14 ޖެނުއަރީ 2025 - 13:59
ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ޖޫން 26، 2022 ގައި އިއުލާން ކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.
އެ ހުށަހެޅުންތައް ރީ އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރުމާއި ފައިނަލް ލިސްޓު ނެރުމުގެ މަސައްކަތް މިދިޔަ 14 މަސް ތެރޭގައި ކުރަން މަސައްކަތް ކުރުމަށް ފަހު ބޮޑެތި މައްސަލަތައް ފާހަގަވެފައިވާތީ އެ ލިސްޓު އާންމު ކުރުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ނިންމާފައި ވަނީ ކުރީ ސަރުކާރުން އިއުލާން ކުރި 4،000 ފްލެޓްގެ ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެކަން ކުރާއިރު އޭރު ހެދިފައިވާ އުސޫލުތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އިއުލާން ކުރި އުސޫލުގައި 15 އަހަރު މާލޭގައި ދިރިއުޅުނު ކަން ސާބިތު ކުރުމަށްޓަކައި ހަ ލިޔެކިޔުމެއް ބަލައިގަންނާނެ ކަމަށް ބުނެފައިވެ އެވެ. އެއީ؛
1. މާލޭގައި ވަޒީފާ އަދާކުރި ކަމުގެ ލިޔުން.
2. އަނބިމީހާ/ފިރިމީހާ ކައިވެނި ކުރުމަށް ފަހު ވަޒީފާ އަދާ ކުރިކަމުގެ ލިޔުން.
3. ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
4. އަނބިމީހާ/ފިރިމީހާ ކައިވެންޏަށް ފަހު ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
5. ދަރިން މާލެ ސްކޫލް/ކޮލެޖު/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
6. ޕެންޝަނާ ބެހޭ ލިޔުންތައް.
މުއްތަލިބް ވިދާޅުވި ގޮތުގައި ވެރިފިކޭޝަން ޕްރޮސެސް ކުރިޔަށް ގެންދާ އިރު މި ލިޔެކިޔުންތައް ހުރިތޯ ބަލާނެ އެވެ. ކައުންސިލްގެ ސިޓީ ފަދަ އެހެނިހެން އެއްވެސް ލިޔެކިޔުމެއް ބަލައި ނުގަތުމަށް އޭސީސީ އާއި އޮޑިޓާ ޖެނަރަލް އޮފީހުން ވެސް ލަފާ ދީފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ނަމަވެސް އުސޫލުގައި "މެދުކެނޑުމެއް ނެތި މާލޭގައި ދިރިއުޅުން" ވެސް މާނަކޮށްފައި ނުވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެކަން ހަރުކަށިކޮށް މާނަ ކޮށްފި ނަމަ މުއްދަތުގައި ބޭސް ފަރުވާ އަށް ނުވަތަ އެހެން ސަބަބަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ ނަމަ ޝަރުތެއް ހަމައެއް ނުވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
އެހެންވެ، މިނިސްޓްރީން ވެރިފައި ކުރާނީ އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް މެދުކެނޑިފައި ނުވާ ނަމަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މުއްތަލިބް ވެސް ވަނީ ވެރިފިކޭޝަން އަށް ފަހު ފައިނަލް ލިސްޓެއް ރޯދައިގެ ކުރިން ނެރޭނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ. އަދި ވެރިފައި ކުރާ ލިސްޓު އާންމު ކުރުމަށް ފަހު އާންމުންނަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަަައާމިނަތު ޝިއާާ
06 February 2025
ކޮބާތޯ 2023 ވަނަ އަހަރު ލީފޯމް ތައް އޭގެ ނަމަވެސް ނުއެއްނެއް އަނެއްކާ ބާތިލްފޯމްތަކެއްތަ
އަބްޑޫޅް +
16 January 2025
"ދަރިން މާލެ ސްކޫލް/ކޮލެޖު/ޔުނިވާސިޓީގައި". މަދަރުސާ، މަކުތަބު، ގާރީ ކިލާސް، ރުޤުޔާ-އައް-ސަރުވިއްޔާ ކިލާސް، އެދުރުދައިތަގެ، މައޮހަދު ނުހިމެނުނުކަން ރަގަޅު.
ޓިނު
15 January 2025
މެދުނުކެޑި 15 އަހަރު މާލޭގައި ދިރިއުޅުން ޠަރުުތު ، ދެން ވަޒީރަށް އެއަށް ބަދަލުގެނެވޭތަ
ހިނި.
15 January 2025
. އަބްދުﷲ މުއްތަލިބް ކޮބާ މަގޭ ހައްގު އަހައްނައް ލިބެންޖެހޭ އެތައް ޕޮއިންޓެއްވަނީ ނުދީ ގެއްލުވާލާފަ ތީތި ކަޑަ
އައްސަދުު
15 January 2025
ތިކަމުގަ ނޯނާނެ ރަނގަޅު އެއްގޮތެއްވެސް. ކިރިޔާވެސް ސަލާމަތްވާން އޮތީ ރައީސް ވައުދުވިގޮތަށް އެމީހަކަށް ލިބިފަ ހުރި ފުލެޓެއް އަތުނުލާ ދިނުން. ދެން މުއިޒް ވެސް ފުލެޓް އަޅާފަ ދޭންވީ މުއިޒްގެ އިިންސާފު ކިރާ މިންގަޑުން ކިރާފަ
މެން
15 January 2025
4000 ފްލެޓް އެހާހިސާބަކުން ނުނިމޭނޭ ދެންވެސްތިބީ ރައްޔިތުން އެމީހުންނާމެދު ކަންކުރާނެ ގޮތެއް ބުނެދޭންޖެހޭ
ނަތީޖާނެރޭނެ
15 January 2025
ނިކުންނާނީ އެއްނަތީޖާއެއް. ގާތްގަނޑަކަށް ހާއެއްހާ ފުލެޓު ދީފައި ބާކީވާ 3000 ބަހާލެވޭނެ. މިއީ މިވެރިންގެ މޮޅުކަމަކީ. ކޮންމެގޮތެއް ހަދައިގެންވެސް ބޭނުންވާ ނަތީޖާ ނެރޭނެ.
ޑރ. މުތްތޮ
14 January 2025
މުތްތޮގެ ފަހަތުގައި ބަސްބުނަންތިބީ ކޮންބަޔެއްތޯ! ވަރަށް ދެކޮޅުނުޖެހޭ ވާހަކަ ދެެއްކީ
މުންސިރު
14 January 2025
ފަންސުރު ހަމަވެގެން ތިހުރިހައި ފުލެޓެއްލިބޭނީ ވަޢުދުވެފަވާ ބަޔަކަށް. އަލުން ބަލަންބޭނުންވާނަމަ ހުރިހައި ހުށަހެޅުމެއް ބަލައިގެންނޫނީ އިންސާފުވެރިއެއްނުވެވޭނެ. މިފެންނަނީ ބަހަނާތަކެއް ދައްކާފަ ކަންނިމޭއިރު މިމީހުން ބޭނުންބަޔަކަށް ލިބޭގޮތްހަދަން. އިންސާފުވެރިވާންބޭނުންނަމަ ކަންކުރަންޖެހޭނީ އިންސާފުވެރިކޮށް.
އިސުރީސް
14 January 2025
އަޅުކުލީގައި 15 އަހަރު އުޅުމުން ޝަރުތު ހަމަވާ ގޮތަށް އޮތުމުން ދޭހަވާ މާނައަކީ، އެންމެ ފުރަތަމަ 15 އަހަރުވަންދެން އަޅުން ޖެހޭނީ ބިންވެރިންނަށް ކުލި ދައްކާށޭ. މީ ވަރަށް ކަޓު ޝަރުތެއް. އަދި ގިނަ ދުވަހު މާލޭގައި އުޅުމަކީ ޕޮއިންޓު އިތުރުވާންޖެހޭ ސަބަބެއްވެސް ނޫން. އެންމެ ފުރަތަމަ އިސްކަން ދޭންވީ ކުލި ދައްކައިގެން މާލޭގައި އުޅޭ މީހުންނަށް.