މި ސަރުކާރުގެ އެންމެ ބޮޑު ވައުދު، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބު (ކ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
16 ނޮވެމްބަރ 2025 - 23:36
މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އަމިއްލަ ގެދޮރު ނެތް މީހުންނަށް އިސްކަން ދެވޭނެ ގޮތްތަކެއް ހިމަނައި މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އެކުލަވާލައިފި އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ސިޔާސަތު ސަރުކާރުގެ ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކޮށްފައި ވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރު ވާނެ ގޮތަށް އަދި ހާއްސަކޮށް އަމިއްލަ ގެދޮރު ނެތް އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ގޮތަށް ކަމަށެވެ.
• މާލީ ގޮތުން ފުދުންތެރި މީހުންނަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓާއި ގޯތި ގަތުމަށް މަގުފަހިކުރެވޭނެ
• މެދުފަންތީގެ އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަގު ހެޔޮކޮށް ލިބޭ ހައުސިން އަށް ހާއްސަ މަޝްރޫއުތައް ހިންގާނެ
• އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ
• އެންމެ ފަގީރު ހާލުގައި، ދިރިއުޅޭނެ ތަނެއް ނެތި އުޅޭ އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ
އެ ސިޔާސަތާ ގުޅޭ ގޮތުން މިނިސްޓްރީން މިރޭގެ ރަސްމިއްޔާތުގައި ދިން ޕްޒެންޓޭޝަންގައި ބުނީ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދިނުމަށް ދެ ސްކީމެއް ހިންގާނެ ކަމަށެވެ. އޭގެ ތެރެއިން ހިންގާ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓް ދިނުމުގެ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ؛
• އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން
• މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވާ މީހުން
• ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން
• މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުން
• ދިވެއްސަކަށްވުން
• އުމުރުން 18 އަހަރުވެފައިވުން
• 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން
• ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައިވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން
• ސަރުކާރުން ކުރިން ހިންގާފައިވާ ސްކީމަކުން ބޯހިޔާވަހިކަމެއް ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ލިބިފައި ނެތުން
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ފްލެޓް ދޭނެ ދެ މޮޑެލްއެއް ވެސް ކަނޑައަޅާފައިވެ އެވެ. އެއީ، މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ތައާރަފުކޮށްފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ދަށުން ދެ ގޮތަކަށް ދޭ ފްލެޓެވެ.
މިއީ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ބޭންކުތައް މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓަށް ލިބޭނެ މީހުންނަކީ؛
• ފްލެޓަށް އެދި ހުށަހަޅާ މީހަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަށް ޝަރުތު ހަމަވާ މީހުން
• ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ މީހުން
މިއީ، ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓް ލިބޭނެ މީހުންނަކީ؛
• މަހަކު 60،000 އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުން
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، މިނިސްޓްރީން މިރޭ އިއުލާންކުރި 7،500 ފްލެޓް ދޭނީ "ރެންޓު-ޓު-އޯން މޮޑެލް"ގެ ދަށުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދޭނީ ވީހާ ވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ގޮތަށެވެ. އަދި މައިގަނޑު ގޮތެއްގައި ޕޮއިންޓް ދޭނީ މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތާއި އެ އާއިލާގެ ގެދޮރުވެރިކަމުގެ މިލްކުވެރިކަމާއި އުމުރުފުރާ އާއި އާއިލާގެ ހާލަތު ބަލައިގެންނެވެ. އާއިލާގެ ހާލަތު ބެލުމުގައި ދަރިންގެ އަދަދާއި ސިއްހީ ސަބަބުތަކާ ހެދި ދަރިން ނުލިބޭ ނަމަ އެކަމަށް ވެސް ބަލާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާންކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.
ސަރުކާރުން މިހާރު ވަނީ މި ސްކީމްގެ ދަށުން ގޯތި ދިނުމަށް 3،000 ފްލެޓް އަޅަން ގައުމީ ބޭންކް، ބީއެމްއެލްއަށް ހުޅުމާލެ 1 އާއި 2 އަދި ވިލިމާލެއިން ބިން ހަމަޖައްސައި ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެދު ޙަޤީޤަތް
17 November 2025
ހިޔާފްލެޓް ގޮތަށް 2 ކޮޓަރި ނުލާ، މަދުވެގެން 3 ކޮޓަރި ޢާއިލާއަކަށް ފުދެނީ. މުސްކުޅި މައިންބަފައިންވެސް ބަލިވީމާ ބަލަންޖެހޭ، ދެޖިންސުގެ ދަރިންވެސް.... ހިޔާފްލެޓް ފުދެނީ އަލަތު ކައިވެނި ކެޓަގަރީއަށް، އާދޭސްކުރަން، ހިޔާ ފްލެޓް ދޫކޮށްލާ ގޮތަށް ނަމަވެސް މަދުވެގެން 3 ކޮޓަރި ފްލެޓަށް ކުރިމަތި ލެވޭ ގޮތް ހިޔާފްލެޓް ވެރިންނަށް ހައްދަވާ ދެއްވާ، ހިޔާ ފްލެޓްގަ އުޅޭ ގިނަ ދެމަފިރިން އުޅެނީ ވަރަށް ހާލުގަ، ޢާއިލީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ވަރަށް ގިނަ
ޖަޒީރާ ވާންޗޯ
17 November 2025
އާބާދީގައި 300 މީހުން ހަމަނުވާ ރަށްތަކުގެ މީހުނަށް ފުރުސަތުދީ އެ މީހުނަށްވެސް ގިނަ ފުރުސަތު ތަކެއް އޮތް ބޮޑު އާބާދީއަކަށް ގެނެސް ގެދޮރު ވެރިކުރުވުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ގެންގުޅުމުގައި ވަރަށް ރަގަނޅު ކަމެކެވެ. އެ މީހުނަށް ބޮޑެތި އާބާދީ ތަކުން ބޯހިޔާވަހިކަން ލިބެނެ ގޮތަކަށް އުސޫލުތައް ބައްޓަންކުރުމަކީ ކުރަން ޖެހޭ ކަމެއްކަމަށް ދެކެމެވެ.
ޖެހިވަޅަށްޖެހުން
17 November 2025
ފުލެޓް އުސޫލުތައް ކިޔާލީމަ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ބެލެވޭ، އެހެން ނަމަވެސް މި ޕޮއިންޓަށް ބަދަލުތައް ގެންނަންޖެހޭ "400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން" މިހެންވާނަމަ ކުރިން ފްލެޓްތައް ލިބުނު މީހުނަށް ފުރުސަތު އެބައޮތް. ސަރުކާރުން އެޅި އެއްވެސް ފުލެޓެއް ލިބިފައިވާ މީހަކަށް ވެގެން ނުވާނެ.
ވައުދު ގޯނި
17 November 2025
މުޅިރާއްޖެ އެއީ މާލޭގަ އުޅޭ މީހުން ތޯ؟؟؟ ބަހުގެ އިތުބާރެއް ހަމަ އެއްގޮތަކަށްވެސް ނެތީއޭދޯ!
މާލޭ މީހާ
17 November 2025
ޜާއްޖެތެރެ // ކަޑަވީދޯ. ޢަހަރެމެން މާލޭ މީހުންނަކީ ޚާއްސަ ބައެއްކަން ނޭނގުނީތީ ހިތާމަކުރަން. އަހަރެމެން މާލޭމީހުންނަކީ ގަދަރުވެރިން. ޒަމާނުންސުރެން މިކަން އޮތީ މިހެން އަދިވެސް އަދިވެސް.. މާލޭމީހުން މާލެ ސަރަހައްދުން މިހެން ހިއްކަމުން އަދި ރައްތަ ދެމުން މާލޭ މެދުން އުތުރުން ތުރާކުނާ ހަމައަށް ދިޔަސް އަދި ދެކުނުން އައްޑޫ އަދި ފޯމުލަކާ ހަމަޔަށް ދިޔަސް މާލެ ފަހަތަށް ޕޮރޮޖެކްޓް ލައިގެން މިދަނީ މުޅި ރާއްޖެ މާލޭ މީހުން ގެ މިލްކެއް ގޮތުގައި ހަދަމުން
ބިސްމާ
17 November 2025
ހެޑްލައިނަށް އަރުވާ އުސޫލަކުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ތަސައްލީއެއް ނުލިބޭނެ! ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްނުވެ ހަމަހަމަ ތަރައްޤީއެއް ރާއްޖޭގެ ދެކޮނާއި އުތުރުގަ ގާއިމުކޮށް މާލެއޭރިއާ ކަހަލަ ހަބްތަކެއް އުފަންކުރަންވީ!
ޔަތީމު
17 November 2025
ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ޚާއްސަ ޕޮއިންޓް ލިބޭ އުސޫލެއް ހަމަޖެއްސުން މުހިންމު. އެހެން ނޫންނަމަ ޔަތީމު ކުދިންގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުވޭ.
ދިވެހީންގެ ރާއްޖެތެރެ
17 November 2025
ފްލެޓާއި، ގޯތީގެ މައްސަލަ ހައްލުނުވެގެން އުޅޭ މައިގަނޑު ސަބަބަކީ، ސަރުކާރުން މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ހިންގި ޕްރޮގްރާމްތައް، ވިލިގިލިއްޔާއި ހުޅުމާލެއިން ފްލެޓާއި ގޯތިލިބި ރައްވެހިކަންލިބިފައިވާ މީހުންނާއި އެމީހުންގެ އާއިލާތައް އަނެއްކާވެސް ކުރިމަތިލައިގެން ގޯއްޗާއި ފްލެޓްލިބޭތީ. އެހެން ކަންކުރާތީ އެއް އާއިލާއަކަށް ތިންޖީލަށް ސަރުކާރު ބޯހިޔާވަހިކްން ދިންއިރު އަދި މާލޭގައި އަޅާނުލާތިބި އާއިލާތައް، ގިނަދުވަހު ދިރިއުޅުނު މީހުންބާކީ
ކަމަނަ މަރީ
17 November 2025
ފަނަ އަހަރުގެ ސިޔާސަތު ކަނޑަ އަޅަނީ ބަލަ ބާކިއޮތީ ތިން އަހަރު. ރައިޔަތުން ތިބީ ސައްޕެއްޖަހާ ބޭރުކުރާ ގޮތައް.އަނބި މީހާ ފިރިމީހާ ހިޔާފުލެޓުން ދެ ކޮޓަރީގެ ކޮށްޓެއްގައި ތިން ކުންދިންނާއި އެކު އުޅޭ އިރު ގޯއްޗަކަށް ކުރިމަތި ނުލެވޭ އެތަން ދޫކޮށްލާ ގޮތައްވެސް. އެކަމަކު މާލޭގެ ބިންކޮޅު ދޫކޮށްލާ މީހުންނަށް ކެވޭ!!ހިޔާ ފްލެޓް ނޫނީ ސަރުކާރުގެ އެހެން ފުލެޓްގައި އުޅުމަކީ ގޯތިލިބުމުން މަހުރޫމު ވާންޖެހޭކަމެއްތަ. މިކަހަލަ ގަވާއިދު އުވާނުލަންޔާ ބާކީއޮތު 3 އަހަރު.
ު8888888888
17 November 2025
އަމިއްލަ ގެދޮރު ނެތް މީހުން ދެން ގިނަވާނީ..ބަލަން ހުރޭ