20 ޖެނުއަރީ 2025 - 20:59
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ސިޓީޒް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިޔާގެ ހެކްސްޓަ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕީއެސް ޑރ. ފާތުމަތު މުނާ އެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަލީ ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިމާރާތް އަޅަނީ ކޮން ރަށްތަކެއްގައި ކަމެއް އެ މިިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. އަދި މި މަޝްރޫއަށް ހަރަދުވާ ފައިސާގެ އަދަދެއް ވެސް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭރު
21 January 2025
ކުލި އުޅެނީ 35000 ހުން މަތީގަ. 1 މަސް އެޑްވާންސޯ. 1 މަސް ސެކިއުރިޓީއޯ. 1 މަސް ދަތުރެއް އަޅާލާށޯ. ބޯހިޔާ ވަހިކަން ލައްކައިން މަތީގަ
ޢަލީ ކުރުސީ
21 January 2025
ދިވެހި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިނދަޖެހިފައި އޮތް ވަގުތެއްގައި ގިނަ ކުންފުނިތަކަކަށް ފައިދާވެ އަމިއްލަ ފައިމައްޗަށް ތެދުވެވިދާނެ ފަދަ މަޝްރޫޢުތަކެއް މިއީ. އެހެންކަމުން ގިނަ މަޝްރޫޢުތަކަކަށް ބަހާލާ ކުދި ކުންފުނިތަކަކަށް ދީގެން ކުރިނަމަ ރާއްޖެއަށް ފައިދާ ކުރީސް. އަދި އޭރުން އެއްކުންފުނި ފެއިލްވިޔަސް މުޅި މަޝްރޫޢު ފެއިލް ނުވާނެ! ނުވިތާކަށް މިދިނީވެސް ބޭރު ކުންފުންޏަކަށް އަދި!
ހާސަރު
21 January 2025
މިއީ އިމާރާތް ކުރާބައެއްނޫން މިއީ ފުލާދާއިރާއެއްގާ ކެމިކަލް އުފައްދައިގެން ވިއްކާ ކުންފުންޏެއް! އަޑިނޭގޭ ކަންތައް ގަނޑެއް މިއީ.
ނިހާލް ހަލީމް
21 January 2025
މިގައުމުގެ ވެރިއަކަށް އިބޫ ހުރިނަމަ މި އިމާރާތްތައްވެސް އެވޯޑްކުރާނޏީ އާއިލާ މީހުންނާއި ރައްޓެހިންގެ ވިޔަފާރީތަކަށް. އާހިރަތުގައި އެތަންތަން ނޭޅިފަ އޮންނަނީ. ރަނގަޅު ވެރިން އައުމުން މިކަހަލަ މުހިންމު މޮޅެތި ގިނަ ފިޔަވަޅު އަލާނެ. ސާބަހެ މުޢިއްޒު
އަލްޖިބްރރާ
21 January 2025
އެއްވެސް ކަހަލަ ބިޒްނަސް އެކްޓިވިޓީއެއް ރަޖިސްޓްރީ ނުކުރާ ކުންފުންޏަކަށް މި ޕްރޮޖެކްޓް ލިބުނީ ކިހިނެއްހޭ. ސިމެންތީގެ ބަދަލުގަ ބޭނުން ކުރަނީ ފަރޓިލައިޒަރ.
ހުޝާމްް
21 January 2025
ބިދޭސީ ކުންފުނިތަކުން ގިނަ ފަހަރަށް ގެންނަނީ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ރަނގަޅު ހަރުދަނާ ކަންތައް، އޭގެ މާނައަކީ ކޮންމެހެން ބޭނުން ނުވާ ލަސްވުމެއް ނެތި ވަގުތުން މަސައްކަތް ނިންމާލެވޭނޭ. ރާއްޖޭގެ ކުންފުނިތަކަށް ވާ ގޮތަކީ މަސައްކަތް ނިންމާލެވޭނީ 3 ދައުރުން އެވެސް ތިން ހަތަރު ކޮންޓްރެކްޓަރުން އަތަށް ދީގެން އެވެސް
ޑައިޖިން
21 January 2025
މިސާލަކަށް އިންޑިޔާގެ އެގްޒިމް ޕްރޮޖެކްޓުން ހިންގި މަޝްރޫޢުތަށް 5 އަހަރުން ނިމުނީ %30، އައްޑޫ މަގުހެދުން އަދިވެސް ނުނިމޭ، މާލޭ ތިލަފުށި ބްރިޖް، ޕޮލިސް ސްޓޭޝަން ތައް އަޅަން ދިން ކުންފުނި، އެހެންނު! އެހާކަންހާވަރަށް ޕްރޮޖެކްޓް މެނޭޖްމެންޓް ހަރުދަނާ ކުރެވޭނީ!
އިލްހާމްް އަލީ
21 January 2025
މެލޭޝިޔާއަކީ އިމާރާތްކުރުމުގެ ދާއިރާއިން ބޮޑު ޓްރެކް ރެކޯޑެއް އޮތް ގައުމެއް. އެއްވަނައިގެ ކަމެއް މީ ހަމަ. ދިވެހީންނަކަށް ނުވާނެ.
އކވސލމ
21 January 2025
ފުރުސަތު ދިނީމަ ވަންޔާވެސް ނުވަންޔާވެސް އެގޭނީ، ތަރުބިއްޔަތު ކޮްދިން ގޮތަކައް ކަން ހިގާނީ.
ފާރިޝް ފަހުމީ
21 January 2025
މިތާ މިއުޅޭ ކޮންޓްރެކްޓަރުން މި ކުރާ ކަމަކީ އެޑްވާންސް ނަގާފަ މަސައްކަތް ކުރިޔަކަށް ނުގެންދޭ. އަސްލު ދަތިކަމެއް ނެތި ޕްރޮޖެކްޓް ޖެއްސޭ ވަރުގެ ގާބިލްކަން ހުންނަނީ ވަރަށް މަދު ކުންފުނިތަކެއް. މީހުން ކިތަންމެ ރުޅި އަޔަސް މީ ހަގީގަތަކީ
އަލީއަވޫ
21 January 2025
މެލޭޝިއާގަ ގަސްކާނާ ވިއްކާ ކޮންޕެނީ އެއް ކަމަށް އޮތީ. އެކަމް ރާއްޖޭގަ މިލިއަން ޑޮލަރުގެ ކޮންސްޓްރަކުޝަން ކުރެވޭތަ ؟
ހާމަކުރާ
21 January 2025
2024 ވަނަ އަހަރުގެ އޮކްޓޫބަރ މަހު އުފެއްދި ކުންފުންޏަކަށް ތި މަސައްކަތް ޙަވާލުކުރީ ކޮންގޮތަކުންބާ؟ އިޢުލާން ކުރިބާ؟ ޕްރޮޖެކްޓް ޙަވާލުކުރީ ބޭރު ކުންފުންޏަކާއިކަމަށް ސުރުޚީގައި ލިއުމުގެ ބޭނުމަކީ ކޮބައިތޯ؟ ޕްރޮޖެކްޓްގައި ޢިމާރާތް އަޅާ ރަށްތަކެއް ހާމައެއްނުކުރޭ. ޕްރޮޖެކްޓަށް ރައްޔިތުންގެ ފައިސާއިން ޚަރަދުވާނެވަރެއް ހާމައެއްނުކުރޭ. މިއީ މީގެކުރިން އެއްވެސް އިރަކު ކަންނުހިނގާހާ ސިއްރުން ހިނގާ ކަންތައް. މިކަމާ އަޑުއުފުލާނެ ބަައެއްނެތް.
ފެންނަގޮތް
21 January 2025
ތިކަމުންވެސް ގައުމުން ބޭރަށް ކިތައް މިލިޔަން ޑޮލަރު ދާނެބާ..