ފުލުހަކު ހައިވޭގައި: މިދިޔަ އަހަރު 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަށް ފިޔަވަޅު އެޅި .-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ޖެނުއަރީ 2025 - 14:01
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޓްރެފިކް އަދި ޓޯވިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފުލުހުން ވަނީ 66،347 މީހަކަށް ނަސޭހަތްދީފަ އެވެ. ވަޔަލޭޝަން ސްލިޕް ދިނީ 7،606 މީހަކަށެވެ.
ފިޔަވަޅު އެޅި އުޅަނދުތަކުގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލައެއް މިދިޔަ އަހަރު ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުގެ 22 އުޅަނދު ހިމެނެ އެވެ.
ޓޯކުރި އުޅަނދުތަކުގެ ތަފްސީލު:
- ޖުމްލަ 15،514 އުޅަނދު ޓޯކުރި.
- ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލު
- 2،567 ކާރު ޓޯކުރި
- 478 ޕިކަޕު އަދި 369 ވޭން ޓޯކުރި
- 87 ޓްރަކް ޓޯކުރި
ފުލުހުން ބުނި ގޮތުގައި އެ އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލި އެވެ. އަދި 13،562 އުޅަނދެއް ވެރިފަރާތާ ހަވާލުކުރި ކަމަށް ބުންޏެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މިދިޔަ އަހަރު ފުލުހުން ކުރި މަސައްކަތް.
ފުލުހުން ބުނީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންވެ، އެކްސިޑެންޓު މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެކަމަށް ހާއްސަ މަސައްކަތް ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޓް
13 January 2025
ކީއްވެތަ ބްރިޖާއި ހައިވޭ ކޮންޓްރޯލް ނުކުރެވެނީ؟ މުސާރަ ކުޑައީތަ؟
ކުދުރޭޑިއޯ
13 January 2025
މީގެ އެތައްޒަމާނެއްކުރިން ބުނި ލައިސަން ކާޑުން ޕޮއިންޓްކެޑޭ ގޮތައް ހަދާނެވާހަކަ. އެކަމެއްވެސް ނުވި. ޕާކިންޒޯނުތަކަށް ނުކަތާވަރަށް އެތަކެއް ސައިކަލްތަކެއް ކޮންމެ ދުވަހަކު މަގުމައްޗަށް އެބަނެރޭ އެކަމެއްވެސް ކޮންޓްރޯލްއެއްނުވި. ތަނެއް ދޮރެއް ނުބަލައި ބާރު ސްޕީޑްގައި ދުއްވާމީހާ ހިފަހައްޓަން ނުކެރޭ. އަހަރުމެން އާދައިގެ މީހުން ސައިކަލަށް ވެއްޖެއްޔާ ނިމުނީ ހަދަނީ ހަދާނެ އެއްޗެއް. މީ ހަގީގަތަކީ!
މަންޖު
13 January 2025
ހަމަހޭން ނެއްޓި މަގުމައްޗަށް ވެއްޓިފައި ތިބޭ ޕާޓޭން ވެސް ޓޯކުރާނަމަ. މިޙުންނަށް ހާދަ އުދަގުލެއް ކުރެއޭ
ފިސްޑް
13 January 2025
އަނެއްވާހަކަ ނެތެއްނުން. ސައިކަލްތައް ޓޯކުރުމުގައި އެމީހުންގެ އިހުމާލުން އަދި ވަރިހަމަކަމުން ހާދަ ވެހިކަލްތަކަށް ގެއްލުންވޭ. ވަރަށް އިހާނެތިކޮށް އެއްޗެހި ގެންދަނީ.
އެޗް އެމް
13 January 2025
ތިހާ ގިނަ ފިޔަވަޅުތަކެއް އަޅަން ތިޖެހެނީ، ފިޔަވަޅު އަޅަން ތިބޭ މީހުން ދޯހަޅިވުމުން.
ޖުމާ
13 January 2025
ހަޔާ އެޑިއުކޭޝަނަށް ވެސް ފިޔަވަޅުއަޅާ ބަލަ! ފްރީޑިގްރީގެ އެންމެ ފަހު އަހަރުގެ ޕޭމެންޓު ނުލިބޭ އެތައް ދަރިވަރުން އެބަތިބި. މީހުން އަތުން ލޯނަށް ލާރިނަގައިގެން މިބުނާ ދަރިވަރުން ކޯސްފީދައްކަން މަޖުބޫރުކޮއްފި. ހަޔާ އެޑިއުކޭޝަނަށް ގުޅީމާ ބުނަނީ ޕޭމަންޓު ފޮނުވޭނެ ދުވަހެއް ނޭގެއޭ މިއީކިހާދެރަކަމެއްތޯ ، އެޑިއުކޭޝަން މިނިސްޓަރު މިކަން ބައްލަވާދެއްވަވާ
ސޭކުބެ
13 January 2025
އެބަޔަކު ބޭނުންވާ ބަޔަކަށް ތިދެނީ. އަހަރުމެންއަތަށް ތި ސްލިޕްބޮޑި ދީބަލަ! 73000 މީހުންނަށް ދީ ނިންމާލާނަން. އެއްވެސް ތަފާތެއްނނެތި ފިޔަވަޅުއަޅާނަމަ ކޮންމެ 10 މީހަކުން 9 މީހުނަށްޖެހޭނީ ތިސިލިޕް ދޭން. ގިނަ ފުލުހުން ތިބެނީ އިސްޖަހައިގެން ފޯނާ ކުޅެން.