ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ސަމޯއާ އެގްރީމަންޓްގައި ބައިވެރިވާން މަޖިލީހުން ވަނީ ރުހުންދީފައި.
30 ޖޫން 2024 - 14:42
ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވަން މަގުފަހިވާނެ ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އެ އެއްބަސްވުމުގައި ރާއްޖެ އިން ބައިވެރިވާން މަޖިލީހުން ރުހުން ދިނީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ އިއްތިފާގުންނެވެ.
އެ އެއްބަސްވުމުގައި ބައިވެރިވާން ނިންމައި، އެކަމާ މެދު މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިދިޔަ ހަފުތާގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި "ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.
މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"...އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެ،" ރައީސް އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުސްރާާ
01 July 2024
މިއީ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހެއްނަމަ ލާހިކެއްނޫން މިކަން ކޮށްލާކަށް. ސަބަބަކީ އެމްޑީޕީއިން ބޭނުންވާނީ ގައުމު ހިންގުވިޔަނުދޭން.
ޒާހިދްް
01 July 2024
ސަމޯއާ އެގްރީމަންޓުން މި ގައުމަށް ގިނަގުނަ މަންފާ ކުރާނެކަން ކަށަވަރު.
ރާމިޒްް
01 July 2024
ދިވެހީންގެ މަޖިލީސް އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިންނަށް އެންމެ ފައިދާވާނެގޮތަށްކަން ކަށަވަރު.
ފޫހި
01 July 2024
އެންމެ ފަހުން ޔޫރަޕްގެ މަޅީގައި ތިޔަޖެހުނީ. ﷲ ޙަރާމްކުރެއްވި ކަމެއް ކުރުމަށް ހިތްވަރުދޭ އެގްރިމެންޓަކުން ގައުމުގެ އިޤްތިޞޯދުރަނގަޅުވާނެކަމަށް ތިޔަބައިމީހުން ޤަބޫލުކުރަނީތަ؟
ގޮއްޔެ.
01 July 2024
ސަމޯއާ އެގްރީމެންޓަކީ ކޮބައިކަން ދިވެހީންނަށް އެނގެން އެބަޖެހޭ. މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއްހޯދުމުގެ ނަމުގައި ތިޔަބުނާއެއްޗެއްގައި ބައިވެރިވާން ނިންމިއިރު އިސްލާމްދީނާ ފުށުއަރާ އެތައް އެތައްކަމެއް ތީގައި ހިމެނޭކަމަށްވަނީ. އޭގެތެރޭގައި ދީނީ މިނިވަންކަމާއި އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ކައިވެނިކުރުންފަދަ ކަންތައްތައް ހިމެނޭނަމަ މަހޭކިޔާނެކަމެއްނެތް. އަންނިގެ ވެރިކަމުގައި މަހަށް ހަމަ އަގުހޯދީ ތިޔަ ސަކަރާތެއްޖަހައިގެނެއްނޫން
މުހައްމަދު މިއާ
01 July 2024
މިހާރު ދެން އެލްޖީބީޓީ އަސާސީ ޙައްޤަކަށްވީ
ނަނނަ
30 June 2024
މިދިޔަ ހަފްތާގައި ފޮނުވި އެއްޗެއް އެއްވެސް ދިރާސާއެއް ކުރުމެއްވެސް ނެތި އެހާ އަވަހަށް ރުހުން ދިނުމުން މަޖިލިސް ވަކި ބާރެއްގެ ގޮތުގައި އޮތުމުގެ ބޭނުމެއް ނުވިސްނެ
ދިރާސާބެ
01 July 2024
އާނ... ވަކި ބާރަކަށް ވާނީ އޭގެ މަތީ އަހަރު އިށީނދެ ތިބުމުން.
ދެން ހަމަ
30 June 2024
ރަނގަޅު އަގެއް ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ފައިދާވާނީ ކޮން ކަމަކުން މާއްދާއެއްގާވާ ކޮންކަމަކުންކަން ބުނެލަ ދެވި ދާނެބާ. ގައިމުވެސް އިންސާނީ ހައްޤު ތަކޭ ކިޔާ ބަޔަކީ މިޤައުމަށް ލިބޭނެ ބޮޑު އަނދިރި ކަމެއްގެ ވާހަކަ އޮންނަނބައެއް.
ސ.މީދޫތަކުރު
30 June 2024
މި ޖަސްޓިފިކޭޝަންތަކަކީ އާ ތިއަރީއެއް ފަދަ ކަމެއް. މިނިސްޓަރު އަޅުގަނޑުމެންނާ ހިއްސާ ކުރެއްވި ކަމަށްޓަކައި ޝުކުރިއްޔާ!
ކަރީނާ
30 June 2024
ކޮބާތޯ ސލފ ގުރޫޕޫ، އެމޑީޕީ އަށް ލާދިނީގޮވި ގުޜުޕް. ރިލިޖަސް ފްރީޑަމް ލިބޭ އެގްރީމެންޓެއް މީ