އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައި --- ފޮޓޯ/މިހާރު
22 އޮކްޓޯބަރ 2024 - 14:47
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ޕޮލިހުން ބުނީ ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ސިޓީއަކުން އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޕޮލިހުން ނުދެ އެވެ.
ޝަހީމަށް މަރުގެ އިންޒާރު ދީފައިވާއިރު، ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި ދެ އަންހެނުންނާ ދެކޮޅަށް ވައިބާ ގްރޫޕެއްގައި ޝަހީމް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ މެސެޖުތަކެއް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ނަމަވެސް މަރުގެ އިންޒާރު ދީފައި ވަނީ އެ މައްސަލައާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ސޯޝަލް މީޑިއާގައި މީހަކު ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އެ މައްސަލާގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
22 October 2024
ޚިޔާލު ތަފާތުވުންތަކުގައި އެކަކު އަނެކެއްގެ މަރު ހިފާ ހިސާބަށް ކަންތައް ގޮސްގެންނުވާނެ. ތަހުޒީބީ ބަޔަކަށް ވާން އެބަޖެހޭ. ފަލަސްތީނު މައްސަލާގެ ވަކިގޮތަކަށް ކަންތައްތައް ގެންދިއުމަށް ސަރުކާރަށް ފިއްތުންތައް އެބައާދޭ. އެއީ ރާއްޖެ ކުޑަވެފައި މާލީ ހާލަތާއި މިނޫންވެސް ކަންކަން ހުރިގޮތުގެ ނާޒުކު ކަމުން. މިހެންވެ ސަރުކާރުން ވެސް ކަންކަން ކުރަންޖެހޭނީ ވަރަށް ވިސްނުން ބަހައްޓައިގެން. ދިވެހިން އަދި ސަރުކާރު ވެސް އޮންނާނީ ފަލަސްތީނާއެކު
މަގާމާހެދިމަރުދޭ
22 October 2024
ތީދެން މަރުގެ އިންޒާރުދޭކަހަލަ މީހެއްނޫނެއްނު. ނުލާހިކު ދީނީސިޔާސީ ބޭފުޅެއް.
ހިޔާލީ އަލީ
22 October 2024
ޝަހީމުވެސް ނުވާނެދޯ މީހުންނަށް އިންޒާރުދޭކަށް، އިސްލާމިކް މިނިސްޓަރަކު ބުނަން ނުވާ އެއްޗިހި ކުރަން ނުވާ ކަންތައްތައް އަދި ފަހުން ބަޔަކު މީހުން ކިޔާނެ،
އޮނަރަބްލް އަފީފު ދީދީ
22 October 2024
ހުކުރައްދާނަމަ އެނގޭނެ މަރުގެ އިއްޒާރުދީ މަރުމަތިން ހަނދުމަކޮށްދޭވަރު ދެން އެމައްސަލަވެސް ބަލައްވީތާ !
ރަދީފްއޮފިޝަލް
22 October 2024
ބްރޯ އެބަޖެހޭ ދިވެހިބަހުގެ ގަވައިދު ދަސްކުރަން.ހުކުރު ދުވަހު އެދެނީ އިންޒާރެއް ނޫން.އެއީ ހަނދުމަކޮށްދިނުމެއް. އިންޒާރުގެ މާނަ ރަދީފުން ޗެކްކުރުމަށް ނަސޭހަތްތެރިވަން.
ޖީމޭ
22 October 2024
ޝަހީމް އަކީ ހަމަ ހަގީގަތުގައިވެސް މަގާމާއި ސިޔާސީ މަންފާއަށްޓަކައި ކޮންމެ ކަމެއްވެސް ކުރައްވަފާނެ ބޭފުޅެއް.
ށަހީމުބޭބެ
22 October 2024
ސަހީމޫ، ކޮންމެ ދުވަހަކުވެސް ނޫހަށް އަރާތި އިނގޭ ކޮންމެސް އެއްޗެކޭ ކިޔާފަ! މަޝްހޫރުވާން މީނަ ވަރެއް ނެތް!
ކެނެޑީ
22 October 2024
މިކަހަލަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ޝަހީމަކީ ކޮންމެ ކަހަލަ މީހަކަސް ޝަހީމު ބަލިކުރަން ނުކުމޭ ސިޔާސީ ގޮތުން. މިގައުމުގަ ހަރުކަށި ވައްހާބީންނަށް ފުރުސަތުދީގެން ނުވާނެ
ރަދީފްއޮފިޝަލް
22 October 2024
ޝަހީމަކީ މޮޅު މީހެއް ، ނަމަވެސް މަގާމަށްޓަކައި ކޮންމެ ފަދަ ވާހަކައެއް / ކަމެއް ވެސް ކުރަން ފަސްނުޖެހޭ މީހެއްގެ ގޮތުގަ ލޭބަލްކުރުވަން ޝަހީމް އެބަ މަޖުބޫރުކުރޭ.ދީނީ އިލްމު އުނގެނިގެން ތިބޭ މީހުން ބާޑީފަށުގަ ތިބޭ މީހުންގެ އިބާރާތުން މީހުންނާ މުއާމަލާތް ކުރުން އެއީ ލަދުވެތިކަމެއް.އަހަރުމެން އެންމެން މިއީ ހެޔޮ ބަސް އަހާ ހެޔޮބަސް ގަބޫލުކުރާ މީހުންކަމުގައި ލައްވާށި.އާމީން.
ސޫފީން
22 October 2024
ދީނުގެ ތޮށިގަނޑު އެކަނި ދަސްކުރީމަ ތިހެންވަނީ. ނިކަން ސޫފީން އުޅޭ ގޮތް ބަލާބަލަ
ރަދީފްއޮފިޝަލް
22 October 2024
@ސޫފީން ކަލޭ ޖެހޭނީ މަހަށް ދާން ދޯ ޝަހީމްކާރީގަ.