ޚަބަރު / ފުލުހުން

މީހެއްގެ ވައިބާ އާއި ފޭސްބުކް ހެކްކޮށްގެން އަތުލި 10،000ރ. އަނބުރާ ހޯދައިފި

ފުލުހުންގެ ދިދަ: މީހެއްގެ ވައިބާ އާއި ފޭސްބުކް ހެކްކޮށްގެން އަތުލި 10،000ރ. އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނޭ.

މީހެއްގެ ވައިބާ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށްގެން ހޯދި 10،000ރ. ފުލުހުން އަނބުރާ ހޯދައިފި އެވެ.

ފުލުހުން ބުނީ އެކައުންޓުގެ ކޮންޓްރޯލު ހޯދައި، އޮޅުވާލައިގެން މަކަރާއި ހީލަތުން އެހެން މީހެއްގެ ނަމުގައި ފައިސާތަކެއް ހޯދި މައްސަލައެއް ހުށަހަޅާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އެހެންވެ، ހެންވޭރު ޕޮލިހާއި ސައިބާ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއިރުގެ ތެރޭގައި އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓެއްގެ ވެރިފަރާތް ދެނެގަނެ، 10،700ރ. އަނބުރާ ހޯދާފައިވާ ކަމަށެވެ.

އެ މައްސަލާގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ތަނުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކާއި ކޭޝްކާޑުތަކަކާއި ދިރާގާއި އުރީދޫ ސިމްތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ތަހުގީގުކުރަމުން ދިޔަ ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

8 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

16 September 2024

ފުރަތަމަކަމަކީ ވައިބާ އަދި ފޭސްބުކުވެސް ހެކެއްނުކުރެވޭނެ، ނަމަވެސް ގަމާރުހައްދައިގެން އެކުސަސްހޯދިދާނެ، މީހެއްގެ ލެޕުޓޮޕުގެ ނުވަތަ ފޯނުގެ އެކުސަސްނުވަތަ ކޯޑުހޯދައިގެން ވައިބަރ އަދި ފޭސްބުކުގެ ކޮންޓުރޯލުހޯދުމަކަށް ވައިބަރ ފޭސްބުކު ހެކުކުރުމެކޭނުކިޔޭނެ، އަޅުގަނޑުމިކޮމެންޓުކުރީ މިއާޓިކަލްގެ ހެޑިންގއަށް، ފުލުހުންނަށް މިމައްސަލައާގުޅޭ ފައިސާ ރިކަވަރކުރެވުނުއިރުވެސް މިކަމުގައި ޝާމިލުވާމީހުން ހައްޔަރުނުކުރެވުނީމާ މީއަރަތެއްދޯ!

The name is already taken The name is available. Register?

މާއެނގޭދޫ

17 September 2024

އެހެން ދެއްތޯ؟؟

The name is already taken The name is available. Register?

ޑޮންބެއްޔާ

17 September 2024

ހެކް ކުރުމާކީ މީހެއްގެ އެކައުންޓުގެ ކޮންޓްރޯލް ހޯދުން. ޕާސްވޯޑް ބްރޭކް ކުރުމަށް ޓެކްނިކަލް ބަހާކީ ކްރެކް ކުރުން. އޮޅުވާލައިގެން ކޯޑް ހޯދާއިގެން އެކައުންޓަށް އެކްސެސް ހޯދުމަކީވެސް ހެކްކުރުން. މީގަ ތަފާތަކީ ޓެކްނިކަލްނޮލެޖްހުރި ހެކަރުން އެކްސެސް ހޯދަން ބޭނުންކުރާ އުކުޅުތަފާތު ވުން. ނަމަވެސް މިއަށް ވެސް ކިޔާނީ ހެކްކުރުން.

The name is already taken The name is available. Register?

ފެންސު

16 September 2024

10،000 ގެ އަދަދެއްވީމަ އެ ހޯދުނީ. އެއީ އެވަރުގެ އަދަދަކުން ބައިއަޅައިގެން ލިބޭނީ އެއްޗެއް ކަޅެއް ބޯލާނެހާ ފައިސާ. މިލިޔަނުންނަމަ އަނބުރާ ހޯދުނީސްބާ؟؟؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 September 2024

އެއްގޮތަކަށްވެސް ހައްޔަރު ކުރާނެކަމެއްނެތް އެއީބާރުވެރި ކުރުވުމުގެ ސިޔާސަތާ ހިލާފުކަމެއް އަދި އަމުދުން ވެރިންނަކާ އެޒުވާނުން ނުބެހޭ އެހެންވީމަ ހައްޔަރު ކުރަށްޖެހޭވަރުގެ ސަބަބެއްނެތް ފުލުހުން ކުރިމަސައްކަތް ވަރަށްސަޅި ހައްޔަރު ކުރާވާހަކަ ނުދަންކާ މިއީ މިނިވަން ދިވެހި ރާއްޖެ ސާފު ދިވެހި ރާއްޖެ " ދިވެހިންގެ ރާއްޖެ " މިއީ ޒުވާނުންގެ ރާއްޖެ .

The name is already taken The name is available. Register?

ޙަސަން އަޙްމަދު

16 September 2024

ކީއްވެޔޯ ހައްޔަރު ނުކުރީ ؟

The name is already taken The name is available. Register?

ބިލާލުއްދީން

17 September 2024

ކަންކުރި މީހުންގެ އެކައުންޓްތަަށް ފައިސާ ޖަމާކޮށްފައި ނުވާތީ. އެއީ ކޮންބައެއްކަން ނޭނގެނީ. ފައިސާ ޖަމާވި މއެކަައުންޓް ތަކުގެ ވެރިން އެމީހުންނާ ގުޅުން ހުރި ފައިސާއަކަށް ނުވާތީ ބޭންކަށް އެ މައުލޫމާތު ދިނީ. އެހެންވީމާ އެ ފައިސާ ޖަމާވި އެކައުޓްތައް ބޮލޮކްކޮށް ބޭންކުގެ ބެލެހެއްޓުމުގެ ދަށަށް އެފައިސާ ގެންދިއުމަކީ ފުލުހުން ކުރިކަމެއް ނޫން. ފުލުހުންގެ ސައިބަރ އެހާ ވަރު ނަމަ އެކަންކުރި އިލެކްޓްރޯނިކް އާލާތްތައް ހޯދައި އެބަޔަކު ހައްޔަރުކުރީސް.

The name is already taken The name is available. Register?

ކަރީމ

17 September 2024

ފައިސާ ހޯދުނަސް މީހާ ނުހޯދެންޏާ ކިހިނެއް މީހާ ހައްޔަރުކުރާނީ. އެހެންވީމާ ހައްޔަރު ނުކުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454