ގޯތި ދިނުމަށް ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލޭގައި ހުރި ވެލި ފުންޏެއްގެ މައްޗަށް ނޫސްވެރިން އަރަނީ: ގޯތި ދޭނީ ރަސްމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ނޮވެމްބަރ 2025 - 23:03
މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޭނެ ދެ ކެޓަގަރީއެއް ކަނޑައަޅައި މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އެކުލަވާލައިފި އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ސިޔާސަތު ސަރުކާރުގެ ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސިޔާސަތާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން މިރޭގެ ރަސްމިއްޔާތުގައި ދިން ޕްޒެންޓޭޝަންގައި ބުނީ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދިނުމަށް ދެ ސްކީމެއް ހިންގާނެ ކަމަށެވެ. އޭގެ ތެރެއިން ހިންގާ މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމުގެ ސްކީމްގެ ދަށުން ގޯތި ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
• އުފަންވީއްސުރެ މާލޭގެ ރަޖިސްޓަރީގައި ޖެހިފައިވާ މީހުން
• މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވާ މީހުން
• ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓަރީގައި ޖެހިފައިވާ މީހުން
• ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް
• މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުން
• ދިވެއްސަކަށް ވުން
• އުމުރުން 18 އަހަރު ވެފައިވުން
• 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނެތުން
• 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާ ނަމަ އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
• މައިންބަފައިން ނުވަތަ ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބިފައި އޮތް ނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
• އެއްމެދު ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ނަމަ ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުން
• މިދިޔަ ފަސް އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައި ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯ ހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން މީހަކަށް ވިއްކައި، ހިބައިން ލިބިފައިވުން ނުވަތަ އެހެން މީހަކަށް ދޫކޮށްލާފައި ނުވުން
• އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ މީހަކަށް ނުވުން
• ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން މީހަކަށް ވިއްކައި، ހިބައިން ދީ، ނުވަތަ ދޫކޮށްލައި ނުވުން
މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމުގައި ޕޮއިންޓު ދޭނެ މައިގަނޑު އުސޫލެއް ވެސް ހައުސިން މިނިސްޓްރީން އާންމުކުރި ޕްރެޒެންޓޭޝަންގައި ވެ އެވެ. އެއީ
• މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
• އެ އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށް
• އުމުރުފުރާ އަށް
• އާއިލާގެ ހާލަތު (ކުދިންގެ އަދަދު ނުވަތަ ސިއްހީ މައްސަލައަކާ ހެދި ކުދިން ނުލިބޭ ނަމަ އެކަން ފާހަގަކުރުން)
މިނިސްޓްރީން ބުނި ގޮތުގައި، ޕޮއިންޓު ދިނުމަށް ކަނޑައެޅީ ވީހާ ވެސް ބޮޑަށް އެ އާއިލާއެއްގެ މައުލޫމާތު ސައްހަ ނުވަތަ ވެރިފައި ކުރެވޭނެ ފަދަ ގޮތަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ އެ ސްކީމްގެ ދަށުން ގޯތި ދޭނީ ރަސްމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙ. ޙުސައިން
17 November 2025
އަބަދުމެ އެކި އެކި ފޯމު ފުރައިގެން ސަރުކާރަށް އާދޭސްކުރުމުގަ މުޅި އުމުރު ހުސްކުރަން ޖެހިފަ މި އޮންނަނީ. ސަރުކާރަށް ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ ހާލަތު ވަޒަންކުރެވޭނެ ނިޒާމެއްގާއިމު ކުރާނެގޮތެއް ނޭންގިގެން މި އުޅެނީ ކީއްވެގެން ކަމެއް ނޭންގޭ. ގައިމު ދުނިޔެ އެތަށް ރޮނގަކުން ކުރިއެރުން ހޯދައިފި. އެހެންވީމާ އެކީ ނުކުރެވޭނެ ކަމެއްނޫން.
ރަމަ
17 November 2025
މީއަޅެފަހެ ކޮންތާކުންދޭގޯތި ތަކާއި ފްލެޓްތަކެއް ކުރީ ސަރުކާރަށް އެހާ މަލާމާތްކުރިބައެއް އެންމެ ފަހުން މިޖެހުނީ ކޮންތާކު! ލަދުގެ ކަންފުޅެއްވެސްނެތް މިސަރުކާރުގައި މުޅިންވެސް ދޮގު ހެދުމާއި، އޮޅުވާލުމާއި މަކަރާއި ހީލަތްހެދުން އެނޫން އެހެން ކަމެއްނެތްއަދި ފެންނާކަށް!
އަފިހުންގޮއްޔެ
17 November 2025
މިކަހަލަ "ޤަޢުމީ ސްކޭމްތައް" ހުއްޓާލަންޖެހޭ
އަސްލުގ
17 November 2025
ކޮބައިތަ މިސަރުކާރުން އިއުލާންކޮއްގެން ކުރިން ފުރި ފޯމްތައް ؟
ތެދު ހަޤީގަތް
17 November 2025
ހިޔާފްލެޓް ގޮތަށް 2 ކޮޓަރި ނުލާ، މަދުވެގެން 3 ކޮޓަރި ޢާއިލާއަކަށް ފުދެނީ. މުސްކުޅި މައިންބަފައިންވެސް ބަލިވީމާ ބަލަންޖެހޭ، ދެޖިންސުގެ ދަރިންވެސް.... ހިޔާފްލެޓް ފުދެނީ އަލަތު ކައިވެނި ކެޓަގަރީއަށް، އާދޭސްކުރަން، ހިޔާ ފްލެޓް ދޫކޮށްލާ ގޮތަށް ނަމަވެސް މަދުވެގެން 3 ކޮޓަރި ފްލެޓަށް ކުރިމަތި ލެވޭ ގޮތް ހިޔާފްލެޓް ވެރިންނަށް ހައްދަވާ ދެއްވާ، ހިޔާ ފްލެޓްގަ އުޅޭ ގިނަ ދެމަފިރިން އުޅެނީ ވަރަށް ހާލުގަ، ޢާއިލީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ވަރަށް ގިނަ
ޖަޒީރާ ވާންޗޯ
17 November 2025
ފެން އޮތްތާކަށް މަސްދުވާނޭ ބުނާފަދައިން ހިދުމަތް ތަކާއި، ވަސީލަތްތައް ގާއިމުވެ، ވަޒީފާގެ ފުރުސަތާއި، ކިޔެވުމާއި، ވިޔަފާރިއެއް ފެށެންއޮތް ދިމާލަކަށް ދަތުރު ކުރުމަކީ މުހިންމު ކަމެކެވެ. އެންމެނަށް ބޯހިޔާވަހިކަން ލިބި ގިނަބައެއްގެ އަސާސީ ދިރިއުޅުން ތަނަވަސް ވެގެން ދާނީ އެއްފަސް އާބާދީ ބޮޑުވުމުންނެވެ. މީ ވަރަށް ރަނގަޅު ފެށުމެއް
ކޮސް
17 November 2025
ރަސްމާލެއޭ!!!!ރައްޔިތުންގެ ހުވަފެން ރަށާއި ހުވަފެން ޓަނަލްދޯ!
އަދުލުއިންސާފު
17 November 2025
އަދުލުއިންސާފުން ގޯތި ލިބުމަކީ ގިނަބައެއްގެ އުންމީދު، ކުރިން ބަހާލި ގޮތަށް ބިން ތަން ނުބަހާ ހައްގު ވެރިންނަށް ލިބޭނެކަމަށް ދެކެމެވެ.
އަބޫ
17 November 2025
އެހެން ރަށްރަށުން ލިބިފައިވާބިން ދޫކޮށްލަން ޝަރުތުއޮވޭބާ ,
ޖަވާބު.
17 November 2025
ޔެސް. ދެޓް އިސް ކަރެކްޓް
ރޭސިސްޓް
17 November 2025
އަސާސީ ހައްގެއް ފޯރުކޮަށް ދިނުމުގައި މިހާ ތަފާތުކުރުން ގެނައި ސަރުކާރެއް ނާދޭ! މާލެ މީހަކަށްވީތީ އެެންމެ ޕްރައިމް ލޮކޭޝަންއިން ބިން މާލޭގައި ވަޒަންވެރިވެގެން އުޅޭ ރާއްޖެތެރޭ މީހާއަށް ކައިރި މުސްތަގުބަލެއްގައި އާބާދުވާން ނެތް ތަނުން މާލެ މީހާއަށް ކުރިން ފްލެޓް ލިބިފައި ހުއްޓަސް ގޯތި ލިބޭ ރާްއްޖެތެރެ މާލެ މީހާއަށް ކުރިމަަތި ނުލެވޭ މާލެ މީހުންނަށް 70 ޕަސެންޓް ރާއްޖެތެރެ މާލެ މީހުންނަށް 30 ޕަސެންޓް އެކަމަކު މާލޭގެ އާބާދީގެ މެޖޯރިޓީއަކީ ރާއްޖެތެރެ