މި ސަރުކާރުގެ އެންމެ ބޮޑު ވައުދު، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
17 ނޮވެމްބަރ 2025 - 05:15
މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު ހާއްސަ ކޮށްފައި ވަނީ އެއްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުން ދާ އާއިލާތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހު ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތަކީ "އެކްސެސިބިލިޓީ އާއި އެފޯޑެބިލިޓީ" އަށް އަމާޒު ކޮށްގެން ރާއްޖޭގައި އެކުލަވައިލި ފުރަތަމަ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށެވެ.
އެއީ، އޭގައި ކަނޑައަޅާފައި ހުރި ބައިތައް ހާސިލް ކުރުމަށް މަގުފަހި ކޮށްފައިވާ ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާތްﷲ ގެ ވާގިފުޅާ އެކު، މިއީ ރައްޔިތުން ބާރުވެރި ކުރުވާނެ، އިންސާފުވެރި، ހަމަހަމަ އަދި އިޖުތިމާއީ އަދާލަތު ގާއިމް ކުރެވޭނެ ފަދަ ބޯހިޔާވަހިކަމުގެ ސިޔާސަތެއް،" މުއްތަބިލް ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ވައުދު، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިނިސްޓަރު ވިދާޅުވީ މި ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ، ވަކިވަކި ފަރުދުން އެ މީހުންގެ ނަމުގައި ގޯތިގެދޮރު ހޯދައި، މުދަލުގެ ގޮތުގައި ބޭނުން ކުރުން ނޫން ކަމަށާއި ދިވެހި ކޮންމެ އާއިލާއަަކަށް ވެސް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ކޮންމެ ދިވެހި އާއިލާއަކަށް ވެސް ރައްކާތެރި ބޯހިޔާވަހިކަމެއް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިރޭ މި އިއުލާން ކުރެވޭ ޕްރޮގްރާމް [މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު] ހާއްސަ ކޮށްފައި ވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
"ކުއްޔަށް އެއްތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ ފަރާތްތަކަށް، އަމިއްލަ ބޯހިޔާވަހިކަމުގެ ރައްކާތެރިކަން އިހުސާސްކުރެވިފައި ނުވާ ތުއްތު ކުދިން ތިބި އާއިލާތަކަށް. ބުރަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ އެއްކޮށް ކުއްޔަށް ދައްކައިގެން އުޅެން ޖެހިފައިވާ އާއިލާތަކަށް."
އަމިއްލަ ގެދޮރު ނެތް މީހުންނަށް އެންމެ ފުރަތަމަ އެހީވުމަކީ، މި ސަރުކާރުން ގަބޫލުކުރާ ހަމަހަމަވުން ކަމަށް ވެސް މުއްތަލި ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޒިންމާއަކީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދިނުން. އަމިއްލަ ތަނެއް ނެތް މީހުންނަށް އެންމެ ފުރަތަމަ އެހީވުމަކީ ހަމަހަމަވުން، އެއީ އިންސާފު. އެއީ ހެޔޮ ވެރިއެއްގެ ލީޑާޝިޕް،" މުއްތަލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާފައި ވަނީ އެކި ގޮތަށާއި އެ ޕްރޮގްރާމްތަކުގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާ މެދުގައި ޝައްކު އުފެދޭ ގޮތަށް ކަމަށެވެ. އޭގެ ސަބަބުން މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، މާޔޫސްވާން ޖެހިފައިވާކަން ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު، މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ މި އާ ސިޔާސަތާ އެކު، ރައްޔިތުން ތަހައްމަލުކުރަމުންދާ އުނދަގުލަށް ނިމުމެއް ގެނެސްދީ، ކުރާ އުއްމީދު ހަގީގަތަކަށްވެ، އަމިއްލަ ބޯހިޔާވަހިކަމެއްގައި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމުގެ ޔަގީންކަން މުއްތަލިބް ދެއްވި އެވެ.
ރޭ އިފުތިތާހުކުރި މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޭނެ އުސޫލު ވަނީ ކަނޑައަޅައިފަ އެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސޭނުބޭ
17 November 2025
މިސަރުކާރުން މި ފެށާ މަސްރޫއުތަކުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ޓޯޓަލް ސޮލިއުޝަންސް އެއް އަންނާނެކަމަށް ބެލެވެއެވެ. ގައުމުގަ އޮތް ވަރި އާއި އާއިލާތަކަށް ބޭނުންވާ ގެދަރަކީ އުފާވެރި އާއިލާއެއްގެ ބިންގާ ކަމަށް ދެކެމެވެ. ޝުކުރިއްޔާ
އޮނަރަބްލް އަފީފު ދީދީ
17 November 2025
ތިރަށު ގިނަ ބަޔަކަށް ފުލެޓް ދިނުމުގެ މަކަރުވެރި ހީލަތްތެރި ސިޔާސަތުގެ ދަށުން ކަމަށްވިޔަސް ކ.މާލޭގެ ރަށްވެހިން 3 ދަރަޖައަކަށް ބަދަލުކުރުމަކީ "ޤާނޫނު އަސާސީއާއި ޙިލާފު ތަފާތު ކުރުމުގެ އަމަލެއް" ކަމަށް ދެކެން. މާލޭ ރަށްވެހިންގެ ގޮތުގައި ކ.މާލޭ މެންބަރުން ހޮވުމަށް ވޯޓް އަޅަން ޝަރުތު ހަމަވާ ކޮންމެ މީހަކީ (އޭނާގެ މަންމަ ބައްޕަ ކ.މާލޭމީހަކަށް ނުވިޔަސް އަދި ކ.މާލޭ ދަފުތަރުގައި ޖެހިފައިވާ ޤާނޫނީ ގޮތުން ތިރަށު ރަށްވެހިންވެސް) ހަމަ މާލޭ މީހުން އިގޭތޯ.
މަންދާ
17 November 2025
ރައީސް ވެސް ވީ މާލޭ ރައްޔިތުންގެ ތާއީދު ބޭނުމިއްޔާ، މާލޭ އުފަން ރައްޔިތެއް ހައުސިން މިނިސްޓްރީއައް ލާާ. އެއީ މާލޭ ރައްޔިތުންގެ ތާއީދު ކުރިއައް މިއޮއް ދުވަސްތަކުގަ ބޭނުމިއްޔާ، ރައީސް ޖެހޭނީ މާލޭ މީހެއް ހައުސިން އައް ލާން.
އޮނަރަބްލް އަފީފު ދީދީ
17 November 2025
ތިކަހަލަ ވާހަކަ ދެއްކީމާ އިގެނީ ކ.މާލޭ މީހުންގެ ފިކުރު އަދިވެސް ހުރީ މީގެ އެތައް އަހަރެއް ކުރިން ސައުތު އެފްރިކާ އާއި، ހުޅަޤު ޖަރުމަނާއި އޮސްޓްރޭލިއާ، ޒިމްބާބުވޭ އާއި އަވައްޓެރި ލަންކާ ގެ ސަރުކާރު ތަކުގައި އޮތްފަދަ ރޭސިސްޓް ފިކުރެއްކަން. ކަލޭމެނަށް ހަމަހިލާ ތިކަމެއް ނުކުރެވޭނެ.
މަންދާ
17 November 2025
މުއްތަލިބް މެން ލައިގެން މާލޭ ރައްޔިތުންގެ ތާއީދު މިގެއްލެނީ ރައީސްއާށް.... މިކަހަލަ މީހުން ލައިގެން ފެއިލް ވަނީ ރައީސް. މީނާގެ ބޭބެ މުއްތޮލިބު ދަނީ ފައިސާއަށް 4000 ފްލެޓް ބަހަމުން، މިކަން މާލޭ ރައްޔިތުންނަށް ސިއްރެއް ނުވޭ
އޮނަރަބްލް އަފީފު ދީދީ
17 November 2025
ރަގަޅަށް ތިކަންކުރާން ބޭނުންނަމަ ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް ވާރުތަވެގެން ލިބޭ ފުލެޓާއި ގެދޮރުވެރިކަންވެސް ހިމެނޭގޮތަށް ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފުރީކޮށް އޭނާ މިލްކު ކުރާ 2 ވަނަ ބިމާއި ފުލެޓުން %50 ޓެކްސް އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާން ކަޑައަޅާ "ދައުލަތުގެ ސޯޝަލް ހައުސިން ސްކީމް ތަކަށް ދޮގު މައުލޫމާތުދީ އެފަދަ ކަމަކަށް އެހީތެރި ވުމަކީވެސް ޖިނާޢީ ކުށެއްކަމަށް" ޤާނޫނުގައި ކަޑައަޅާ ގެޒަޓް ކޮށްފައި ތިކަން ކުރޭ.
ތެދު ޙަޤީޤަތް
17 November 2025
ހިޔާފްލެޓް ގޮތަށް 2 ކޮޓަރި ނުލާ، މަދުވެގެން 3 ކޮޓަރި ޢާއިލާއަކަށް ފުދެނީ. މުސްކުޅި މައިންބަފައިންވެސް ބަލިވީމާ ބަލަންޖެހޭ، ދެޖިންސުގެ ދަރިންވެސް.... ހިޔާފްލެޓް ފުދެނީ އަލަތު ކައިވެނި ކެޓަގަރީއަށް، އާދޭސްކުރަން، ހިޔާ ފްލެޓް ދޫކޮށްލާ ގޮތަށް ނަމަވެސް މަދުވެގެން 3 ކޮޓަރި ފްލެޓަށް ކުރިމަތި ލެވޭ ގޮތް ހިޔާފްލެޓް ވެރިންނަށް ހައްދަވާ ދެއްވާ، ހިޔާ ފްލެޓްގަ އުޅޭ ގިނަ ދެމަފިރިން އުޅެނީ ވަރަށް ހާލުގަ، ޢާއިލީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ވަރަށް ގިނަ
ހަތަރުސަތޭކަ އަކަފޫޓު
17 November 2025
ސަރުކާރުން އަޅާ އެއްވެސް ފްލެޓްގެ ސައިޒު 400 އަކަފޫޓަށް ވުރެ ކުޑަ ނުވާ ގޮތައް ފްލެޓް އެޅުމަކީ މިހާރު ކުރަންޖެހޭ ކަމެކެވެ. އެއީ ކުރިން 400 އަކަފޫޓު ހަމަނުވާ ފަރާތްތަކުން ފުލެޓު ލިބެނީ ގަވާއިދާއި އުޞޫލުތައް ހުރީ އެގޮތަށް ކަމަށް ވާތިއެވެ.
ފަލަމީހާ
17 November 2025
ސާފުބަހުން ލިޔެފަ ނެތަސް މާލެއަށް ބޮޑުކުލި 15 އަހަރު ދެއްކުނުން ތިޔަ ޝަރުތުހަމަވަނީ ކިރިޔަަ ފޯމެއް ވައްޓާލަންވެސް، އޭގެ މާނައކީ އާއިލާ އެއް 3 ކޮޓަރި އެޕާޓުމެންޓް ކުއްޔަށް 25000ރ ގެ ރޭޓުން 15 އަހަރުން 4.5 މިލިޔަން ރުފިޔާ މާލޭގެ ގެދޮރުވެރިޔަކަށް ދިނީމައޭ ތިޔަ ޝަރުތު ތި ހަމަވަނީ ފޯމެއް ފުރަން، މިޔަށް ކިޔަން ވީ ނަމެއް ނޭގެ ދެން، ކުލި ދެއްކުން މަޖުބޫރު ކުރުން ކަމެއް، މާލެއަށް ލާރި އެޅުން މަޖުބޫރު ކުރުވުން ކަމެއް، ރޭސިސްޓު ވުން ކަމެއް،،،
މައިކާލޯ
17 November 2025
އެތައްފުލެއްޓެއް އަޅާ އެތައް ތަނެއް ތައްޔާރުކޮށް އެތަކެއް ބަޔަކަށް ދިންއިރު އެންމެ ޓޮޕް ޕްރައޯރިޓީކަމަށްވާ "އެއްވެސް ގެދޮރެއް ނެތް އާއިލާތަކަށް" މިހުރިހާ ދުވަސްވިއިރު އުޅޭނެތަނެއްނުދޭ! ކަލޭމެން ކޮންބަޔަކަށް މިހުރިހާދުވަހު ފުލެޓްދިނީ..މިވަރަށް ގައުމު ކޮރަަޕްޓްވީމަ ދެން ކީކޭ ބުނާނީ. ދެންވެސް ބިސްމިޔިފާއި ތިހެން ބުނާނީނީ ފަހުވަގުތު ތިތަންތަންދެނީ ކަލޭމެން ބޭނުންބަޔަކަށް.
އިންސާނާއަށް
17 November 2025
މިހެން މިކަން ވެއްޖެ ނަމަ ދިވެހިންނަށް އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް ބެލެވޭ.. މިކަމުން ޓޯޓަލް ސޮލިއުޝަންސް އެއް ލިބޭނެ.