ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު: އޭނާ ޕާކިސްތާނަށް ބަދަލުކުރަން ވަނީ ފާސްކޮށްފައި.
30 ޖޫން 2024 - 13:52
ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނަށް ބަދަލު ކުރަން މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.
އޭނާ ޕާކިސްތާނު ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 82 ވޯޓު ދެއްވި އެވެ.
ތޯހާ ސައުދީ ސަފީރު ކަމަށް އައްޔަން ކުރަން ވެސް މަޖިލީހުން މިދިޔަ މަސް ތެރޭގައި ފާސް ކުރި އެވެ.
އެހެން ނަމަވެސް އޭނާއާ އެކު މަޖިލީހުން ރުހުން ދިން އެހެން ސަފީރުންނަށް ރައީސް އޮފީހުން ފަތްކޮޅު އެރުވި އިރު ތޯހާ އެ މަގާމަކަށް އައްޔަން ނުކުރައްވަ އެވެ.
އޭނާ ސައުދީ އަށް އައްޔަން ކުރަން ނިންމުމަށް ފަހު އެ ނިންމުން ބަދަލު ކުރި ސަބަބެއް ސަރުކާރުން އަދި މަޖިލީހުން ވެސް ނުބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު ޚަރަދުކުރުން ހުއްޓާލާ
30 June 2024
ދައުލަށް ދަރަނިވެރި ވެފައިވާއިރު އަހަރަކު އެތައްސަތޭކަ މިލިއަން ރުފިޔާ ކޮންމެ އަހަރަކަށް ޚަރަދުކޮށްގެން މިފަދަ އެންބަސީތަށް ހިންގުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ އެބަ ބަލަންޖެހޭ. ޓެކްސް ފައިސާއިން އިސްރާފް މިކުރެވޭ ބޮޑު ޚަރަދުގެ ބަދަލުގައި ގައުމަށްލިބޭ މަންފާއަކީ ކޮބައޮތޯ ރަނގަޅަށް ބަލާ ފިޔަވަޅުއަޅަންޖެހޭ. ދުނިޔޭގެ ގައުމަކުން ރާއްޖޭގައި އެންބަސީއެއް ހުޅުވުމަކީ ކޮންމެހެން މިގައުމުގެ އެންބަސީއެއް އެގައުމުގައި ހުޅުވަންޖެހޭސަބަބެއްނޫން
ޤުރުޠުބު
30 June 2024
ތިޔަ ވާނީ އޮޅިގެން ދެވުނު މަޤާމެއްކަމަށް
މީދޫތަކުރު
30 June 2024
ބޮޑު ތުނބުޅިއެއް ނުވަތަ ބޮޑު ހަށިގަނޑެއް ހުރުމަކީ މީހެއްގެ ނަފްސާނީ ގާބިލްކަން ދައްކުވައިދޭ ކަމެއް ނޫނެވެ.
ގުނބޯ މަޖިލިސް
30 June 2024
މިވަރުގެ ޗަރުކޭހެއް ދެން ދުވަހަކު ނުފެންނާނެ..ސައޫދީން ގަބޫލު ވަންދެން ބަހައްޓާ..ގައުމު ދަރަނީ.. ކޮންކަމެއް ކުރާ ބައެއްހޭ ތިޔައީ...
ހަސަންރަހާ
30 June 2024
އަފްގާނިސްތާނު މާ ރަނަގަޅުވާނެ ކަމަށް ބެލެވޭ!
ރިޖެކްޓެޑް
30 June 2024
ސައޫދީން ގަބޫލުނުކުރީމަ ޕާކިސްތާންނަށް. ވަރަށް މޮޅު
ދަތުގެ
30 June 2024
ހާ ހާ، ހަދަންވީ ގޮތެއް އިންގޭ އެކަކުވެސް ނެޔް.