މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ޖެނުއަރީ 2025 - 16:06
ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭން ނިންމި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު މާފަށް އެދިވަޑައިގެންފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ޒިންމާތައް މުއްތަލިބްއާ ހަވާލު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް އޭނާ މިއަދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. މިދިޔަ މަހު ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އުފައްދަވައިފަ އެވެ. އަދި މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި މުއްތަލިބެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި މުއްތަލިބް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ޒިންމާތަކާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު، އެ އިދާރާގެ ކަންކަން ހުރި ގޮތާއި އެންމެ ފަހުގެ އަޕްޑޭޓްތައް ނޫސްވެރިންނަށް ދެއްވައިފަ އެވެ. އަދި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓުގެ މައްސަލަ ހައްލު ނުވެ، ވަރަށް ގިނަ ދުވަސްވެފައި ވާތީ އޭނާ މާފަށް އެދިވަޑައިގަތެވެ.
"މި ލިސްޓަކީ ނޮވެމްބަރު 15، 2023 ގައި އިއުލާންކުރެވުނު ލިސްޓަކަށް ވެފައި، ލިސްޓުގައި ހުރި ކަމަށް އެކި އިދާރާތަކުން ފާހަގަކޮށްފައި މައްސަލަތައް ހައްލުކޮށް، ވެރިފައި ކޮށްފައި ލިސްޓް 14 މަސްދުވަހުގެ ތެރޭގައި ނެރެވިފައި ނުވާތީ، މި ސްކީމަށް ފޯމު ހުށަހެޅި ހުރިހާ އެންމެންގެ ކިބައިން އަޅުގަނޑު މާފަށް އެދެން،" ޕްރެސް ކޮންފަރެންސް ފަށްޓަވަމުން މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް މިއަދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ 4،000 މީހުންގެ ފްލެޓް ލިސްޓް ވެރިފައި ކުރުމަށް ފަހު، ފައިނަލް ލިސްޓެއް ނެރުމަށެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މުއްތަލިބް ވެސް ވަނީ ވެރިފިކޭޝަން ނިންމުމަށްފަހު ފައިނަލް ލިސްޓެއް އަންނަ ރޯދަ މަހުގެ ކުރިން ނެރޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ވެރިފައިކުރާ ލިސްޓް އާންމު ކުރުމަށްފަހު ޝަކުވާ ހުށަހަޅަން ފުރުސަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒްް
15 January 2025
އަހަރެންގެ ނަންވެސް އޮތް ލިސްޓްގަ. ވަގު އެއްވެސް އެއްޗެއްނުލަން. ފުރިހަމަ އިތުބާރާއެކު މިބުނަނީ ކުޑަކޮށްވެސް ޖެހިލުމެއްނުވޭ، އެކަމަކު މަވެސް ދަންނަން ކިތަންމެހާބަޔެއް އެމްޕީއިން ކައިރިން އޭރު ދާއިމީލިސްޓަށް އެރިމީހުން. އެހެންވީމާ އެމީހުން ތިއުޅެނީ ތެޅިފޮޅިގަނެގެން ތިކަން ނުވެގެން. އަހަރެމެން މިތިބީ ހަމަޖެހިގެން. ސަބަބަކީ އަހަރެމެން ވަގު އެއްޗެއް ނުލަން. ނުހައްޤުން އެއްޗެއް ހޯދާކަށް މަސައްކަތެއް ނުކުރަން.
އޮނަރަބްލް އަފީފު ދީދީ
14 January 2025
އުސޫލާއި ޙިލާފަށް "ދޮގު މައުލޫމާތުދީގެން ފުލެޓާއި، ގޯތި ލިބޭނެކަމަށް ހޮވިފައިވާމީހުންނަށް" ފުލެޓާއި ގޯތި ނުދޭނެކަމަށް ވިދާޅުވުމަކީ ވަރަށްރަނގަޅު ކަމެއް. އެހެންނަމަވެސް ވެރިކަމުގައި ތިބޭމީހުން ބޭނުންބަޔަކަށް ފުލެޓާއި ގޯތިދިނުމަށް ޖާގައޮންނަގޮތަށް ތިކަން ކުރުމުގެބަދަލުގައި، އިންސާފުވެރިކަމާއިއެކުގައި ގޯތި ގެދޮރާއި ބިމާއި ބެހޭކަންކަން ކުރުމަށްޓަކާ، ވަކިން ޙާއްސަކޮށް "ސޯޝަލް ހައުސިން ޕްރޮޖެކްޓް ތަކުގެ ކަންކަން" ބެލެހެއްުމަށް ބޭނުންވާ ޤާނޫނު ހައްދަވާ.
އޮނަރަބްލް އަފީފު ދީދީ
14 January 2025
އިބްރާހިމް ސަރުކާރުގައިތިއްބެވި އެބޭޅާގެމައްޗަށް އަމުރުހިންގެވި އެބޭޅާގެވަޒީރުން ބާރުއަޅައިގެން ވަޒީރުންގެ ރަށުމީހުނަށް މާލެސަރަޙައްދުގެ އަގުބޮޑުބިންތައް ބަހާލުމަށްޓަކާ، ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެތެރެއިން އެތައްހާސް މީހުނަށް (ދަފުތަރު ރަށްވެހިންނަށް ވެފައިވާ މާލޭމީހުން) ބާކީކޮށް، ތުބުން ކިރުނުނެއްޓޭ ތިރަށު ކުޑަކުދިންގެބޯވެސް ގުނައިގެން "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން ބަހާލި 48 ބިލިޔަން ރުފިޔާގެ ބިންތަކާއި ފުލެޓް މައްސަލަ ބަލާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
14 January 2025
މަތީގައި ދެންނެވި ކަންކަން ރަނގަޅު ކުރުމަށާއި، ފުލެޓާއި ގޯތިން ވައްކަން ކުރުން ހުއްޓުވުމަށްޓަކާ، ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފްރީކޮށް އޭނާ މިލްކް ކުރާ ދެވަނަ ފުލެޓާއި ގޯތިން %50 އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ދައުލަތަށް ނަގާން ކަޑައަޅާ، ގޯތި ގެދޮރާއި ބިމާއި ބެހޭ ޤާނޫނު އިސްލާޙްކޮށް ސޯޝަލް ހައުސިންގް ސްކީމް ތަކަށް ދޮގު މައުލޫމާތު ދިނުމާއި އެފަދަ ކަމަކަށް އެހީތެރި ވުމަކީ "ޖިނާޢީ ކުށެއް ކަމަށް" ޤާނޫނުގައި ކަޑައަޅުއްވާ.
އަނީލް
14 January 2025
ގޯތިވެސް މާލެއަށް އުފަން ނޫން އެތައްބަޔަކު ދަފްތަރުގަޔާ މާލޭ ގޭގޭގެ ރަޖިސްޓްރީގަ ޖެހިގެން ހޯދާފަ އެބަހުރި. ބެލޭނެބާ؟
ކިހާ ދެރަކަމެއް
14 January 2025
ބަލަގަ ކ އަތޮޅުގެ ފަޅުރަށްތަކާއި، ފަޅުތަކާއި، ގިރި ގިރި އާއި ހާހަލާއި ފުށިތަކަކީ ކ.މާލޭ މީހުންގެ ތަރިކަ މުދަލެއް ނޫނޭ. މާލޭ މީހުންނަށް ވާވަރަށް ހަމަ ކ އަތޮޅުގެ އެހެން ރަށްތަކުގެ މީހުންނަށްވެސް ވާނެއޭ. މާލޭ މީހުން ކިހިނެއްވެގެންތަ މިއުޅެނީ؟
އެންމެން ހެޕީ
14 January 2025
ބޭފުޅާމެން ނައް ކުރެވޭކަމަކީ ކުރީ ސަރުކާރ ކިއުން.
ކުރީ ސަރުކާރު
14 January 2025
ކުރީސަރުކާރުން ވައްކަން ކޮއްފަ އޮތިއްޔާ ކިޔާނެ ދޯ
ރަދީފު ބިން ރަފައިދާ
14 January 2025
މާފަަށްއެދެފިއްޔާ މާފުކުރަަނަން. އެކަމަކު އޮޅުވަަލާއޮޅުވާލުމަކަަަަަަށް މާފެއްނުކުރެވޭނެ. ކާކެއުމަކަށް މަަފެއްނުކުރެވޭނެ.
އެހެނަސް
14 January 2025
މިފަހަރު މިއީ ހަމަ އެކަނި ފުރަތަމަ ފަހަރު އިންސާފައް ޕްލެޓްތައް ދޭނެ ފަހަރުކަން ޔަގީންވަނީ
ޓިނު އަލިފުޅު
14 January 2025
ތި ނުދާނެ ސަހަލު ގޮތަކަށް އަސްލު ތި ދެވެން އުޅެނީވެސް ހައްގުވެރިންނަކަށް ނޫން ..މިހާތަނަށް ފްލެޓް ދީފައި ނެތް ރަނގަޅަކަށް ކޮންމެވެސް ބޮޑެއްގެ ރައްޓެހިންނަށް މިކަހަލަ ގޮތަކަށް ދޭ އެއްޗެއްތީ ނޫނީ ޖެހޭނީ މެންބަރު ބުނާ މީހުންނަށް ދޭން ... ހައްގުވެރިން ތިބޭނީ ހަޅޭއްލަވަން..
ވީގޮތް
14 January 2025
އަޅުގަންޑު ގަބޫލްކުރަނީ އަދިކިރިޔާހެން ރަނގަޅައް އެއްޗެއް ހަވާލު އެކުރެވެނީ ކުރިން އެހެން ވިޔަސް
ކިނާރީ
14 January 2025
ނިމުނުސަރުކާރުން ލިޔުން ނުލިބޭ ތީ ސަރުތު ހަމަވިއަސް ފުލެޓް ދެވޭކަށް ނެތް . މާނަައަކީ އެއީ . ނިމުނުސަރުކާރުން ގެދޮރު ހުރިމީހުނަށް ފުލެޓް ދިނީ . އެސަރުކާރުން ތާއީދު ކުރި ، ލިޔުން ލިބުނު މީހުން މިސަރުކާރުން ފުލެޓް ހޯދަންތާއީދު ބަދަލު ކުރީމަ ލިސްޓުން އެމީހުންގެ ނަން އުންޔެއް ނުކުރެވޭނެ . ލިޔުން ނުލިބި ވެއިޓިންގަ ތިބީ ސަރުތު ހަމަވާން ޖެހޭ ޒުވާނުން . ފުލެޓް ގެދޮރު ހުރެ ހަވާލު ކުރާމީހުން ގެ ވާހަކަ ލިޔެވޭނެ .
ހުސް ގޮނޑި
14 January 2025
މަސައްކަތް ނުކުރެވި ޑެލިވާރ ނުކުރެވި މާފަށް އެދުނަސް ރައްޔިތުންގެ ޓެކްސް ފައިސާއިން ނަގާ މުސާރަ ހަލާލުވާނެކަމަކަށް ނުބެލެވޭ!
ވަގު ގޮޑި
14 January 2025
ރަނގަޅު ގޮތުގަ ކަމެއް ކޮއްފިއްޔާ ރައްޔިތުން ބަލައިގަންނާނެ