ޑްރަގު ވަބާގައި އުޅޭ މީހުން ހިންގާ ބާޒާރުމަތީގެ ބާޒާރު: މަގުމަތީ ސަލާން ޖަހާ ޑްރަގްގެ ވަބާގައި އުޅޭ މީހުން ރިމާންޑް ސެންޓަރަށް ބަދަލުކުރަން ވަނީ ނިންމާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
22 އޮކްޓޯބަރ 2024 - 15:33
މަގުމަތީގައި ސަލާން ޖަހާ މަސްތުވާތަކެތީގެ ވަބާގައި އުޅޭ މީހުން ރިމާންޑް ސެންޓަރެއްގައި ބަންދުކޮށް، އެ މީހުންނަށް ފަރުވާދޭ ސަރުކާރުން ނިންމައި އެ މީހުން ގެންދިއުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށަން ނިންމައިފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ވިދާޅުވީ، ވަންނާނެ ތަނެއް ނެތި މަގުމަތީގައި ސަލާން ޖަހަން އުޅޭ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފާހަގަކޮށް، އެ މީހުންނަށް ފަރުވާ ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
"މިއަދު ހަވީރުން ފެށިގެން މާލޭގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ޓާގެޓް ކޮށްގެން މިފަދަ މީހުން ނަގަމުން ގެންދާނަން އަދި ރިމާންޑް ސެންޓަރުތަކުގައި އެ މީހުންނަށް ބޭނުންވާ ފަރުވާ ދެމުން ގެންދާނަން. އަދި އެ މީހުން މަގުމަތިވެފައި ތިބި ސަބަބުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ފަރުވާދެނީ ރެސިޑެންޝަލް އާއި ނޮން ރެސިޑެންޝަލް ފަރުވާ އެވެ. އޭގެ ތެރެއިން ރެސިޑެންޝަލް ފަރުވާގެ ތެރޭގައި ހިމެނެނީ ކ. ހިންމަފުށީގައި ހުންނަ ތެރަޕިއުޓިކް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ރެސިޑެންޝަލް ޑީޓޮކްސް އާއި ސެމީ ރެސިޑެންޝަލް ފެސިލިޓީ އާއި ރިމާންޑް ސެންޓަރެކެވެ. އައްޑު އާއި ފުވައްމުލަކާއި ގދ. ތިނަދޫގައި ވެސް ޑީޓޮކްސް ފެސިލިޓީއެއް ހުރެ އެވެ.
މުޅި ރާއްޖޭގައި ޑްރަގު ފަރުވާ ދިނުމަށް ހަދާފައިވާ ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 350 އެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެފައިވަނީ ދުނިޔޭގައި އެންމެ ބެސްޓް ޕްރެކްޓިސްއަކީ އެފަދަ މީހުން އާއިލާގެ ތެރޭގައި ބައިތިއްބައިގެން ފަރުވާދިނުން ކަމަށެވެ. އެފަދަ ހާލަތެއް ނެތް ނަމަ ސެމީ ރެސިޑެންޝަލް ޕްރޮގްރާމެއް ގެންދިއުން ކަމަށާއި އެ އަށް ވުރެ ވެސް ކުއްޖާގެ ހާލަތު ގޯސް ނަމަ ތަނެއްގައި ބަންދުކޮށްގެން ފަރުވާ ދިނުން ކަމަށް ރާޝިދު ވިދާޅުވި އެވެ.
އެކަމަކު ރާއްޖޭގައި ހާލަތު ވަރަށް ތަފާތުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުދިކުދި ރަށްރަށުގައި އެންމެން ދަންނަ ތަނެއްގައި ބައިތިއްބައިގެން ފަރުވާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވިދާނެ ކަމެއް ކަމަށް ތަޖުރިބާ ނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކު ނެތް ކަމަށެވެ.
"މި އުޅެނީ އަޅުގަނޑުމެންގެ ދަރިން ގެއަށް ވެސް ނުވައްދައިގެން. ކޮމިއުނިޓީގައި މިވަގުތު ނެތް އެނޭބަލްވެފައި އަޅުގަނޑުމެން މި ދެންނެވި ހާލަތުގައި ތިބި ކުދިންނަށް ކުއްލި ކަންކަމުގައި ފަރުވާ ހޯދާނެ މަރުކަޒުތަކެއް، ސެންޓަރުތަކެއް ނުވަތަ ރައްޓެހިންތަކެއް،" ރާޝިދު ވިދާޅުވި އެވެ.
އެ ސަބަބާ ހުރެ، ރާޝިދު ވިދާޅުވީ ކުދިންގެ ގައިގައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އެ މީހުން ވަކި މުއްދަތަކަށް ތަނެއްގައި ބަންދުކޮށްގެން އެހީ ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަރަދުނުކުރާށޭ
22 October 2024
އެއްގޮތަކަށް ވެސް ރިމާންޑް ސެންޓަރަށް ވެސް ގެންދާނެ ކަމެއް ނެތޭ ގެންދަންވީ ބުރަ މަސައްކަތް ކުރަން ސިފައިންގެ ތެރެއަށް ގެންގޮސް ސިފައިންގެ ސިވިލް މީހުންގެ ގޮތުގައި ސިމެންތި ގަށާ ރާނާ ކޮނެ ހަދާ ބަރު އެއްޗެހި އެމެން ލައްވާ އުފުލުވަންވީއޭ އެއިރުން 6 މަސް ތެރޭގައި ހަށިގަނޑުގެ ތެރޭގައި ހުރި ޑްރަގް ތައް އަމިއްލަ އަށް ދާނެއޭ ތިޔާއީ ޕާރޓޭން އުޅެން ފަސޭހަ އަށޭ ސަލާމް ޖަހަނީ އެއީ އެ އެއްޗެހި ކަންނެތް ކަމުން ކުރާ ކަމެކޭ ދައުލަތުގެ ބަޖެޓުން ޕާރޓޭން ނަށް
ރޯނު އެދުރު ގެ އެދުރު
22 October 2024
ދުނިޔޭގައި މިކަމާ ގުޅޭގޮތުން ކުރެވިފައިވާ އެއވެސް ދިރަާސާއެއް ކިޔާނެ ކަމެއް ނެތް ހުރިހާވެސް ހައްލަކީ ސިމެންތި ގެށުުން
ޓާކުރު
22 October 2024
ސަލާން ޖެހުމަށް ހުއްދަ އެއް ނަގައިގެން އަދި އެ ހުއްދަ ވެރިފައިކޮށްގެން މެނުވީ ސަލާން ނުޖެހޭ ގޮތަށް ހެދުން ބުއްދިވެރި
ޝޮކްތެރަޕީ
22 October 2024
ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުގެ ސަބަބުން މުޖުތަމާއު އިސްލާހު ވާނެ އިންޝާﷲ
އަމާ ބުނީތީ ފަރަށް ދާ އުސުލުން ދޭ ފަރުވާ
22 October 2024
ޢެކަށީގެންވާ އަދަދަކަށް ފަރުވާ ދޭނެ ރަނގަޅު ކައުންސެލަރުން ސައިކޮލަޖިސްޓުން ސައިކިއެޓްރިސްޓުން، ޓްރޯމާ ސްޕެޝަލިސްޓުން ނެތް. ރަނގަޅު މެންޓަލް ހެލްތް ކޯމޯބިޑިޓީ ސްކްރީނިން ޕްރޮސެސް އެެއް ނެތް، މޮޑަން އެނޓި ސައިކޮޓިކްސް، އެންޓި ޑިޕްރެސަންޓްސް ނެތް އަދި ޑީޓޮކްސް ވާނެ ބޭސް ވެސް ނެތް.
ސުމަންމާ
22 October 2024
އިހުސާނު ކުރިއަސް ރަގަޅު ކަންތަށް ރަނގަޅޭ ބުނަން އެބަޖެހޭ
ރާއްޖެ
22 October 2024
މަ ބުނީ ސަރުކާރުގެ އެއްވެސް ވެރިއަކު އެ މަގުން ހިނގާފަ ދުއްވާފަ ނުދިޔައިމަތަ އެތަން ވެރިންނަށް ނުފެނުނީ؟ ނޫހުގަ ޖެހީމަ މި ފެންނަނީ؟
ރިމާހް
22 October 2024
އަހަރެން މީ މަސްތުވާ އެއްޗެއްހީގެ އަވާގަޖެހި މަގު މަތީގަ ގިނަވެގެން އުޅުން މީހެއް. އެކަމުން އަރައިގަންނަން ވަރަށް މަސައްކަތް ކުރިން. އަހަރުމެންނާ އެއްކޮށް އުޅޭ އެންމެންވެސް ބޭނުންވޭ ރަނގަޅުވާން. އެ ފުރުސަތު ނުލިބެނީ ވަކި ހިސާބަކަށް ދިޔާމަ. ނަސީބަކުން އަހަރެންގެ އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ސަރުކާރުން މިކަން ކޮށްފިއްޔާ ގިނަ ކުދިން މިކަމުން ސަލާމަތް ވެގެންދާނެ
ފިރާގް
22 October 2024
މިކަހަލަ މީހުންގެ އަތުގައި ހިފައި އެމީހުން އަލުން އަނބުރާ މުޖުތަމައަށް ގެންނަންވީ.. މިހާރު ތި މަގުމަތީގަ އުޅޭ ގިނަ މީހުންގެ އާއިލާ ބަޔަކުވެސް އެމީހުންނެއް ނުބަލާނެ. ސަރުކާރުން ފަށަން އުޅޭ ވަރަށް ރަނގަޅުކަމެއް
ހުމާމް
22 October 2024
ވަރަށް ރަނގަޅުކަމެއް. އެމީހުން އެހެން މަގުމަތި ކުރުވުމުގެ ބަދަލުގައި އަލުން އަނބުރާ މުޖުތަމައަށް ގެނެވޭނީ އެމީހުންނަށްވެސް އަޅާލާނެ ބަޔަކު ތިބެގެން.
ސުފްޔާން
22 October 2024
ސާބަހޭ ވެރިޔާ. މިގައުމުގަ ހަމަޖެހުން ގާއިމުކޮށް އޯގާތެރި މުޖުތަމައެއް ބިނާ ކުރަން ތިކުރާ ބުރަ މަސައްކަތައް އައްސަރިބަހާ ސާބަސް