ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް: އަޖުމަ ބެލުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފެރީއެއް ބަނދެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
18 އޮކްޓޯބަރ 2024 - 10:22
އަޖުމަ ބެލުމުގެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އާންމު ދަތުރުފަތުރަށް ބޭނުންކުރުމަށް ސޯލާ ފެރީއެއް ބަނދެފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އަޖުމަ ބެލުމުގެ ގޮތުން ހިންގާ އެ މަޝްރޫއުގެ ދަށުން ސޯލާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފެރީއެއް ބަނދެ ނިމިފައިވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ބަން އެ ފެރީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް [ނޫސްވެރިންނަށް] ވެސް ދައުވަތު އަރުވާނަން އެއަށް ވަޑައިގަންނަވަން،" ތޯރިގް ވިދާޅުވި އެވެ.
- ހަތަރު ރަށެއްގައި ކޮމިއުނިޓީ އެސިސްޑެޓް ސޯލާ އައިސްޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް. ދެ ރަށެއްގައި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ.
- 100 ކިލޯވޯޓްގެ ހަކަތަ ވައިން އުފައްދާ ވިންޑް ޓާބައިން ރަށްރަށުގައި ބެހެއްޓުމުގެ މަސައްކަތް.
- 25 ކިލޯވޯޓްގެ ކަރަންޓު އޮއިވަރުގެ ހަކަތައިން އުފެއްދުން.
- ހަތަރު ރަށެއްގައި ދަނޑުވެރިކަމަށް ސޯލާ އިރިގޭޝަން ނިޒާމް ބެހެއްޓުން.
ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ތިމާވެއްޓާ މިނިސްޓްރީން ބުނި ގޮތުގައި، މި ސަރުކާރު އައިރު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީއަކީ 53 މެގަވޮޓެވެ. އެއީ ބޭނުންކުރާ ހަކަތައިގެ އެންމެ ހަތަރު ޕަސެންޓެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ހަކަތައިގެ ސިޔާސަތެއް ވެސް ސަރުކާރުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަބުޖީބު
18 October 2024
ރިޔާ ނެގި ބައްތެއްޔެއް ދުއްވަބަލަ ވިންޑު އެނަރޖީޔޭ ކިޔާފަ. ކިހާ ބޮޑުވެއްޖެ ކަމެއްތަ މިއީ؟ އަހަރުމެން ބޭނުންވަނީ ސާފު ހަކަތަ. ސީދާ ނިއުކުލިޔަރ އެނަރޖީ. އިނގިއްޖެ؟
ކަތްދައްތަ
18 October 2024
2016 ވަނަ އަހަރުގެ ތެރޭގަ އުލިގަމަށް ގޮސް ބުރުޖަހާލީމާ ފެނުނީ ބުރަފަތި ލާފަ ކޮޅަށްޖާހަފަ ހުރި ދަނޑިތަކެއް.މަދެކަބައިވަރެއްނޫން ހުރި. ރަށު ކުއްޖަކު ގާތު އައިފިން މީކީއްކުރާ ކޮންއެއްޗެއްކަން ދައިތައަށް ބުނެދީބަލާށޭ. ބުނި ވައިއިން ހަކަތަ އުފައްދާޕޮރޮޖެކްޓެކޭ. މަބުނެފިން ދަނޑިތަކަށް ވެޔޮވެސް އަރުވަންޖެހޭހޭ ހަކަތަ ހަދާއިރު. ބުނީ މިހާރު ދޫކޮށްލާފައޭ އެހެންހުރެ ނެތިދަނިއްޔޭ. މީ މިތާ ޕްރޮޖެކްޓްް ހިންގާގޮތް. ސުރުހީއަޅާފަ ލާރިގަޑެއްކާލަނީ.
ކުލި
18 October 2024
ކޮބާހޭ ބޯހިޔާވަހިކަން؟އަޖުމަބަލަން ހޮވީ
ޗޫޤީ
18 October 2024
އަޖުމަ ބެލުމުގެ ގޮތުން ގައުމުގައި ލައްކަ ކަންކަން ކުރަންވެފައި އެބަހުރި.
ަހސނ
18 October 2024
ތެލަށް ބަރޯސާވުމުގެ ބަދަލުގައި ސޯލާ އާއި އެހެނިހެން އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަކީ ދިގު މުސްތަގުބަލަށް ރަނގަޅު އިންވެސްޓްމަންޓެއް