އައިސީޕީގެ މިއަދުގެ ހަފުލާގައި އެ ތަނުގެ މެނޭޖިން ޑިރެކްޓަރު ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
02 އެޕްރީލް 2017
އޯޓިޒަމް ކުދިންގެ ސްކްރީނިންގެ ޚިދުމަތްތަކުން ޚާއްސަ ޑިސްކައުންޓެއް މި މަހު ދިނުމަށް އިންސްޓިޓިއުޓް އޮފް ކައުންސެލިން އެންޑް ސައިކޯތެރަޕީން (އައިސީޕީ) އިން ނިންމައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ އޯޓިޒަމް ދުވަހާ ގުޅުވާއިގެން އައިސީޕީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަމުން އެތަނުގެ މެނޭޖިން ޑިރެކްޓަރު ޝިދާތާ ޝަރީފް ވިދާޅުވި ގޮތުގައި އޯޓިޒަމް ކުދިންނަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.
މިއަދުގެ ހަފުލާގައި އައިސީޕީ އިން ވަނީ އިމާދުއްދީން ސްކޫލާއި އަހްމަދިއްޔާ ސްކޫލް އަދި އޯޓިޒަމް އެސޯސިއޭޝަނުން ހޮވާލެވޭ ކުދިންނަށް ބައެއް ޚިދުމަތްތައް ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ. މި ހަފުލާގައި އެ މީހުން ވެސް ބައިވެރިވި އެވެ.
އައިސީޕީން ބުނިގޮތުގައި އެތަނުން އެންމެ ގިނައިން ޚިދުމަތް ހޯދަނީ އޯޓިޒަމް ކުދިންނެވެ.
އައިސީޕީން ވަނީ މި މަހުގެ ތެރޭގައި އައްޑު އަށް ދަތުރެއް ކުރުމަށް ނިންމައިފަ އެވެ. އައްޑު އަކީ މާލެ ފިޔަވައި ނުކުޅެދޭ ކުދިން އަދި އޯޓިޒަމް ކުދިން އެންމެ ގިނައިން ރެޖިސްޓަރީ ކޮށްފައިވާ ސިޓީ އެވެ.
އައިސީޕީގެ މިއަދުގެ ހަފުލާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިިޝްރާ އެވެ. އޭނާގެ ވާހަކަައިގައި ވަނީ ރާއްޖެ އިން ނުކުޅެދޭ މީހުންނާއި އޯޓިޒަމް ކުދިންނަށް ދޭ އެހީތެރިކަމަށް ތައުރީފު ކުރައްވައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް