ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ހުއްޓުވާފައިވަނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތަރު ބިދޭސީއެކެވެ.
އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ނުބުނެ އެވެ.
އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރުމަށް ވެސް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް އެކި ކަހަލަ ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓާފައިވެ އެވެ.