ވޯޓާ ތީމް ޕާކް ސަރަހައްދު: މި ތަނުގައި އުސް އިމާރާތެއް ހެދުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކޮށް، ވަނީ ވީރާނާވާން ދޫކޮށްލާފައި.---ފޮޓޯ: މިހާރު
26 އޯގަސްޓް 2025 - 08:00
ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮއްވައި ރޭ ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެ އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ ކަމަށް ބެލޭނެ ކަންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، މަރުވެފައި އޮއްވައި ފެނުނީ ފިރިހެނަކު ކަމަށާއި އެއީ ކާކުން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ރޭ އިރާކޮޅު ފެނުނުއިރު ވެސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެއީ ކާކުކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެއީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ ކަމަށް ބުންޏަސް އެ މީހާއާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ކޮން ގައުމެއްގެ އަދި ރާއްޖޭގެ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ނުބުނެ އެވެ.
ވޯޓާ ތީމް ޕާކް ސަރަހައްދުގައި މީހަކު މަރުވެފައި އޮތް ކަން އެނގުމާ އެކު، ފުލުހުން އެ ސަރަހައްދުގައި ރޭ އިރާކޮޅު ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު
ވޯޓަ ތީމް ޕާކެއް ހަދަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކިޔާ ބަޔަކާ 2017 ވަނަ އަހަރު ހަވާލުކުރި ނަމަވެސް އެ ތަނުގައި އިމާރާތްތަކެއް ހެދުމަށް ފަހު، ވީރާނާވާން ދޫކޮށްލާފައިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އަދި ވޯޓާ ތީމް ޕާކުގައި ހަދާފައިވާ އިމާރާތްތަކުގައި "ރަސްކަން" ކުރަނީ ކުށްވެރިންނެވެ.
އެ ތަނުގެ އެއްބަސްވުން އޮގަސްޓް 2022 ގައި އެޗްޑީސީން ބާތިލުކޮށް ތަން ހަވާލު ކުރަން އަންގާފައި ވިޔަސް ކޯޓު މަރުހަލާ އަށް ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން އެ މައްސަލަ ވެއްދި އެވެ. އަދި އެންމެ ފަހުން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ސެޕްޓެމްބަރު 2022 ގައި ހުއްޓުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދުން
26 August 2025
ފޮޓޯއިން ތި ފެންނަ ހުޅުމާލޭ ބްރިޖްއިން އަރައިގެން އަންނައިރު ފެންނަ ފެހި އިމާރާތަކީ ކޮން ކަމަކަށް ހެދި ތަނެއްތަ ؟ ތިތަން ބޭނުން ނުކޮށް އެހުންނަނީ ކީއްވެ ؟
ބުޅާގޯނި
26 August 2025
ލަސްކުރާނޭ ކަމެއްނެތް އަވަހަށް ޕޯސްޓްމޯޓަމް ހަދާ އޭރުން މަރުވިގޮތާ ކާކުކަން އެ މައްޔިތާ ބުނެދީފާނެ.! އޭރުން ތިކަމާ ބޯގާނާކަށް ނުޖެހޭނެއެވެ.
ހަސަނު ބޯގަޅި
26 August 2025
އެޗްޑީސީ މީހުން ދެން ނިކަން އަވަހަށް ތެޅިގަނެގެން ތިޔަ ތަން ސާފުކޮށް ބިއްގަނޑު ނައްޓާ ގަސްކޮށާ ހަދަންފަށާފާނެ. ދިވެހިން މީ ބޮލުރޮދި ކޮށިފައި ތިބި ބައެއް.
އޮނަރަބްލް އަފީފު ދީދީ
26 August 2025
ކޮންމެ އަހަރަކު ތުރާކުނުން އައްޑުއަށްހިމެނޭ ރަށްތަކުގެ ހާލަތު ދަށަށްވެއްޓި ކުލީއަޅުންގެ އިއްޒަތުގެ ދަރަޖައިގަ އެމީހުންދަނީ ކ.މާލެއަށް ހިޖުރަ ކުރަމުން. އަހަރުންއަހަރަށް ފުލުސް ފައުޖުބޮޑުކޮށް މުސާރައާއި އިނާޔަތް 2 ގުނަ ކުރޭ. ޑްރަޤް ބޭނުންކުރާމީހުނާއި އޭގެ ވިޔަފާރިވެރިން ކޮންމެއަހަރަކުވެސް ގިނަވޭ. ވައްކަމާއި ޙިޔާނާތްނުފެތުރޭ އެކަމަށް ހިތްވަރުލިބޭ ކަންކަން ނުކުރާބަޔަކު މިތަނުންނުފެނޭ. މީހުންމެރުމާއި އަނިޔާވެރިކަން އޮތީ މިޤައުމުގައި ހައްދުން ނެއްޓިފަ.
ޗަކް
26 August 2025
ކަލެޔަށް ތުރާކުނޭ އައްޑުއޭ ނުކިޔައި އެއްވެސް އެއްޗެއް ނުލިޔެވެނީތަ ބޯގމރ!
ބުޅާގޯނި
26 August 2025
ލަސްކުރާނޭ ކަމެއްނެތް އަވަހަށް ޕޯސްޓްމޯޓަމް ހަދާ އޭރުން މަރުވިގޮތާ ކާކުކަން އެ މައްޔިތާ ބުނެދީފާނެ.! އޭރުން ތިކަމާ ބޯގާނާކަށް ނުޖެހޭނެއެވެ.