއްގެ ނިޝާން ކަމަށް ބުނެ ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ.

އެ ޝަކުވާތަކާ ގުޅިގެން އިހުސާން، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަލުގައި ކޮންމެ ގައިދީއަކު މަރުވިއަސް، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އިން އެ ކަން ހިނގައިދިޔަ ގޮތުގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. ޝައްކު އުފެދޭ ކަމެއް އުޅޭ ނަމަ އެޗްއާރުސީއެމުން ވެސް މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިރޭ ފަތިސް ނަމާދަށް ފަހު ޖަމީލް ވަޅުލަން ނިންމާފައިވަނިކޮށް، ހޯމް މިނިސްޓަރު ވަނީ އާއިލާގެ ހުއްދައާ އެކު، އޭނާގެ ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވައިފަ އެވެ.

އިހުސާން ވިދާޅުވީ ޖަމީލް އެންމެ ފަހު ވަގުތު ނަމާދުކުރާ ތަން، އެ ގޮޅީގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. ޖަމީލްގެ ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި މައްސަލަ ތަހުގީގުކުރާ ހުރިހާ އިދާރާއަކަށް ސީސީޓީވީ ފުޓޭޖުތައް ހިއްސާ ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމަށް ފަހު ވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެގެ މެންދުރު 12:13 ގަ އެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގަ އެވެ.

ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އައި ޖަމީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވަޅިން ހަމަލާ ދީގެން ވެސް ހައްޔަރުކުރި މީހެކެވެ. އޭގެ ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަމުން ދަނިކޮށް، މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައި ވެ އެވެ.

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 40%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރ

30 June 2024

ސިޔާސީ ފަރާތްތަކަށް ފިތުނަ އުފެއްދުމުގެ ފުރުސަތު ސަރުކާރުން ނުދެއްވާނެކަމަށްް އުންމީދުކުރަން.

The name is already taken The name is available. Register?

އަހަރެން

29 June 2024

މައްޔިތާއަށް އަނިޔާނުދީ އަވަހަށް ވަޅުލުމަށް އެދެން. ތިޔަ ޕޯސްޓްމޯޓަމްގެ ނަތީޖާ އަހަރެމެންނަށް މިހާރުވެސް އެބަފެނޭ. ނަތީޖާ ބުނާނީ މަރުވީ ގުދުރަތީ މަރަކުން ކަމަށް. މިވީހިސާބަށް ހެދިއެއްވެސް ޕޯސްޓްމޯޓަމަކުން މިނޫންނަތީޖާއެއް ފެނިފައިނެތް. އީވާން ނަސީމުގެ ޕޯސްޓްމޯޓަމް ހެދިނަމަހީވެސް ނަތީޖާ އަންނާނީ ހަމައެގޮތަަށް. މައްޔިތާ އެތައްތަނަކުން ފަޅާކުދިކުދިކުރުމަށްވުރެ އަވަހަށް ވަޅުލުން ރަނގަޅުވާނީ. އިރާދަކުރެއްވިއްޔާ ރީތިމަރެއް. ފާފަފުއްސަވާ ޢަފޫކުރައްވާށި.

The name is already taken The name is available. Register?

ބްރޭކިނގ

29 June 2024

ވަޅުލަން އުޅެނިކޮށް އާއިލާ މީހުން ހަޅޭއްފަޅޭއް ޖަހައިގެން އެކަން ހުއްޓުވައިފި ފަތިހު ހުޅުމާލޭގަ.

The name is already taken The name is available. Register?

ކޮންބުރޭކިން އެއް

30 June 2024

އާއިލާ ކޮބާތަ މަގުމަތީ އެބޭފުޅާ ވަޅި ހިފައިގެން އުޅުން އިރު؟

The name is already taken The name is available. Register?

1828

29 June 2024

ތަހުޤީޤްކުރަންވީ މަރުގެ މައްސަލައެއް ނޫން. ތަހުޤީޤްކުރަންވީ ޝަރިއަތް ނުނިމި ލަސްވީ ކީއްވެގެން ތޯ؟ އެ މަރުހޫމަށް އިންސާފް ހޯދައިދިނުނަށް ފެއިލްވެފައިވަނީ ދައުލަރުގެ ކޮންކޮން މުއައްސަސާއަކުން ތޯ ބަލައި، ދެންވެސް އެފަދަ ކަމެއް ތަކުރާނުވާނެ ގޮތަށް އިންތިޒާމް ބަދަލުކުރަނީ ކޮން ދުވަހަކުން ތޯ ބަލަންވީ. އަދި އިހުމާލުވި ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅަންވީ. އެކަން ނުކުރެވިގެން މިއުޅެނީ.

The name is already taken The name is available. Register?

އޮނަވިހި

29 June 2024

ކުށްކުރުން ގިނަވެގެންފި މައްސަލަތަށް ލަސްވެފައި ސާބިތުނުވެ ހުސްތަނުން ނިމެންފެށީމާ! ދެން އެކިކުށަށް ޚާއްޞަ ކޯޓްތަކާ މެޖިސްޓްރޭޓް ކޯޓުތަކާ ގިނަކޮށް ގާޒީންތައް ގިނަވެފައި އިހުނަށްވުރެ ޕްރޮފެޝަނަލް ވެއްޖެ! ދެން ޢުންސުރުތަކާ ޝަރްޠުތައް ގިނަ ގާނޫނުތައް އުފަންވެ ސީރިއަސް ޖަރީމާތަކުން މުޖްތިމުން މޮޅުވެއްޖެ! ދެންވާ ހެސްކިޔާފައި ޖަރީމާތަށް އިތުރުވެ ޖޯޓުކުގައި ޓްރެފިކް ޖޭމްވެއްޖެ. މިހާރު މިއީ މަދަނީމީހުންގެ ރާއްޖެއެއްނޫން! މުޖުރިމުންގެ ރާއްޖެއެއް!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454