ގއ. ވިލިނގިލީގައި އަންހެނއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު ވިލިނގިލީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ.

އަނިޔާވެފައިވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.