ހުޅުމާލެ: ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި
02 ޑިސެމްބަރ 2024 - 17:35
މަރުވެފައި އޮތް މީހަކު ހުޅުމާލެ ފަޅު ތެރެއިން ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ފެނުނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިންނެވެ.
މަރުވެފައި އޮއްވައި ފެނުނީ ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މިދިޔަ ހަފުތާ ތެރޭ މާލޭ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ވެސް އަނިޔާވެފައިވާ މީހަކު ފެނިފައިވެ އެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފަ އެވެ.
އެމީހާއަށް އަނިޔާވީ އެ ސަރަހައްދުން ދަތުރުކުރި އުޅަނދެއްގައި ޖެހިގެން ކަމަަށް ބެލެވޭއިރު އެއީ މޫދަށް އެރުން މަނާ ސަރަހައްދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy