ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ރަސްމާލެއަކީ ގިނަ ބަޔަކަށް ގޯތި ދޭން ސަރުކާރުން ހިއްކަމުންދާ ތަނެއް-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ނޮވެމްބަރ 2025 - 13:52
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލެ ސަރަހައްދުން ސަރުކާރުން ދޫކުރަން ތައްޔާރުވަމުން އަންނަ ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް މެދުނުކެނޑި އުޅުމުން ކަމަށް އުސޫލުގައި ހިމަނައިފި އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރުމަށް ފަހު ރޭ ވަނީ ފްލެޓާއި ގޯތި ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފަ އެވެ.
ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތިން ކަމެކެވެ. އެއީ އުމުރުން 18 އަހަރުވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ.
އެ އުސޫލުގައި ބުނީ މާލޭގައި ދިރިއުޅޭ ބަައެއް ކަމުގައި ބަލާނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅޭ މީހުން ކަމަށެވެ. އަދި މާލެއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މުއްދަތެއް އައި ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރު ވެފައިވާ ނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
- މާލޭގައި މެދުނުކެނޑި އުޅުނު މުއްދަތު ގުނުމުގައި ވަކި ހާލަތްތަކެއްގައި އެ މީހަކު މާލޭގައި ދިރިއުޅެމުން ނުދިއުމަކީ މެދުކެނޑުމެއް ކަމަށް ނުބަލާނެ ކަމަށް ބަޔާންކޮށް ވަކި ހާލަތްތަކެއް ވެސް އުސޫލުގައި ހިމަނާފައިވެ އެވެ.
- ވަޒީފާ ދޭ ފަރާތުގެ ނިންމުމަކަށް ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން.
- ތައުލީމު ހާސިލު ކުރުމަށް ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަން ޖެހުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އާއިލާ، މާލޭގައި ނުވަތަ ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުންގެ ދަރިން މާލޭގައި ނުވަތަ މާލޭގެ ސަރަހައްދުގައި ކިޔެވުން ކުރިއަށް ގެންދިއުން.
- މާލެ އިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އަނބިމީހާ/ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން.
ގޯތި ދޫކުރުމުގެ އުސޫލުގައި ވެސް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނީ އެ ޝަރުތުތައް ހަމަވާ ނަމަ އެވެ. އެއާ އެކު، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނުވުމާއި އެ އަށް ވުރެ ކުޑަ ގޯއްޗެއް ލިބިފައިވާ ނަމަ އެ ބައި ދޫކޮށްލުން ފަދަ ކަންކަން ޝަރުތުކޮށްފައި ވެ އެވެ.
ގޯތި ދޫކުރުމުގެ އުސޫލުގައި ވެސް ވަނީ ފްލެޓު ދިނުމުގެ އުސޫލެކޭ އެއްގޮތަށް މާލޭގައި މެދުނުކެނޑި އުޅުން ކަމަށް ނުބަލާނެ ކަންކަން ހިމަނައިފަ އެވެ.
މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް އަދި 15،000 ގޯތި ދޫކުރާ މި މަޝްރޫއުއަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 އަކުން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޯއެވާރ ވެއިޓިން
17 November 2025
އަހަރެން މާލެއާއިރު ރަގަޅަށް ތުބުޅިނުފަޅާ. މައުމޫނު ވެރިކަމުގައި. މިހާރު ދެކޮޅު ނުރަޖަހައިފި. ލިބޭނެބާ!
ޢަލްޓިކޯ
17 November 2025
ޝަރުތަކަށް މާލޭ މީހާ އަށް ގެދޮރު ބިނާކުރުން ވ ރަނގަޅު އެހެންވީމަ ތި އޮތީ ހޮވިފަ ވެރިކަމަށް 15 ޢަހަރު މާލޭގަ އުޅުނު މީހާގެ ވޯޓްން ތިކަން ކޮށްލާ ބަލަ މާލޭގަ ކުލިނުދައްކާތަ 14 އަހަރު ވީ މީހުންނާ އެއްއަހަރު ވީ މީހުންތިބީ
މުޅި އުމުރު ކުއްޔަށް
17 November 2025
ކުރިންވެސް އޮތީ ތިހެން، އެކަމަކު ފްލެޓް ދިން އިރު ތިޔަ ޝަރުޠަށް ބަލާފައެއް ނެތް، އިތުބާރެއް ނެތް، ދޮގު ހަދަން ކެރުނުވަރެއް އޮތީ، ތެދުވެރިން ބާކީ ވަނީ، އަޅުގަނޑު ނުލީ 15 އަހަރު ނުވާތީ ވީ ސާދަ އަހަރު، އެކަމަކު އަޅުގަނޑަށް ވުރެ މާފަހުން ރަށުން އައި އެތަށް ބަޔަކަށް ފްލެޓް ލިބުނު، އެވެސް އަދި ރަށުގަ އަމިިއްލަ ގެދޮރު ހުރެ، ފިރިންނަށްވެސް ފްލެޓް ހުރި މީހުން
ޓާކޫރު
17 November 2025
މިފުލެޓަކީ ދިވެހި ރައްޔިތުންނަށް ދެއެއްޗެއް އެހެންވީމަ ނުޖެހޭނެ މާލޭގައި އުޅޭ މީހަކަށް ވާކަށް މާލެމިއީވަކި ގައުމެއްތޯ؟!
ނށދގ
17 November 2025
މާލެ ކީއްކުރަން ރާއްޖޭގެ އެއްވެސް ތަނެއްގައި ބިންކޮޅެއް ފްލެޓެއް ނެތް މީހުންނަށް އިސްކަން ދޭންޖެހޭ ، މާލޭގައި އުޅޭތީ ރަށުން ގެވަޅު ނުލިބޭ،
ދެރަކަމެއް
17 November 2025
ރަސްމާލެ އަކީ އަލަށް ހިއްކާތަނެއް. އެތަނުން ފްލެޓްހޯދުމަށް މާލޭގައި ތަނެއްކުއްޔަށްހިފާ 5އަހަރު ކުލިދައްކަން ޖައްސަނީ ކީއްވެތޯ؟ 5އަހަރުގެކުލިން ބިމެއްވެސް ގަނެވޭނެ. ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަ ވަނީ ކޮންގޮތަކަށްބާވައޭ ހިތަށްއަރާ.
1181
17 November 2025
ކޮން އެންމެނެއް؟؟ ސްކީމުގެ ނަން ބަދަލުކުރަންވީނު "ބޯހިޔާވަހިކަން 15 އަހަރު މާލޭގައި ގަނަތެޅުނު މީހުނަށް". ވޯޓު ހޯދަަންވެސް ދެން އާދެ 15 އަހަރު ފަހުން. ދޮގުހަދާ އޮޅުވާލުން ނޫންކަމެއް ނުކުރޭ.
فولذً
17 November 2025
ސުވާލެއް އެބައޮތް ކުރީގަ ތިޔަބުނާ މުއްދަތައްވުރެ ގިނަދުވަހު މާލޭގަ އުޅެފަ ފަހުން ދިރިއުޅުން އެހެންތަނަކަށް ބަދަލުކޮށްފަ ތިބިމީހުންގެ ޝަރުތު ހަމަވާނެތޯ؟
ދަލޭކަދައިތަ
17 November 2025
ކަލޭމެން ކުދިން ހަދާ އުސޫލު ދައިތަމެން މިހާރަކު ގަބޫލެއް ނުކުރަން. އުސޫލާ ދިމާ އިދިކީލަކޮށް ހުރިހާ އެއްޗެއް ބަހައި ހުސްކޮށްލަނީ. ކުދިންނޭ ބަލަން ތިބޭތި. ހިޔާ ފުލެޓާ، އަމާން ދޯއްޖާއެއްޗެހި ލިބިގެން ތިބި މީހުންނަށް ހަމަ ތިޔަ ފުލެޓުތަކާ ގޯއްޗާވެސް ބަހާ ހުސްކޮށްލާނެ. ނާސިރު ހުރިނަމައޭ ދައިތަ ހިތަށް އަރާ