ޚަބަރު / ފުލުހުން

ހުޅުމާލެ ވޯޓާ ތީމް ޕާކު ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

25 އޯގަސްޓް 2025 - 18:25

11 comments

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ދެންމެ ބުނީ، އެ ތަނުން މަރުވެފައިވާ މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް އަޅަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ.

އޭގެ ފަހުން އެތަނުގައި ބައެއް އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ފެށުމަށް ފަހު، މުޅި މަޝްރޫއު ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

އެ ތަނުގައި އަޅާފައިވާ ހުރި ބައެއް ތަންތަން ވީރާނާވެ، ހަލާކުވެފަ އެވެ.

ފަޅަށް ހުންނަ އެ އިމާރާތްތައް ގޭންގުތަކުން "އައްޑާ"އަކަށް ހަދައިގެން ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.

11 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 38%
icon angry icon angry 38%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ވާންޗޯ

26 August 2025

ރާއްޖޭ ގެ ކާޓެލްތައް މިހާ ބާރުގަދަތައް ހަމަ؟

The name is already taken The name is available. Register?

ގުންޑާ

26 August 2025

ފުރަތަމަވެސް ބިލެއް ނެރެބަލަ ޕްރޮޖެކްޓް ހަވާލުކުރާއިރު ލޮލަށްބޮލަށް ނުބަލާ ޖަވާބުދާރީކުރުވަން. ހުއްޓިފައި ހުރި މަސައްކަތްތައް ދައުރުހަމަވާއިރަށް ނުނިމިހުރިނަމަ އަަތުލާނިންމަން. އެއްސަރުކާރު އަނެއްސަރުކާރަށް ބަދަލުވާއިރަށް އަތްބާނައިގެން ނުހުއްޓުވޭގޮތްހަދަން. ކޯޓުގަ އެތައް އަހަރެއެްދަންމާ ސަރުކާރުގެ ތެރެއިން ގޭންގުތައްނެރެ ކަންކަން ހުއްޓުވީމަ މުޅިސިޓީގަ އޮންނާނެ ނާޓެލްއާ ކާޓެލްޢާ ފުޅަކާށިވެސް. އިންސާފެއް ނެތްތަނެއްގަ ތިހުރިހާ ކަމެއްވެސްހިނގާނެ.

The name is already taken The name is available. Register?

ޚިޔާލީ ވޯޓާރ ތީމް ޕާރކް

26 August 2025

"ފަޅަށް ހުންނަ އެ އިމާރާތްތައް ގޭންގުތަކުން "އައްޑާ"އަކަށް ހަދައިގެން ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ" މިއީ ތެދެއްތަ. އިހަށްދުވަހު ފާސްކުރި ޤާނޫނާއިއެކު، ގޭންގްތަށް އުވިއްޖެ

The name is already taken The name is available. Register?

އާދަނު33

26 August 2025

ގޭންގުތަށް އައްޑާ ހަދައިންއުޅޭއިރު ފުލުހުން މީ ކީއްކުރާބައެއް؟!

The name is already taken The name is available. Register?

އަލިމަނިކުފާނު

25 August 2025

ތިޔަ ތަނުގެ ހަތަރުފަރާތުން މިހާރުގެ ފޮޓޯއެއް ޖަހާލިނަމަ ސަޅިވީސް

The name is already taken The name is available. Register?

މިއައު

25 August 2025

ގޭންގުތަކުގެ އައްޑާއެކޭ ބުނީމަ އެ ނިމުނީ. ދެން އެހިސާބުވެސް ފުލުހުންނަށް ނުފެންނާނެ.

The name is already taken The name is available. Register?

‫ވާންޗޯ

25 August 2025

‫ގޭންގް ތައް ބަސްޓު ކޮށްލީމަށް އެމީހުން ދޭ އަދަބު އެއީ، ކާޓެލް އެއީ ނުރަކާ ބައެއް އަބަދުވެސް

The name is already taken The name is available. Register?

ކޮއްކޮބެ

25 August 2025

މަސްތުވާތަކެތީގެ އަވައިގަޖެހި މުޅި ދިވެހި ޒުވާން ޖީލު އިސްރާފުފެ ނެތިދަނީ...

The name is already taken The name is available. Register?

ކޮރަލް

25 August 2025

މިތަން ދޫކުރި އަހަރުވެސް ޖަހާލަ ބަލާށެވެ. މި ވީރާނާ ވެސް ވާ އިމާރާތް ތަކުގެ ސަބަބުން ހުޅުމާލޭގެ ރީތި ކަން ގެއްލިއްޖެ އެވެ. މިތަން ސަރުކާރަށް ނަގަން ވީ އެވެ. މިގޮތަށް ބާއްވައިގެން ފުލުހުންނަކަށް ވެސް އެތަން ނުބެލޭނެ އެވެ.

The name is already taken The name is available. Register?

ސްޓިންޓޭ

25 August 2025

ތިޔަތަން މިހާރު ބޭނުންކުރަނީ މަސްތުވާ އައްޑާއެއްގޮތަށް. ރޫޓީންކޮށް ފުލުހުންނަށް ޕެޓްރޯލް ނުކުރެވޭކަމަށްވާނަމަ އިންޓަނޭޝަނަލް ޓެންޑަރ އުސޫލުން ބޭރުގެ ހަރުދަނާ ކުންފުންޏަކަށް ދިގު މުއްދަތައް ކުއްޔަށް ދީގެން ނަމަވެސް ނިންމާލާފަ، ދައުލަތަށް ގެއްލުން ނުވާގޮތަށް ހައްދަވަައިދެއްވާ! މިހެން އޮތުމުން އާމްދަނީއެއް ނުލިބި، ކުށް ގިނަވެ، ރައްޔިތުންނަށް ހުރިހާވެސް ދެރައެއް...

The name is already taken The name is available. Register?

ވޭމަންޑޫ

25 August 2025

އަހަރެންވެސް މީ ހުޅުމާލޭގައި އުޅޭމީހެއް ނުފެނޭ އެތަނަށް މީހުން މަސްތުވާ ތަކެތި ބޭނުންކުރަން ވަންނަތަނެއް ނުދެކެން އެތަނަށް ވަންނަ ބަޔަކަށް އެނގޭނީވެސް ވަންނާކަން އެއްވެސް އިދާރާއަކުން ވެސް ނުބުނޭ އެތަނުގާ މަސްތުވާތަކެތި ބޭނުންކުރަން ހުއްޓާ އަތުލައިގަތް ވާހަކައެއް އެތަނުގެ ހަގީގަތް އެގޭތީ ތިބުނެވުނީ މިމީހާ ހޯދާފައި މައުލޫމާތު ނަގަންޖެހޭ އެބަ މިމީހާގެ ހޯދަންވީ އަވަހަށް ސްޓިންޓޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454